Ingia
Ingia
Ingia
Chagua Lugha

Al-Anfal 8:31 واذا تتلى عليهم اياتنا قالوا قد سمعنا لو نشاء لقلنا مثل هاذا ان هاذا الا اساطير الاولين ٣١

Ukurasa 180 · Juzuu 9

وَإِذَا
تُتۡلَىٰ
عَلَيۡهِمۡ
ءَايَٰتُنَا
قَالُواْ
قَدۡ
سَمِعۡنَا
لَوۡ
نَشَآءُ
لَقُلۡنَا
مِثۡلَ
هَٰذَآ
إِنۡ
هَٰذَآ
إِلَّآ
أَسَٰطِيرُ
ٱلۡأَوَّلِينَ
٣١
(31) އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން (ތިޔަބާވަތުގެ އެއްޗެތި) އަހައިފީމެވެ. އަދި އަހުރެމެން ބޭނުންނަމަ އެބާވަތުގެ އެއްޗެތި އަހުރެމެންވެސް ކިޔައިފާނަމެވެ. އަދި ތިޔަތަކެއްޗަކީ (އެބަހީ: قرآن އަކީ) ހަމަ އިސްވެދިޔަ މީސްތަކުންގެ أصل އެއް ވަސްލެއްނެތް ވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Quraysh claimed They can produce Something similar to the Qur'an

Allah describes the disbelief, transgression, rebellion, as well as misguided statements that the pagans of Quraysh used to utter when they heard Allah's Ayat being recited to them,

قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَذَآ

(

…

The Quraysh claimed They can produce Something similar to the Qur'an

Allah describes the disbelief, transgression, rebellion, as well as misguided stat

…
Tazama Tafsir

Soma katika Muktadha

29. (29) އޭ إيمان ވެއްޖެ މީހުންނޭވެ! ކަލޭމެން ﷲ އަށް تقوى ވެރިވެއްޖެއްޔާ حقّ އާއި باطل ވަކިކުރެވޭނެ އެއްޗެއް އެކަލާނގެ ކަލޭމެނަށް ލައްވާނެއެވެ. حقّ އާއި باطل ވަކިކުރެވޭނެގޮތެއް ލައްވާނެއެވެ. (އެއީ ކަލޭމެންގެ عدواة ތެރިންގެމައްޗަށް ކަލޭމެނަށް نصر ދެއްވައި އެމީހުން ބަލިކުރެއްވުމެވެ.) އަދި އެކަލާނގެ ކަލޭމެންގެ ކުށްތައް ފިއްލަވާހުއްޓެވެ. އަދި ކަލޭމެންނަށް (ކަލޭމެންގެ ފާފަތައް) އެކަލާނގެ ފުއްސަވާހުއްޓެވެ. އަދި ﷲ އީ ބޮޑުވެގެންވާ މާތްކަމުގެ ވެރި، فضل ވަންތަކަމުގެ ވެރި، ކަލާނގެއެވެ. 30. (30) އަދި ކާފަރުންގެމީހުން (އެބަހީ: مكّة ގެ ކާފަރުން) ކަލޭގެފާނު ހިފާ ހައްޔަރުކުރުމަށް ނުވަތަ ކަލޭގެފާނު قتل ކުރުމަށް ނުވަތަ ކަލޭގެފާނު ކަލޭގެފާނުންގެ ރަށުން ނެރުމަށް އެމީހުން ގޮތްތައް ރާވާ މަކަރުތައް ހެދިހިނދު ހަނދުމަފުޅުކުރައްވާށެވެ! އަދި ﷲ ވެސް މަކަރު ހައްދަވާ ގޮތްތައް ރާއްވަވައެވެ. (އެއީ އެމީހުން ނާކާމިޔާބު ކުރެއްވުމަށާއި ކަލޭގެފާނަށް ކާމިޔާބު ވުމަށެވެ.) އަދި ﷲ އީ އެންމެ ރަނގަޅަށް އެންމެ މޮޅަށް މަކަރު ހައްދަވާ ގޮތް ރާއްވަވާ ކަލާނގެއެވެ. • ދަންނައެވެ. ﷲ މަކަރުހައްދަވާނީ އެކަލާނގެ مُقَدَّسُ ޒާތުފުޅާއި އެކަށީގެންވާގޮތަށެވެ. އެއީ ކިހިނެއްކަމެއް خَلقُ ތަކުންނަކަށްނޭގޭނެއެވެ. 31. (31) އަދި ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެ މައްޗަށް ކިޔެވިއްޖެއްޔާ އެމީހުން ބުނާނެއެވެ. އަހުރެމެން (ތިޔަބާވަތުގެ އެއްޗެތި) އަހައިފީމެވެ. އަދި އަހުރެމެން ބޭނުންނަމަ އެބާވަތުގެ އެއްޗެތި އަހުރެމެންވެސް ކިޔައިފާނަމެވެ. އަދި ތިޔަތަކެއްޗަކީ (އެބަހީ: قرآن އަކީ) ހަމަ އިސްވެދިޔަ މީސްތަކުންގެ أصل އެއް ވަސްލެއްނެތް ވާހަކަތަކެއްކަމުގައި މެނުވީ ނުވެއެވެ. 32. (32) އަދި އެމީހުން (އެބަހީ: مكّة ގެ مشرك ން) ދެންނެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެމީހުން ދެންނެވިއެވެ.) އޭ މަތިވެރި ﷲ އެވެ! (محمّد ގެފާނުންގެމައްޗަށް ބާވައިލައްވާ) މިތަކެއްޗަކީ އިބަރަސްކަލާނގެ حضرة ން ކަނޑައެޅިގެން حقّ އެއްޗެއްކަމަށްވަންޏާ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވާނދޭވެ! ނުވަތަ އަޅަމެނަށް ވޭންދެނިވި عذاب ދެއްވާނދޭވެ! 33. (33) (އޭގެ جواب އަކަށް ﷲ وحي ކުރައްވައެވެ. އޭ رسول ﷲ އެވެ!) ކަލޭގެފާނުން އެމީހުންގެ ތެރޭގައި ވަނިކޮށް އެމީހުންގެ މައްޗަށް عذاب އެއް ފޮނުއްވާނެކަލަކު ކަމުގައި ﷲ ވޮޑިގެން ނުވެއެވެ. އަދި އެމީހުން ފާފަފުއްސެވުމަށް އެދި دعاء ކުރާކަމުގައިވާހިނދު އެމީހުންނަށް عذاب ދެއްވުމަށް ﷲ ވޮޑިގެން ނުވެއެވެ. (ފަހެ مكّة ގެ مشرك ންނަށް بدر ހަނގުރާމައިގައި އެހާބޮޑު عذاب އެއް ލިބި މަރުވެގެންދިޔަ ބަޔަކު މަރުވެގެންދިޔައީ رسول ﷲ ﷺ އެރަށުން ނުކުމެވަޑައިގެން مدينة އަށް هجرة ކުރެއްވުމަށްފަހުގައެވެ.) 34. (34) ފަހެ އެމީހުންނަށް ﷲ عذاب ނުދެއްވަންވީ ކީއްވެގެންހެއްޔެވެ؟ އެމީހުންނަކީ مَسْجِدُ اْلحَرَام އަށް އަޅުކަމަށް ދާމީހުން ދިޔަނުދީ ހިފަހައްޓާ ބައެކެވެ. އަދި އެމީހުންނަކީ އެކަލާނގެ ولِيُّ ން ކަމުގައި ނުވެއެވެ. އެކަލާނގެ وَلِيُّ ން ކަމުގައި تقوى ވެރިންމެނުވީ ނުވާނެއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ. 35. (35) އަދި ގެފުޅުގެ ކައިރީގައި އެމީހުންކުރާ ނަމާދަކީ ތުނބުން ފުމުމާއި އަތްތިލަބަޑިޖެހުންކަމުގައި މެނުވީ ނުވެއެވެ. (އަދި ބަދުރު ހަނގުރާމައިގެ ދުވަހު އެމީހުންނަށް އެންގެވުނެވެ.) ކަލޭމެން ކާފަރުވީ ކަމަށްޓަކައި ކަލޭމެން عذاب ގެ ރަހަ ލިބިގަންނާށެވެ. (އެމީހުންވަނީ ބައްތިރީސްވަނަ އާޔަތުގައިވާ ފަދައިން عذاب އައުމަށް އެދިފައެވެ.) 36. (36) ހަމަކަށަވަރުން ކާފަރުވީ މީސްތަކުން ﷲ ގެ މަގުބަންދުކުރުމަށްޓަކައި މުދާތައް ހޭދަކުރެއެވެ. އަދި މުދާ ހޭދަކުރާނެއެވެ. ދެން އެކަންވާނީ އެމީހުންގެ މައްޗަށް ހިތާމައެއް ކަމުގައެވެ. ދެން އެމީހުން ދެރަވާނެއެވެ. އަދި ކާފަރުވީ މީސްތަކުން ނަރަކައަށް އެއްކުރެވޭނެއެވެ. 37. (37) އެއީ (އެބަހީ: އެމީހުން ނަރަކައަށް އެލައްވަނީ) ރަނގަޅުގެތެރެއިން ނުބައި - ބާއްޖަވެރިންގެތެރެއިން އަބާއްޖަވެރިން ވަކިކުރެއްވުމަށެވެ. ދެން އެހުރިހާ ނުބައި އެކަލާނގެ އެއްތަނަކަށް ޖަމާކުރައްވައި އެކަތިމައްޗަށް އަނެކަތިލައްވާ ބޮޑުފުނިވަރަކަށް ހައްދަވައި ދެން އެކަލާނގެ އެފުނިވަރު ނަރަކައަށް ލައްވާނެތެވެ. އެމީހުން އެއީ ކަނޑައެޅިގެން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. • ދަންނައެވެ. ﷲ ގެ މަގުބަންދުކުރުމަށް إسلام دين އާއި مسلم ން ހަލާކުކުރުމަށް ކާފަރުން މުދާ ހޭދަކުރުމަކީ އެއީ އެމީހުންގެ ކަމެކެވެ. އަބަދުވެސް އެމީހުން އެކަން ކުރާނެއެވެ. އަދި ކުރިޔަށް އޮތްތާވެސް އެމީހުން އެކަންކުރާނެކަމަށް އާޔަތުން صريح ކޮށް އެބަ އެނގެއެވެ. އޭރު مكّة ގެ ކާފަރުންނެވެ. މިހާރު ترقّي ގެ މޮޅު ކާފަރުންނެވެ. ރީތި ނަންނަމުގައެވެ. ސޭވްދަ ޗިލްޑްރަން - ޔުނިސެފް - ކުނިސެފް - އަދި އެޑިޔުކޭޝަންގެ އެކިއެކި ނަންނަމުގައި އޭބީސީޑީގެ ހުރިހާ އަކުރެއްގެ ނަމުގައި ޒާތްޒާތުގެ جمعية ތަކާއި جماعة ތަކާއި ބޯޑުތަކާއި ހަދައި އެކިނަންނަމުގައި އެހީތައް މިއޮއް ފައިބަނީއެވެ. ކާފަރަކު إسلام އަކަށް އެހީއެއްވުމަކީ ބުޅާ މީދަލަށް އެހީވުން ނޫންބާވައެވެ. وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْۗ މިއީ وحي ގެ ކީރިތި ބަސްފުޅެވެ. - يهودي އަކުވިޔަސް އަދި نصارى އަކުވިޔަސް އެމީހުންގެ دين އާއި ކަލޭގެފާނު تبع ވެވަޑައިގެންފުމަށްދާނދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ. - ދުވަހަކު ނުރުހޭނެއެވެ. މިއެވެ. އެމީހުން ނުރުހޭ އެންމެންނަކީ މިހާރުގެ ޓެރަރިސްޓުންނެވެ. ތިންމައިގަނޑު ވިޔައިގެ ހިސާބުން ބަލާއިރު އެމީހުން ނުރުހޭ މީހުންނަކީ مسلم ންނެވެ. އެއީ އެމީހުންގެ ޓެރަރިސްޓުންނެވެ. ރުހޭމީހުންނަކީ އެމީހުންނަށް تبع ވީމީހުންކަމުގައި ﷲ އެ އަންގަވަނީއެވެ. ނުރުހޭ ބަޔަކަށް އެހީއެއް މަދަދެއްވުމަކީ مُستحيل ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. މިކަންކަމަށް ވިސްނެވުންހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia