سائن ان کریں۔
سائن ان کریں۔
سائن ان کریں۔
زبان منتخب کریں۔
021

الأنبياء 21:64 فرجعوا الى انفسهم فقالوا انكم انتم الظالمون ٦٤

21:64
فَرَجَعُوْۤا
اِلٰۤی
اَنْفُسِهِمْ
فَقَالُوْۤا
اِنَّكُمْ
اَنْتُمُ
الظّٰلِمُوْنَ
۟ۙ
(64) ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. (އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.)
پڑھنا جاری رکھیں

تفسیر پڑھیں

تفسیر ابنِ کثیر

اپنی حماقت سے پریشان کافر ٭٭

بیان ہو رہا ہے کہ خلیل اللہ علیہ السلام کی باتیں سن کر انہیں خیال تو پیدا ہو گیا۔ اپنے آپ کو اپنی بیوقوفی پر ملامت کرنے لگے۔ سخت ندامت اٹھائی اور آپس میں کہنے لگے کہ ہم نے بڑی غلطی کی، اپنے معبودوں کے پاس کسی کو حفاظت کیلئے نہ چھوڑا اور چل دئیے۔ پھر غور وفکر کر کے بات بنا

…
اپنی حماقت سے پریشان کافر ٭٭

بیان ہو رہا ہے کہ خلیل اللہ علیہ السلام کی باتیں سن کر انہیں خیال تو پیدا ہو گیا۔ اپنے آپ کو اپنی بیوقوفی پر ملامت کرنے لگ

…
مزید تفسیر

سیاق و سباق میں پڑھیں

باب 21, صفحہ 327, جوز 17

51. (51) އަދި ހަމަކަށަވަރުން إبراهيم عليه السّلام އަށް نبي ކަމުގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ ދެނެގަތުން (ތެދުމަގުގެ توفيق) ދެއްވީމެވެ. އަދި އެކަލޭގެފާނަކީ إبمان ކަމާއި توحيد ގެ أهل ވެރިއެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވީމުއެވެ. 52. (52) އެއީ އެކަލޭގެފާނު ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ قوم ގެމީހުންނޭވެ. ކަލޭމެން އެތަކެއްޗަށް އަޅުކަންކުރުން މަތީ قائم ވެ ތިޔަތިބޭ މިސޫރަތަކަކީ - މިބުދުތަކަކީ ކޮންއެއްޗެތިތަކެއްހެއްޔެވެ؟ ކީއްކުރާ އެއްޗެތިތަކެއް ހެއްޔެވެ؟ 53. (53) އެމީހުން ދެންނެވިއެވެ. އަހުރެމެން ދުށީއަހުރެމެންގެ ކާބަފައިން ހަމަ އެއަށް - އެތަކެއްޗަށް އަޅުކަންކުރާތީއެވެ. (އެހެންވެ އަހުރެމެންވެސް އަޅުކަންކުރަނީއެވެ.) 54. (54) އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭމެންނާއި ކަލޭމެންގެ ކާބަފައިންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައެވެ. 55. (55) އެބައިމީހުން ދެންނެވިއެވެ. އަހުރެމެންގެ ގާތަށް ކަލޭގެފާނު ތިޔަވަޑައިގެންނެވީ حقّ އާއިގެންތޯއެވެ. ނުވަތަ ހަމަކުޅޭކުޅޭ މީހެއްގެގޮތުގައި (ސަމާސާކުރައްވަނީތޯއެވެ.) 56. (56) އެކަލޭގެފާނު يعني: إبراهيم ގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންގެ ربّ އަކީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. އަދި އަހުރެން މިވަނީ އެގޮތުގެ މައްޗަށް ކަލޭމެނަށް ހެކިދޭމީހުންގެ ތެރެއިންނެވެ. 57. (57) ﷲ ގަންދީ ބުނަމެވެ. ކަލޭމެން އެނބުރިދިއުމަށްފަހު (عيد ގެ حفلة އަށް ދިއުމަށްފަހު) އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކޮށް ކުދިކުދިކުރާނަމެވެ. • ނޯޓް: މިބަސްފުޅު އެކަލޭގެފާނު ވިދާޅުވިކަމަށްވަނީ ގިނަމީހުންނަށް ނީވޭ ވަރަށެވެ. އިވުނުކަމަށްވަނީ އެންމެ މީހަކަށެވެ. 58. (58) ދެންފަހެ (އެމީހުން عيد ގެ ކަންތަކަށް ނުކުމެގެންދިއުމުން) އެކަލޭގެފާނުން އެމީހުންގެ ބުދުތައް އެންމެބޮޑު ބުދުމެނުވީ ތަޅާ ކުދިކުދިކޮށްލައިފިއެވެ. (އަދިތަޅުއްވަން ގެންގުޅުއްވި ހަތިޔާރު އެބޮޑު ބުދުގެ ކަރުގައި އެލުވިކަމަށްވިއެވެ.) އެހެން އެހެއްދެވީ އެމީހުންނަށް ވިސްނިގެން އެކަލޭގެފާނުންގެމަގަށް رُجوعَ ވޭތޯއެވެ. (ނުވަތަ އެބޮޑު ބުދުކުރެން އަހައި އެސޮރަށް رجوع ވޭތޯއެވެ.) 59. (59) (އެމީހުންގެ عيد ނިންމާފައި ބުދުތަކުގެ ގާތަށް އައިއިރު އެތަކެއްޗަށްވެފައި ހުރި ގޮތް ދެކެފައި އެކަމާ عجائب ވެގެންނެވެ.) އެމީހުން ބުންޏެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ކާކުބާވައެވެ؟ ހަމަކަށަވަރުން އެމީހަކު އެއީ ކަނޑައެޅިގެން އަނިޔާވެރިންގެތެރެއިންވާ މީހެކެވެ. 60. (60) އެމީހުން ބުންޏެވެ. އެތަކެއްޗަށް ހުތުރުބަސްބުނެ عَيْبُ ކިޔާ ޒުވާނަކުގެ ވާހަކަ އަހުރެމެން އެހީމެވެ. އޭނާއަށް ކިޔެނީ إبراهيم އެވެ. (މިހެން މިބުނިކަމުގައިވަނީ إبراهيم ގެފާނު އަހުރެން ކަލޭމެންގެ ބުދުތައް ހަލާކުކުރާނަމޭ ވިދާޅުވިހިނދު އެއަޑުފުޅު އެހިމީހާކަމުގައި ބުނެވުނެވެ.) والله أعلم. 61. (61) އެމީހުން އެމީހުނަށް ބުންޏެވެ. މީސްތަކުންގެ ލޯތަކަށް ފެންނަފަށަށް އޭނާ ކަލޭމެން ގެންނާށެވެ. އެއީ މީސްތަކުން حاضر ވޭތޯއެވެ؟ ނުވަތަ އެމީހުން ހެކިދިނުމަށްޓަކައެވެ. 62. (62) (ދެންފަހެ އެމީހުން إبراهيم ގެފާނު ހޯދައިގެން ގެނެސް އެމީހުން އެކަލޭގެފާނުންކުރެން އަހައިފިއެވެ.) އޭ إبراهيم އެވެ. އަހުރެމެންގެ إله ންތަކަށް މިހެން ހެދީ ހަމަކަލޭހެއްޔެވެ؟ 63. (63) އެކަލޭގެފާނު ވިދާޅުވިއެވެ. އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަންކުރީ އޭގެތެރެއިން މީނދަ ބޮޑުބުދެވެ. އެތަކެތި އެއީ ބަސްބުނެއުޅޭ ތަކެތިކަމުގައިވަންޏާ ކަލޭމެން ނިކަން އޭތިކުރެން އަހައި ސުވާލުކޮށްބަލާށެވެ! 64. (64) ދެންފަހެ އެމީހުން އެމީހުންގެ ބުއްދިތަކަށް رُجُوع ވެ އެކަކު އަނެކަކަށް ބަލަބަލާފައި ވިސްނަންފަށައިފިއެވެ. އަދި ބުނެފިއެވެ. ހަމަކަށަވަރުން ކަލޭމެންނީ ހަމަ ކަނޑައެޅިގެން އަނިޔާވެރިންނެވެ. (އެހެން އެވީ އެއްވެސްކަހަލަ އާރެއްބާރެއްނެތް ތަކެއްޗަށް އަޅުކަންކުރުމުގެ ސަބަބުންނެވެ. ނުވަތަ إبراهيم ގެފާނަށް ތުހުމަތުކުރުމުގެ ސަބަބުންނެވެ.) 65. (65) ދެން އެމީހުން އަލުންވެސް އެމީހުންގެ ޖާހިލުކަމަށް رُجُوع ވެއްޖެއެވެ. (އެމީހުން إبراهيم ގެފާނަށް ބުނެފިއެވެ.) މިތަކެއްޗަކީ މިއީ ބަސްބުނެ ވާހަކަދައްކާ ތަކެތި ނޫންކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. 66. (66) إبراهيم ގެފާނުން ވިދާޅުވިއެވެ. ކަލޭމެނަށް އެއްވެސް مَنفع އެއް ނުދޭ އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރަނީހެއްޔެވެ؟ 67. (67) ކަލޭމެންނާއި ކަލޭމެން ﷲ ފިޔަވައި އެތަކެއްޗަށް ތިޔަ އަޅުކަންކުރާ ތަކެތީގެ ދެރަކަމާއި ހުތުރުކަމާއެވެ! ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ (ކަލޭމެންނަކީ ތަންދޮރު ނޭނގޭ ބީތާތަކެއްހެއްޔެވެ؟) 68. (68) (ދެންފަހެ إبراهيم ގެފާނުންގެ حجّة ގަދަވެ އެމީހުންގެ އަނގަ ބެދުނީމާ ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނީ) ކަލޭމެން އޭނާ އަންދައިލާށެވެ! އަދި ކަލޭމެންގެ إله ންތަކަށް نصر ދޭށެވެ! ކަލޭމެން ކަމެއްކުރަންޏާ އެހެން ހަދާށެވެ! (މިއީ عامّ ކޮށް ގިނަމީހުންގެ قواعد އެވެ. ތިމާގެ دليل އެއް ނެތުނީމާ ދެންފަށާނީ އަނިޔާކުރާށެވެ.) 69. (69) (ދެން އެމީހުން ބޮޑު އަލިފާންގަނޑެއްޖަހައި އެކަލޭގެފާނު އެއަށް އެއްލައިލިވަގުތު އެއަލިފާންގަނޑަށް ﷲ އެންގެވީ إبراهيم ގެފާނުންގެމައްޗަށް ފިނި އަދި ސަލާމަތްކަންދޭ އެއްޗަކަށް ވުމަށެވެ. އެކަލާނގެ އެ އަންގަވަނީ) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ އަލިފާނާއެވެ. إبراهيم ގެފާނުންގެ މައްޗަށް ފިނި އަދި ސަލާމަތްކަން ދޭ އެއްޗަކަށް ކަލޭވާށެވެ. (އެކަން އެގޮތަށްވެ ހަމަޖެހުނީއެވެ.) 70. (70) އެކާފަރުންގެ މީހުން އެކަލޭގެފާނަށް ނުބައިގޮތަށް ހެދުމަށް ހީކުރީއެވެ. ތިމަންރަސްކަލާނގެ އެމީހުންނާއި އެމީހުންގެ ކަންތައްލެއްވީ އެންމެދަށް އަދި އެންމެ ގެއްލުން ބޮޑުވެގެންވާ އެއްޗެއްކަމުގައެވެ. 71. (71) އަދި ތިމަންރަސްކަލާނގެ (عراق ކަރައިގެބިމުން - ނުވަތަ އެމީހުންގެ عذاب ން) އެކަލޭގެފާނާއި لوط ގެފާނު (عليهما السّلام) ސަލާމަތްކުރައްވައި އެންމެހައި عالم ތަކަށް ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ބިމަށް (شام ކަރައިގެބިމަށް) އެބޭކަލުން ފޮނުއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

نوٹس اور عکاسی۔

آپ کے پاس اس آیت پر کوئی نوٹ یا عکاسی نہیں ہے۔

Notes placeholders

قرآن سے جڑے رہیں ❤️

قرآن سے ربط تازہ کرنے، غور کرنے اور اس سے جڑے رہنے کے لیے مختصر معنی خیز یاددہانی۔

قرآن کو پڑھیں، سنیں، تلاش کریں، اور اس پر تدبر کریں۔

Quran.com ایک قابلِ اعتماد پلیٹ فارم ہے جسے دنیا بھر کے لاکھوں لوگ قرآن کو متعدد زبانوں میں پڑھنے، سرچ کرنے، سننے اور اس پر تدبر کرنے کے لیے استعمال کرتے ہیں۔ یہ ترجمے، تفسیر، تلاوت، لفظ بہ لفظ ترجمہ اور گہرے مطالعے کے ٹولز فراہم کرتا ہے، جس سے قرآن سب کے لیے قابلِ رسائی بنتا ہے۔

صدقۂ جاریہ کے طور پر، Quran.com لوگوں کو قرآن کے ساتھ گہرا تعلق قائم کرنے میں مدد کے لیے وقف ہے۔ Quran.Foundation کے تعاون سے، جو ایک 501(c)(3) غیر منافع بخش تنظیم ہے، Quran.com سب کے لیے ایک مفت اور قیمتی وسیلہ کے طور پر بڑھتا جا رہا ہے، الحمد للہ۔

نیویگیٹ کریں۔
ہوم
قرآن ریڈیو
قراء
ہمارے بارے میں
ڈویلپرز
پروڈکٹ اپڈیٹس
رائے
مدد
عطیہ کریں۔
ہمارے پروجیکٹس
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
غیر منافع بخش منصوبے جو Quran.Foundation کی ملکیت، زیرِ انتظام یا زیرِ سرپرستی ہیں۔
مشہور لنکس
قرآن سے دعائیں
دن کی قرآنی آیت
آیت الکرسی
سورہ یسین
سورہ الملک
سورہ الرحمان
سورہ الواقعة
سورہ الكهف
سورہ المزمل
سائٹ کا نقشہرازداریشرائط و ضوابط
© 2026 Quran.com. جملہ حقوق محفوظ ہیں
تعاون کریں۔