Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Anbiyá 21:89 وزكريا اذ نادى ربه رب لا تذرني فردا وانت خير الوارثين ٨٩

Página 329 · Juz 17

وَزَكَرِيَّآ
إِذۡ
نَادَىٰ
رَبَّهُۥ
رَبِّ
لَا
تَذَرۡنِي
فَرۡدٗا
وَأَنتَ
خَيۡرُ
ٱلۡوَٰرِثِينَ
٨٩
(89) އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Zakariyya and Yahya

Allah tells us of His servant Zakariyya, who asked Allah to grant him a son who would be a Prophet after him. The story has already been given in detail at the beginning of Surah Maryam and also in Surah `Imran. Here an abbreviated version is given.

إِذْ نَادَى رَبَّهُ

(when he crie

…

Zakariyya and Yahya

Allah tells us of His servant Zakariyya, who asked Allah to grant him a son who would be a Prophet after him. The story has already

…
Ver Tafsires

Leer en contexto

85. (85) އަދި إسْمَاعِيْل ގެފާނާއި إدْرِيْسُ ގެފާނާއި އަދި ذُوالْكِفْلِ (عليهم السَّلام) މިބޭބޭކަލުންގެ ވާހަކަ ހަނދުމަފުޅުކުރައްވާށެވެ! މިހުރިހާ ބޭކަލުންވެސް ވެވަޑައިގެންނެވީ ކެތްތެރި މާތްބޭކަލުންކަމުގައެވެ. 86. (86) އަދި އެހުރިހާ ބޭކަލުން ތިމަންރަސްކަލާނގެ رحمة ގެތެރެއަށް ތިމަންރަސްކަލާނގެ ވެއްދެވީމެވެ. ހަމަކަށަވަރުން އެބޭކަލުން ވެވަޑައިގެންނެވީ صالح ންގެތެރެއިންނެވެ. رَسُول ބޭކަލުންގެ ތެރެއިނެވެ. 87. (87) އަދި މަހުގެވެރި ކަލޭގެފާނު (يعني: يُونُسُ عليه السَّلام) ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނު ކޯފާވެވަޑައިގެން ވަޑައިގެންނެވިހިނދު އެކަލޭގެފާނު ހީފުޅުކުރެއްވީ ތިމަންރަސްކަލާނގެއަށް އެކަލޭގެފާނުންގެ މައްޗަށް ކުޅަދުންވަންތަވެވޮޑި ނުގަންނަވާނެކަމަށެވެ. ދެންފަހެ އަނދިރިތަކުގެ ތެރޭގައި (މަހުބަނޑުގެ އަނދިރިޔާ ރޭގަނޑުގެ އަނދިރިޔާ ކަނޑުގެ އަނދިރިޔާމިހުރިހާއަދިރީ ގައި އޮންނަވައިގެން) އެކަލޭގެފާނު އެކަލޭގެފާނުންގެ ربّ އަށް دعاء ދަންނަވައި توبة ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ މެނުވީ އަޅުކަންވެވުން حقّ އެހެން އެއްވެސް إله އަކުނުވެއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތައެވެ. ހަމަކަށަވަރުން މިއަޅާމިވަނީ އަނިޔާވެރިންގެތެރެއިންނެވެ. 88. (88) ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރައްވައި އަދި ހިތާމަޔާއި މޮޅިން ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. مؤمن ން ތިމަންރަސްކަލާނގެ ސަލާމަތް ކުރައްވަނީ އެފަދައިންނެވެ. • ދަންނައެވެ. يُونُسُ عليه السَّلام ގެ ވާހަކައިގައި ވަރަށްގިނަ إختلاف ވެއެވެ. އެހެންވެ އެވާހަކަ ހަނދާންކޮށްދެމެވެ. އަދި އެ إختلاف ގެތެރެއަށް ވަންނާކަށް މިފޮތުގައި ތަނެއްނެތެވެ. 89. (89) އަދި زَكَرِيَّا عليه السَّلام ހަނދުމަފުޅުކުރައްވާށެވެ. އެއީ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިހިނދުގައެވެ. އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ދަރިއަކުނެތް ހަމައެކަނި فَرْد އަކު ކަމުގައި މިއަޅާނުލައްވާންދޭވެ. (މިއަޅާއަށް ދަރިއަކުލައްވާންދޭވެ.) އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ވާރުތަކުރައްވާ ކަލާނގެއެވެ. 90. (90) ދެންފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް يَحْيَى (عليه السَّلام) ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަނބިކަނބަލުން صلح ކޮށްދެއްވައި ރަނގަޅުކޮށްދެއްވީމެވެ. (ދަރިންނުލިބޭ މީހަކުކަމުގައި އިންނެވުމަށްފަހު ދަރިންލިބޭ މީހަކުކަމުގައި ހެއްދެވީމެވެ.) ހަމަކަށަވަރުން އިސްވެދިޔަ ބޭބޭކަލުންވީ ހެޔޮކަންތަކުގައި އަވަސްވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. އަދި ތިމަންރަސްކަލާނގެ رحمة އަށް އެދިވަޑައިގަންނަވައިގެންނާއި އަދި ތިމަންރަސްކަލާނގެ عذاب އާއި ކޯފާއަށް ބިރުން އެބޭކަލުން ތިމަންރަސްކަލާނގެއަށް دعاء ކުރައްވައެވެ. އަދި އެބޭކަލުންވީ ތިމަންރަސްކަލާނގެއަށް ބިރުވެތިވެ މަޑުމޮޅިވެވަޑައިގަންނަވާ ބޭކަލުންކަމުގައެވެ. 91. (91) އަދި އެކަމަނާގެ ލަދުގުނަވަން އެކަމަނާ ރައްކާތެރިކުރެއްވި ކަމަނާގެ ވާހަކަ ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! (އެއީ عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނެވެ.) ފަހެ އެކަމަނާގެ ލިބާހުގެ ޖީބަށް (ނުވަތަ ކަރުވަޅުތެރެއަށް) ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. (އެއީ جبريل عليه السَّلام އަށް އަމުރުކުރައްވައި އެކަލޭގެފާނުންގެ އަނގަފުޅުންނެވެ.) އަދި އެކަމަނާއާއި އަދި އެކަމަނާގެ ދަރިކަލުން (عيسى عليه السّلام) ތިމަންރަސްކަލާނގެ ލެއްވީ އެންމެހައި عالم ތަކަށްވާ دليل އެއްކަމުގައެވެ. (އެއީ ބަފަޔަކާއި ނުލައި عيسى عليه السّلام ދުނިޔެއަށް ފޮނުއްވުމަކީ يقين ންވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ دليل ގެތެރެއިންވާ ކަމެކެވެ.)

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir