Войти
Войти
Войти
Выберите язык
021

Al-Anbiya 21:82 ومن الشياطين من يغوصون له ويعملون عملا دون ذالك وكنا لهم حافظين ٨٢

21:82
وَمِنَ
ٱلشَّيَٰطِينِ
مَن
يَغُوصُونَ
لَهُۥ
وَيَعۡمَلُونَ
عَمَلٗا
دُونَ
ذَٰلِكَۖ
وَكُنَّا
لَهُمۡ
حَٰفِظِينَ
٨٢
(82) އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Еще одним удивительным преимуществом Сулеймана была его власть над дьяволами и могучими бесами. Аллах одарил его способностью принуждать их к разного рода работам. Зачастую это были работы, которые не способны выполнять другие творения. Одни из бесов были ныряльщиками и доставали со дна морей жемчуж…
Еще одним удивительным преимуществом Сулеймана была его власть над дьяволами и могучими бесами. Аллах одарил его способностью принуждать их к разного …
Больше тафсиров

Читать в контексте

Глава 21, Страница 329, Джуз 17

78. (78) (އޭ رسول الله އެވެ.) އަދި داوُد އާއި سليمان (عليه السلام) ހަނދުމަފުޅުކުރައްވާށެވެ! އެއީ އޭގެ ދެބޭކަލުން ދަނޑާއިމެދު حكم ކުރައްވަމުން ދިޔަވަގުތެވެ. އެދަނޑަށް އެދަނޑުގެ މީހުން ނޫންއެހެން ބައެއްގެ ބަކަރި ތަކެއް ރޭގަޑުގެ ވަގުތެއްގައި ވަދެ ދަނޑު ހަލާކު ކޮށްލުމާއި ގުޅިގެންނެވެ. އަދި އެދެބޭކަލުންގެ حكم އަށް ތިމަންރަސްކަލާނގެ حاضر ވެވޮޑިގެންވީމުއެވެ. (ނުވަތަ ހެކިވެ ވޮޑިގެންވީމެވެ.) 79. (79) ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ. • ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِي ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:- ދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ! 80. (80) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް - އެބަހީ: داود عليه السَّلام އަށް ކަލޭމެން ހަނގުރާމައިގައި ބޭނުންކުރާނޭ (ދަގަނޑުދަހަނާ) ލިބާސް ހައްދަވާނޭގޮތް ދަސްކޮށްދެއްވީމެވެ. (ނުވަތަ ހަނގުރާމައިގެ ހަތިޔާރު ހައްދަވާނެގޮތް ދަސްކޮށްދެއްވީމެވެ.) އެއީ ކަލޭމެން ކަލޭމެންގެ ހަނގުރާމައިގައި ރައްކާތެރިވެ ސަލާމަތްވުމަށެވެ. ފަހެ ކަލޭމެންނަކީ شكر ކުރާނެ ބަޔަކީމުހެއްޔެވެ؟ 81. (81) އަދި سليمان عليه السَّلام އަށް ގަދަޔަށްޖެހޭ ވައި ތިމަންރަސްކަލާނގެ ކިޔަމަންކޮށްދެއްވީމެވެ. އެކަލޭގެފާނުންގެ އަމުރުފުޅަށް އެވައި އެތާނގައި ތިމަންރަސްކަލާނގެ ބަރަކާތްލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) ދަތުރުކޮށްދެއެވެ. (ހެނދުނުން ފަށައިގެން މެންދުރަށް މަސްދުވަހުގެ ރާސްތާއަށް އަދި މެންދުރުފަހުން އިރުއޮއްސޭއިރަށް މަސްދުވަހުގެ ރާސްތާއަށް ދަތުރުކޮށްލައެވެ.) އަދި މިހުރިހާ ކަމަކާއި މިހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމެވެ. 82. (82) އަދި شيطان ންގެތެރޭގައި سليمان عليه السَّلام އަށް ކަނޑުގެއަޑިޔަށް ފީނައިދޭ شيطان ވެއެވެ. (އެބައިމީހުން ރަންމުތާއި އެހެނިހެންވެސް ބޭނުންފުޅުވާ ތަކެތި ނަގައިދެއެވެ.) އަދި ބިނާކުރުމާއި صُورة ތައް ހެދުމާއި އަދި އެހެނިހެން ކަންތައްވެސް އެސޮރުމެން ކޮށްދެއެވެ. އަދި އެބައިމީހުންނާއި އެބައިމީހުން ކުރާހާ ކަމެއް ރައްކާތެރިކޮށްދެއްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވީމުއެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать