Registrazione
Registrazione
Registrazione
Seleziona la lingua
006

Al-An'am 6:58 قل لو ان عندي ما تستعجلون به لقضي الامر بيني وبينكم والله اعلم بالظالمين ٥٨

6:58
قُل
لَّوۡ
أَنَّ
عِندِي
مَا
تَسۡتَعۡجِلُونَ
بِهِۦ
لَقُضِيَ
ٱلۡأَمۡرُ
بَيۡنِي
وَبَيۡنَكُمۡۗ
وَٱللَّهُ
أَعۡلَمُ
بِٱلظَّٰلِمِينَ
٥٨
(58) ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗެއް އަވަސްވުމަށް ކަލޭމެން ތިޔައެދޭއެތި ތިމަންކަލޭގެފާނުންގެ އަރިހުގައިވާނަމަ ތިމަންކަލޭގެފާނާއި ކަލޭމެންނާއިދެމެދު ކަންވެ ނިމިއްޖައީހެވެ. (އަދި ކަމުގެ މުގޫވަނީ ﷲ އަށެވެ. އެ عذاب ފޮނުއްވާނޭ وقت އެއް އަދި އޭގެ މިންވަރެއް ދެނެވޮޑިގަންނަވަނީ ހަމަ އެކަލާނގެއެވެ.) އަދި އަނިޔާވެރިންނާމެދު (ކަންތައްކުރައްވާނެގޮތެއް) ދެނެވޮޑިގަތުން ބޮޑީ ހަމަ ﷲ އެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The Prophet Understands What He Conveys; Torment is in Allah's Hands Not the Prophet's

Allah says, just as We mentioned the clear signs that testify and direct to the path of guidance, all the while chastising useless arguments and defiance,

كَذلِكَ نُفَصِّلُ الآيَـتِ

(And thus do We explain the Ayat i

…

The Prophet Understands What He Conveys; Torment is in Allah's Hands Not the Prophet's

Allah says, just as We mentioned the clear signs that testify an

…
Altri Tafsir

Leggere nel contesto

Capitolo 6, Pagina 134, Juz 7

56. (56) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ مشركُ ންނޭވެ!) ﷲ ފިޔަވައި އެތަކެއްޗަށް ކަލޭމެން ތިޔަ އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން އަހުރެންނަށް ނަހީވެވިގެންވެއެވެ. (އެބަހީ: ﷲ ވަނީ އެކަން އަހުރެންނަށް ނަހީކުރައްވާ މަނާކުރައްވާފައެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންގެ هوى نفس އާއި - ކަލޭމެންގެ އަމިއްލައެދުމާއި އަހުރެން تبع ނުވާހުށީމެވެ. އެހެންކަމަށްވެއްޖެއްޔާ އެބަހީ ކަލޭމެން އެދޭގޮތަށް އަހުރެން تبع ވެއްޖެއްޔާ ހަމަކަށަވަރުން އަހުރެން މަގުފުރެދުނީއެވެ. އަދި ތެދުމަގު ލިބިގެންވާމީހުންގެތެރެއިން އަހުރެން ނުވާނެއެވެ. 57. (57) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު މިވަނީ ތިމަންކަލޭގެފާނުންގެ رَبّ ގެ حضرة ންވާ بيان އެއްގެމަތީގައެވެ. (އެކަލާނގެ އެއްކައުވަންތަކަމާއި އަޅުކަން އެކަލާނގެއަށް إخلاص ތެރިކުރަންވާނެކަމުގެ حجّة އާއި دليل ގެމަތީގައެވެ.) އަދި ކަލޭމެން އެކަލާނގެ ދޮގުކުރީއެވެ. އަދި ކަލޭމެން އެއެއްޗެއް އަވަސްވުމަށް އެދޭ އެތި ތިމަންކަލޭގެފާނުގެ އަރިހުގައި ނުވެއެވެ. (އެއީ ކަލޭމެންނަށް عذاب އައުމެވެ. އަދި އެ عذاب ގެނައުމަކީވެސް ތިމަންކަލޭގެފާނަށް ކުޅަދާނަކަމެއްނޫނެވެ.) އަދި ތިމަންކަލޭގެފާނާއި ކަލޭމެނާއި ދެމެދު حكم ކުރެއްވުން ހަމަ ﷲ އަށް މެނުވީ ނުވެއެވެ. އެކަލާނގެ حقّ ބަސް ބަޔާންކޮށްދެއްވައި حقّ ނިޔާކޮށްދެއްވާނެއެވެ. އަދި އެކަލާނގެއީ އެންމެހެޔޮކޮށް ނިޔާކުރައްވާ ކަލާނގެއެވެ. 58. (58) ކަލޭގެފާނު ވިދާޅުވާށެވެ! އެއެއްޗެއް އަވަސްވުމަށް ކަލޭމެން ތިޔައެދޭއެތި ތިމަންކަލޭގެފާނުންގެ އަރިހުގައިވާނަމަ ތިމަންކަލޭގެފާނާއި ކަލޭމެންނާއިދެމެދު ކަންވެ ނިމިއްޖައީހެވެ. (އަދި ކަމުގެ މުގޫވަނީ ﷲ އަށެވެ. އެ عذاب ފޮނުއްވާނޭ وقت އެއް އަދި އޭގެ މިންވަރެއް ދެނެވޮޑިގަންނަވަނީ ހަމަ އެކަލާނގެއެވެ.) އަދި އަނިޔާވެރިންނާމެދު (ކަންތައްކުރައްވާނެގޮތެއް) ދެނެވޮޑިގަތުން ބޮޑީ ހަމަ ﷲ އެވެ. 59. (59) އަދި غيب ގެ ތަޅުދަނޑިތައްވަނީ ހަމަ ﷲ ގެ حضرة ގައެވެ. އެތަކެތި ހަމަ އެކަލާނގެއަށްމެނުވީ ނޭނގެއެވެ. (ابن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ އެއީ މައިގަނޑު ފަސްއެއްޗެކެވެ. لقمان ސޫރަތް ނިމޭތާ بيان ވެގެން އެވަނީ އެފަސްކަމެވެ. އެއީ (1) قيامة ވާނެވަގުތެއް އެނގުން. (2) ވާރޭވެހުމާއި ބެހޭ ކަންތައްތައް އެނގުން. (3) މައިމީހާގެ رَحِمُ ގައިވާ ސިއްރުތައް އެނގުން. (4) މާދަމާ ކުރާނެކަމެއްވެސް އެނގުން. (5) މަރުވާނީ ކޮންރަށަކުކަން ކޮން ބިމަކުކަން އެނގުން. މި ފަސްކަމެވެ. والله أعلم.) ފަހެ މިކަންކަން އެކަލާނގެ ނޫން ހަމައެކަކަށްވެސް ނޭނގެއެވެ. އަދި އެއްގަމާއި ކަނޑުގައިވާހާކަމެއްވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި ގަހަކުން ވެއްޓޭ ފަތެއްވިޔަސް އެ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވާ މެނުވީ ނުވެއެވެ. އަދި ބިމުގެ އަނދިރި ތަންތާނގެ އަނދިރީގައިވާ އޮށްޓަރެއްވިޔަސް އަދި ތެތް ރޯ އަދި ތާޒާއެއްޗެއްކަމުގައިވިޔަސް އަދި ނުވަތަ ހިކިފައިވާ އެއްޗެއްކަމުގައިވިޔަސް އެ އެއްޗެއް بيان ވެގެންވާ ފޮތެއްގައި ލިޔެވިގެންވާމެނުވީ ނުވެއެވެ. އެއީ لوح المحفوظ އެވެ. (އެބަހީ އެއްގަމާއި ކަނޑުގެ އަދި އުޑުތަކާއި ބިމުގެ އަދި އެދެމެދުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ހުރިހާ އެއްޗެއް ދެނެވޮޑިގެންވެއެވެ.) 60. (60) އަދި ރޭގަނޑުގެ ވަގުތުތަކުގައި (އެބަހީ ނިދާއިރު) ކަލޭމެންގެ ފުރާނަތައް ހިފަހައްޓަވަނީ ހަމަ އެކަލާނގެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ކަލޭމެން ކަލޭމެންގެ ގުނަވަންތަކުން ކުރާ ކަންތައްތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ދެން އަލުންވެސް (އެބަހީ: ރޭގަނޑު ފުރާނަތައް ހިފެހެއްޓެވުމަށްފަހު / ހިއްޕެވުމަށްފަހު، ދެން އަލުންވެސް) ދުވާލު އެކަލާނގެ ކަލޭމެންގެ ފުރާނަތައް ފޮނުއްވައެވެ. އެއީ ކަނޑައެޅިގެންވާ مُدّة އަކާއި ހަމައަށް ކަލޭމެން މަސައްކަތްކޮށް އުޅުމަށެވެ. (އެއީ ދުނިޔޭގެ حياة ވޭތިކޮށް މަރުވާންދެންނެވެ.) ދެން އަލުންވެސް ކަލޭމެން (قيامة ދުވަހުން) رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. ދެން އެކަލާނގެ ކަލޭމެން ދުނިޔޭގައިތިބެގެން ކުރާކަމުގައި ވީކަންތަކުގެ خبر ދެއްވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire