Al-Anbiya 21:79 ففهمناها سليمان وكلا اتينا حكما وعلما وسخرنا مع داوود الجبال يسبحن والطير وكنا فاعلين ٧٩
فَفَهَّمۡنَٰهَا
سُلَيۡمَٰنَۚ
وَكُلًّا
ءَاتَيۡنَا
حُكۡمٗا
وَعِلۡمٗاۚ
وَسَخَّرۡنَا
مَعَ
دَاوُۥدَ
ٱلۡجِبَالَ
يُسَبِّحۡنَ
وَٱلطَّيۡرَۚ
وَكُنَّا
فَٰعِلِينَ
٧٩
(79) ފަހެ އެقَضِيَّة ތިމަންރަސްކަލާނގެ سليمان ގެފާނަށް ވިސްނައި ދެއްވީމެވެ. (އެބަހީ އޭގެ މޮޅު حكم އާއި علم ދެއްވީމެވެ.) އަދި داوُد (عليه السلام) އަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެއީ އެކަލޭގެފާނު تسبيح ވިދާޅުވާއިރު ފަރުބަދަތައް تسبيح ކިޔުމާއި އަދި ދޫނިތައްވެސް އެކަލޭގެފާނުން تسبيح ވިދާޅުވާއިރު تسبيح ކިޔާ ގޮތަށް ތިމަންރަސްކަލާނގެ ކިޔަމަންކުރެއްވީމެވެ. މިއެންމެހައި ކަންކަން މިހިންގަވަނީ ހަމަ ތިމަންރަސްކަލާނގެއެވެ.
• ދަންނައެވެ. داودُ ގެފާނާއި سليمان ގެފާނާއި عَلَيْهمَا السّلام ދެބޭކަލުންގެ މެދުގައި حكم ކުރަން ދިމާވި قَضِيَّة އަކީ، ބަޔަކުމީހުންގެ މޭބިސްކަދުރު ދަނޑަކަށް އެހެންބައެއްގެ ބަކަރިތަކެއް ރޭގަނޑުގެ ވަގުތުގައި ވަދެ ދަނޑު މުޅިން ހަލާކުކޮށްލައިގެން އެކަމުގެ قَضِيَّة އެވެ. داوُد عليه السّلام ނިޔާކުރެއްވީ އެބަކަރިތައް ދަނޑުވެރިޔާއަށް ދިނުމަށެވެ. ބަކަރިތަކުގެ ވެރިޔާއަށް އެއްޗެއްނެތެވެ. އެ މަޖްލީހުގައި سليمان ގެފާނު އިންނެވި އެވެ. سليمان ގެފާނު ވިދާޅުވިއެވެ. އޭ نَبِي ﷲ އެވެ. އެހެންގޮތެކެވެ. އެގޮތަކީ:-
ދަނޑުގެ ވެރިޔާ ބަކަރިތައް ގެންގޮސް އެއިން ފައިދާނަގާނީއެވެ. އަދި ބަކަރިތަކުގެވެރިޔާ ދަނޑު إصلاح ކޮށް ބަކަރިތައް ވަންއިރު ހުރިވަރުވީމާ ބަކަރީގެ ވެރިޔާއަށް ބަކަރިއެވެ. ދަނޑުވެރިޔަށް ދަނޑެވެ. ކުރީހުރިގޮތަށް ބަދަލުކޮށްލާނީއެވެ. މިއީ سليمان عليه السَّلام ގެ ނިޔާއެވެ. داود عليه السَّلام ވިދާޅުވިއެވެ. ނިޔާއަކީ ކަލޭގެފާނު ތިޔަކުރެއްވި ނިޔާއެވެ. އެގޮތް ރަނގަޅެވެ. سليمان عليه السَّلام އަށް ﷲ تعالى އެގޮތް ވިސްނަވައިދެއްވީއެވެ. ދެންފަހެ މި أمّة ގައި އެ قضيّة ގެ حكم އޮންނަގޮތަކީ، ދުވާލު ވަގުތު ދަނޑުވެރިޔާ ރަނގަޅަށް ދަނޑު ބެލެހެއްޓުމެވެ. ރޭގަނޑުގެ ވަގުތު ބަކަރި ދަނޑަށް ވަދެ ގެއްލުމެއްދީފިނަމަ އޭގެ އަގުކޮށް ބަކަރީގެ ވެރިޔާ ޖޫރިމަނާކުރުމެވެ. ރޭގަނޑުގައި ބަކަރީގެ ވެރިޔާ ބަކަރިތަކަށް مسؤل ވާންޖެހޭނެއެވެ. ދުވާލު ވަގުތު ދަނޑުވެރިޔާ ދަނޑަށް مسئول ވުމެވެ. وﷲ اعلم. މިއީ ތިން نبي ންގެ ތިން ނިޔާއެވެ. ކޮންމެ ބޭކަލަކަށްވެސް ﷲ حكم އާއި علم ދެއްވިއެވެ. މިހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ﷲ ގެ حِكْمَة ވަންތަކަމުގެ ބޮޑުކަމާއެވެ!
Read Tafsir
Ibn Kathir (Abridged)
Dawud and Sulayman and the Signs which They were given; the Story of the People whose Sheep pastured at Night in the Field
Abu Ishaq narrated from Murrah from Ibn Mas`ud: "That crop was grapes, bunches of which were dangling." This was also the view of Shurayh. Ibn `Abbas said: "Nafash means grazing.
…Dawud and Sulayman and the Signs which They were given; the Story of the People whose Sheep pastured at Night in the Field
Abu Ishaq narrated from Murr
…