Registrazione
Registrazione
Registrazione
Seleziona la lingua
008

Al-Anfal 8:37 ليميز الله الخبيث من الطيب ويجعل الخبيث بعضه على بعض فيركمه جميعا فيجعله في جهنم اولايك هم الخاسرون ٣٧

8:37
لِيَمِيزَ
ٱللَّهُ
ٱلۡخَبِيثَ
مِنَ
ٱلطَّيِّبِ
وَيَجۡعَلَ
ٱلۡخَبِيثَ
بَعۡضَهُۥ
عَلَىٰ
بَعۡضٖ
فَيَرۡكُمَهُۥ
جَمِيعٗا
فَيَجۡعَلَهُۥ
فِي
جَهَنَّمَۚ
أُوْلَٰٓئِكَ
هُمُ
ٱلۡخَٰسِرُونَ
٣٧
(37) އެއީ (އެބަހީ: އެމީހުން ނަރަކައަށް އެލައްވަނީ) ރަނގަޅުގެތެރެއިން ނުބައި - ބާއްޖަވެރިންގެތެރެއިން އަބާއްޖަވެރިން ވަކިކުރެއްވުމަށެވެ. ދެން އެހުރިހާ ނުބައި އެކަލާނގެ އެއްތަނަކަށް ޖަމާކުރައްވައި އެކަތިމައްޗަށް އަނެކަތިލައްވާ ބޮޑުފުނިވަރަކަށް ހައްދަވައި ދެން އެކަލާނގެ އެފުނިވަރު ނަރަކައަށް ލައްވާނެތެވެ. އެމީހުން އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. • ދަންނައެވެ. ﷲ ގެ މަގުބަންދުކުރުމަށް إسلام دين އާއި مسلم ން ހަލާކުކުރުމަށް ކާފަރުން މުދާ ހޭދަކުރުމަކީ އެއީ އެމީހުންގެ ކަމެކެވެ. އަބަދުވެސް އެމީހުން އެކަން ކުރާނެއެވެ. އަދި ކުރިޔަށް އޮތްތާވެސް އެމީހުން އެކަންކުރާނެކަމަށް އާޔަތުން صريح ކޮށް އެބަ އެނގެއެވެ. އޭރު مكّة ގެ ކާފަރުންނެވެ. މިހާރު ترقّي ގެ މޮޅު ކާފަރުންނެވެ. ރީތި ނަންނަމުގައެވެ. ސޭވްދަ ޗިލްޑްރަން - ޔުނިސެފް - ކުނިސެފް - އަދި އެޑިޔުކޭޝަންގެ އެކިއެކި ނަންނަމުގައި އޭބީސީޑީގެ ހުރިހާ އަކުރެއްގެ ނަމުގައި ޒާތްޒާތުގެ جمعية ތަކާއި جماعة ތަކާއި ބޯޑުތަކާއި ހަދައި އެކިނަންނަމުގައި އެހީތައް މިއޮއް ފައިބަނީއެވެ. ކާފަރަކު إسلام އަކަށް އެހީއެއްވުމަކީ ބުޅާ މީދަލަށް އެހީވުން ނޫންބާވައެވެ. وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ މިއީ وحي ގެ ކީރިތި ބަސްފުޅެވެ. - يهودي އަކުވިޔަސް އަދި نصارى އަކުވިޔަސް އެމީހުންގެ دين އާއި ކަލޭގެފާނު تبع ވެވަޑައިގެންފުމަށްދާނދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ. - ދުވަހަކު ނުރުހޭނެއެވެ. މިއެވެ. އެމީހުން ނުރުހޭ އެންމެންނަކީ މިހާރުގެ ޓެރަރިސްޓުންނެވެ. ތިންމައިގަނޑު ވިޔައިގެ ހިސާބުން ބަލާއިރު އެމީހުން ނުރުހޭ މީހުންނަކީ مسلم ންނެވެ. އެއީ އެމީހުންގެ ޓެރަރިސްޓުންނެވެ. ރުހޭމީހުންނަކީ އެމީހުންނަށް تبع ވީމީހުންކަމުގައި ﷲ އެ އަންގަވަނީއެވެ. ނުރުހޭ ބަޔަކަށް އެހީއެއް މަދަދެއްވުމަކީ مُستحيل ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. މިކަންކަމަށް ވިސްނެވުންހުއްޓެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The Disbelievers spend Their Wealth to hinder Others from Allah's Path, but this will only cause Them Grief

Muhammad bin Ishaq narrated that Az-Zuhri, Muhammad bin Yahya bin Hibban, `Asim bin `Umar bin Qatadah, and Al-Husayn bin `Abdur-Rahman bin `Amr bin Sa`id bin Mu`adh said, "The Quraysh suffered

…

The Disbelievers spend Their Wealth to hinder Others from Allah's Path, but this will only cause Them Grief

Muhammad bin Ishaq narrated that Az-Zuhri,

…
Altri Tafsir

Leggere nel contesto

Capitolo 8, Pagina 181, Juz 9

29. (29) އޭ إيمان ވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވެއްޖެއްޔާ حقّ އާއި باطل ވަކިކުރެވޭނެ އެއްޗެއް އެކަލާނގެ ކަލޭމެނަށް ލައްވާނެއެވެ. حقّ އާއި باطل ވަކިކުރެވޭނެގޮތެއް ލައްވާނެއެވެ. (އެއީ ކަލޭމެންގެ عدواة ތެރިންގެމައްޗަށް ކަލޭމެނަށް نصر ދެއްވައި އެމީހުން ބަލިކުރެއްވުމެވެ.) އަދި އެކަލާނގެ ކަލޭމެންގެ ކުށްތައް ފިއްލަވާހުއްޓެވެ. އަދި ކަލޭމެންނަށް (ކަލޭމެންގެ ފާފަތައް) އެކަލާނގެ ފުއްސަވާހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ މާތްކަމުގެ ވެރި، فضل ވަންތަކަމުގެ ވެރި، ކަލާނގެއެވެ. 30. (30) އަދި ކާފަރުންގެމީހުން (އެބަހީ: مكّة ގެ ކާފަރުން) ކަލޭގެފާނު ހިފާ ހައްޔަރުކުރުމަށް ނުވަތަ ކަލޭގެފާނު قتل ކުރުމަށް ނުވަތަ ކަލޭގެފާނު ކަލޭގެފާނުންގެ ރަށުން ނެރުމަށް އެމީހުން ގޮތްތައް ރާވާ މަކަރުތައް ހެދިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ ވެސް މަކަރު ހައްދަވާ ގޮތްތައް ރާއްވަވައެވެ. (އެއީ އެމީހުން ނާކާމިޔާބު ކުރެއްވުމަށާއި ކަލޭގެފާނަށް ކާމިޔާބު ވުމަށެވެ.) އަދި ﷲ އީ އެންމެ ރަނގަޅަށް އެންމެ މޮޅަށް މަކަރު ހައްދަވާ ގޮތް ރާއްވަވާ ކަލާނގެއެވެ. • ދަންނައެވެ. ﷲ މަކަރުހައްދަވާނީ އެކަލާނގެ مُقَدَّسُ ޒާތުފުޅާއި އެކަށީގެންވާގޮތަށެވެ. އެއީ ކިހިނެއްކަމެއް خَلقُ ތަކުންނަކަށްނޭގޭނެއެވެ. 31. (31) އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން (ތިޔަބާވަތުގެ އެއްޗެތި) އަހައިފީމެވެ. އަދި އަހުރެމެން ބޭނުންނަމަ އެބާވަތުގެ އެއްޗެތި އަހުރެމެންވެސް ކިޔައިފާނަމެވެ. އަދި ތިޔަތަކެއްޗަކީ (އެބަހީ: قرآن އަކީ) ހަމަ އިސްވެދިޔަ މީސްތަކުންގެ أصل އެއް ވަސްލެއްނެތް ވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ. 32. (32) އަދި އެމީހުން (އެބަހީ: مكّة ގެ مشرك ން) ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެމީހުން ދެންނެވިއެވެ.) އޭ މަތިވެރި ﷲ އެވެ! (محمّد ގެފާނުންގެމައްޗަށް ބާވައިލައްވާ) މިތަކެއްޗަކީ އިބަރަސްކަލާނގެ حضرة ން ކަނޑައެޅިގެން حقّ އެއްޗެއްކަމަށްވަންޏާ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވާނދޭވެ! ނުވަތަ އަޅަމެނަށް ވޭންދެނިވި عذاب ދެއްވާނދޭވެ! 33. (33) (އޭގެ جواب އަކަށް ﷲ وحي ކުރައްވައެވެ. އޭ رسول ﷲ އެވެ!) ކަލޭގެފާނުން އެމީހުންގެ ތެރޭގައި ވަނިކޮށް އެމީހުންގެ މައްޗަށް عذاب އެއް ފޮނުއްވާނެކަލަކު ކަމުގައި ﷲ ވޮޑިގެން ނުވެއެވެ. އަދި އެމީހުން ފާފަފުއްސެވުމަށް އެދި دعاء ކުރާކަމުގައިވާހިނދު އެމީހުންނަށް عذاب ދެއްވުމަށް ﷲ ވޮޑިގެން ނުވެއެވެ. (ފަހެ مكّة ގެ مشرك ންނަށް بدر ހަނގުރާމައިގައި އެހާބޮޑު عذاب އެއް ލިބި މަރުވެގެންދިޔަ ބަޔަކު މަރުވެގެންދިޔައީ رسول ﷲ ﷺ އެރަށުން ނުކުމެވަޑައިގެން مدينة އަށް هجرة ކުރެއްވުމަށްފަހުގައެވެ.) 34. (34) ފަހެ އެމީހުންނަށް ﷲ عذاب ނުދެއްވަންވީ ކީއްވެގެންހެއްޔެވެ؟ އެމީހުންނަކީ مَسْجِدُ اْلحَرَام އަށް އަޅުކަމަށް ދާމީހުން ދިޔަނުދީ ހިފަހައްޓާ ބައެކެވެ. އަދި އެމީހުންނަކީ އެކަލާނގެ ولِيُّ ން ކަމުގައި ނުވެއެވެ. އެކަލާނގެ وَلِيُّ ން ކަމުގައި تقوى ވެރިންމެނުވީ ނުވާނެއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ. 35. (35) އަދި ގެފުޅުގެ ކައިރީގައި އެމީހުންކުރާ ނަމާދަކީ ތުނބުން ފުމުމާއި އަތްތިލަބަޑިޖެހުންކަމުގައި މެނުވީ ނުވެއެވެ. (އަދި ބަދުރު ހަނގުރާމައިގެ ދުވަހު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ކާފަރުވީ ކަމަށްޓަކައި ކަލޭމެން عذاب ގެ ރަހަ ލިބިގަންނާށެވެ. (އެމީހުންވަނީ ބައްތިރީސްވަނަ އާޔަތުގައިވާ ފަދައިން عذاب އައުމަށް އެދިފައެވެ.) 36. (36) ހަމަކަށަވަރުން ކާފަރުވީ މީސްތަކުން ﷲ ގެ މަގުބަންދުކުރުމަށްޓަކައި މުދާތައް ހޭދަކުރެއެވެ. އަދި މުދާ ހޭދަކުރާނެއެވެ. ދެން އެކަންވާނީ އެމީހުންގެ މައްޗަށް ހިތާމައެއް ކަމުގައެވެ. ދެން އެމީހުން ދެރަވާނެއެވެ. އަދި ކާފަރުވީ މީސްތަކުން ނަރަކައަށް އެއްކުރެވޭނެއެވެ. 37. (37) އެއީ (އެބަހީ: އެމީހުން ނަރަކައަށް އެލައްވަނީ) ރަނގަޅުގެތެރެއިން ނުބައި - ބާއްޖަވެރިންގެތެރެއިން އަބާއްޖަވެރިން ވަކިކުރެއްވުމަށެވެ. ދެން އެހުރިހާ ނުބައި އެކަލާނގެ އެއްތަނަކަށް ޖަމާކުރައްވައި އެކަތިމައްޗަށް އަނެކަތިލައްވާ ބޮޑުފުނިވަރަކަށް ހައްދަވައި ދެން އެކަލާނގެ އެފުނިވަރު ނަރަކައަށް ލައްވާނެތެވެ. އެމީހުން އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. • ދަންނައެވެ. ﷲ ގެ މަގުބަންދުކުރުމަށް إسلام دين އާއި مسلم ން ހަލާކުކުރުމަށް ކާފަރުން މުދާ ހޭދަކުރުމަކީ އެއީ އެމީހުންގެ ކަމެކެވެ. އަބަދުވެސް އެމީހުން އެކަން ކުރާނެއެވެ. އަދި ކުރިޔަށް އޮތްތާވެސް އެމީހުން އެކަންކުރާނެކަމަށް އާޔަތުން صريح ކޮށް އެބަ އެނގެއެވެ. އޭރު مكّة ގެ ކާފަރުންނެވެ. މިހާރު ترقّي ގެ މޮޅު ކާފަރުންނެވެ. ރީތި ނަންނަމުގައެވެ. ސޭވްދަ ޗިލްޑްރަން - ޔުނިސެފް - ކުނިސެފް - އަދި އެޑިޔުކޭޝަންގެ އެކިއެކި ނަންނަމުގައި އޭބީސީޑީގެ ހުރިހާ އަކުރެއްގެ ނަމުގައި ޒާތްޒާތުގެ جمعية ތަކާއި جماعة ތަކާއި ބޯޑުތަކާއި ހަދައި އެކިނަންނަމުގައި އެހީތައް މިއޮއް ފައިބަނީއެވެ. ކާފަރަކު إسلام އަކަށް އެހީއެއްވުމަކީ ބުޅާ މީދަލަށް އެހީވުން ނޫންބާވައެވެ. وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ މިއީ وحي ގެ ކީރިތި ބަސްފުޅެވެ. - يهودي އަކުވިޔަސް އަދި نصارى އަކުވިޔަސް އެމީހުންގެ دين އާއި ކަލޭގެފާނު تبع ވެވަޑައިގެންފުމަށްދާނދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ. - ދުވަހަކު ނުރުހޭނެއެވެ. މިއެވެ. އެމީހުން ނުރުހޭ އެންމެންނަކީ މިހާރުގެ ޓެރަރިސްޓުންނެވެ. ތިންމައިގަނޑު ވިޔައިގެ ހިސާބުން ބަލާއިރު އެމީހުން ނުރުހޭ މީހުންނަކީ مسلم ންނެވެ. އެއީ އެމީހުންގެ ޓެރަރިސްޓުންނެވެ. ރުހޭމީހުންނަކީ އެމީހުންނަށް تبع ވީމީހުންކަމުގައި ﷲ އެ އަންގަވަނީއެވެ. ނުރުހޭ ބަޔަކަށް އެހީއެއް މަދަދެއްވުމަކީ مُستحيل ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. މިކަންކަމަށް ވިސްނެވުންހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire