Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
006

Al-An'am 6:51 وانذر به الذين يخافون ان يحشروا الى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون ٥١

6:51
وَأَنذِرۡ
بِهِ
ٱلَّذِينَ
يَخَافُونَ
أَن
يُحۡشَرُوٓاْ
إِلَىٰ
رَبِّهِمۡ
لَيۡسَ
لَهُم
مِّن
دُونِهِۦ
وَلِيّٞ
وَلَا
شَفِيعٞ
لَّعَلَّهُمۡ
يَتَّقُونَ
٥١
(51) (އޭ رسول ﷲ އެވެ!) އަދި ތިމާމެން ތިމާމެންގެ ربّ ގެ حضرة އަށް محشر ކުރެވޭނެކަމާއިމެދު يعني: އެއްކުރެވޭނެކަމާއިމެދު ބިރުވެތިވާ އަޅުންނަށް ކަލޭގެފާނު އެ قرآن ން إنذار ކުރައްވާ ބިރުވެތިކުރުވާށެވެ! އެމީހުންނަށް އޭރުން ތިމާމެންނަށް އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިއަކުވިޔަސް ނުވާކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ. އެފަދަމީހުންނަށް އެމީހުން ބިރުވެތިވެ تقوى ވެރިވޭތޯ إنذار ކުރައްވާށެވެ!
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

The Messenger Neither has the Key to Allah's Treasures, Nor Knows the Unseen

Allah said to His Messenger ,

قُل لاَّ أَقُولُ لَكُمْ عِندِى خَزَآئِنُ اللَّهِ

(Say: "I don't tell you that with me are the treasures of Allah.") meaning, I do not own Allah's treasures or have any power over them,

وَلا أَعْلَم

…

The Messenger Neither has the Key to Allah's Treasures, Nor Knows the Unseen

Allah said to His Messenger ,

قُل لاَّ أَقُولُ لَكُمْ عِندِى خَزَآئِنُ اللّ

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 6, Trang 133, Juz 7

51. (51) (އޭ رسول ﷲ އެވެ!) އަދި ތިމާމެން ތިމާމެންގެ ربّ ގެ حضرة އަށް محشر ކުރެވޭނެކަމާއިމެދު يعني: އެއްކުރެވޭނެކަމާއިމެދު ބިރުވެތިވާ އަޅުންނަށް ކަލޭގެފާނު އެ قرآن ން إنذار ކުރައްވާ ބިރުވެތިކުރުވާށެވެ! އެމީހުންނަށް އޭރުން ތިމާމެންނަށް އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއަކުވިޔަސް އަދި شفاعة ތެރިއަކުވިޔަސް ނުވާކަން އެމީހުން ރަނގަޅަށް ދަންނާނެއެވެ. އެފަދަމީހުންނަށް އެމީހުން ބިރުވެތިވެ تقوى ވެރިވޭތޯ إنذار ކުރައްވާށެވެ! 52. (52) އަދި އެބައިމީހުން އެމީހުންގެ رَبّ ގެ وجه ފުޅު އެދިގެން - އެކަލާނގެ ރުހިވޮޑިގަތުން އެދިގެން - ހެނދުނާއި ހަވީރު އެމީހުންގެ رَبّ އަށް دعاء ކޮށް (فرض ފަސްނަމާދުކޮށް) ހަދާމީހުން ކަލޭގެފާނު ދުރުކުރައްވާ ފައްސަވާ ނުލައްވާށެވެ! (އެހެނީ) އެމީހުންގެ ހިސާބުގެތެރެއިން އެއްވެސް އެއްޗެއް ކަލޭގެފާނުންގެ މައްޗަކަށް ނުވެއެވެ. (އެމީހުންގެ ހިސާބާއި ކަލޭގެފާނު ذِمّة ވާކަށް ނުޖެހޭނެއެވެ.) އަދި ކަލޭގެފާނުންގެ ހިސާބުގެ އެއްވެސް އެއްޗެއް އެމީހުންގެމައްޗަކަށް ނުވެއެވެ. (އެހެން އެކަންއޮތްއިރު) ދެން ކަލޭގެފާނު އެމީހުން ފައްސާލައްވާ ދުރުކުރައްވައިފިއްޔާ ފަހެ ކަލޭގެފާނު އޭރުން ވެވަޑައިގަންނަވާނީ އަނިޔާވެރިންގެ ތެރެއިންނެވެ. • ދަންނައެވެ! ابن مسعود ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއް أبو جعفر الطّبري އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. نبيُّ ﷲ ﷺ ގެ އަރިހަށް قريش ންގެ ބޮޑެތި ބަޔަކު ވަޑައިގެންނެވިއެވެ. އެއީ ކާފަރު ބައެކެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި مسلم ންގެ މާތްބަޔަކު އެކަމަކު ނިކަމެތިވެ ދެރަ ضعيف ބަޔަކުވެއެވެ. އެއީ صَهَيبُ އާއި عَمَّار އާއި بِلاَل އާއި خَبَّابُ އާއި އަދިވެސް މިފަދަ އެހެންމީހުންނެވެ. ދެންފަހެ قريش ންގެ ބޮޑެތި ކާފަރުން رسول ﷲ ﷺ އަށް ދެންނެވީ ކަލޭގެފާނު ތިޔަ ރުހިވަޑައިގަންނަވަނީ މިމީސްމީހުންނަށްތޯއެވެ؟ އަހުރެމެން ފިޔަވައި ﷲ އެބައެއްގެމައްޗަށް ދަރުމަވަންތަވެރިވެވޮޑިގެންނެވިބަޔަކީ މިއީތޯއެވެ؟ އަހުރެމެން މިމީހުންނާއި تبع ވެގެން އުޅެންވީތޯއެވެ؟ އެމީހުން އުޅޭގޮތަށް އުޅެންވީތޯއެވެ؟ ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސަވައިލައްވާށެވެ! ކަލޭގެފާނުންގެ އަރިހުން ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސައިލައްވަވައިއިފިއްޔާ އަހުރެމެން ކަލޭގެފާނާ تبع ވެވުން أمّيد ކުރެވެއެވެ. މިއެވެ. އެ وَاقعة އާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވުނުކަމުގައިވެއެވެ. މިމާނާއިގައިވާ ވަރަށްގިނަ ރިވާޔަތް އައިސްފައިވެއެވެ. 53. (53) އަދި ތިމަންރަސްކަލާނގެ އޭގެ އެއްބައެއްފަރާތުން އަނެއްބަޔަކު إمتحان ކުރައްވާ ޗެކްކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން ބުނުމަށެވެ. "އަހުރެމެންގެމައްޗަށް ﷲ ދަރުމަވަންތަވެވޮޑިގެންނެވިބަޔަކީ މިމީހުން ހެއްޔެވެ؟" (މިނިކަމެތި ދެރަމީހުންހެއްޔެވެ؟) މީގެ جواب ގައި ﷲ އެއަންގަވަނީ: شكر ކުރާމީހުން މޮޅަށް ދެނެވޮޑިގަންނަވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އެބަހީ ދެނެވޮޑިގެންވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.) 54. (54) އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާމީހުން ކަލޭގެފާނުންގެ އަރިހަށް އަތުވެއްޖެއްޔާ ފަހެ ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. ކަލޭމެންގެ رَبّ އެކަލާނގެ ذات ފުޅުގެމައްޗަށް رحمة فرض ކުރައްވާ ލިއުއްވާފައިވެއެވެ. ހަމަކަށަވަރުން ކަލޭމެންކުރެ މީހަކު ނޭނގިގެން އޮޅުމެއްގެތެރޭގައި ނުބައިކަމެއްކުރެވުނަސް ދެން އެމީހަކު އޭގެފަހުން توبة ވެ صالح عمل ކޮށްފި ކޮންމެ މީހަކަށް (އެކަލާނގެ ފުއްސަވައެވެ.) ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 55. (55) އަދި ތިމަންރަސްކަލާނގެ އާޔަތްތައް تفصيل ކޮށް بيان ކޮށްދެއްވަނީ އެފަދައިންނެވެ. (އެއީ މި سورة ގެ މިހާތަނަށްވެސް مشرك ންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތަކާއި حجّة ތައް بيان ކޮށްދެއްވި ފަދައިންނެވެ.) އަދި ކަލޭގެފާނުން مُجْرِمُ ންގެމަގު بيان ކޮށްދެއްވުމަށެވެ. (އެމީހުންގެ ކަންތައް ހުންނަގޮތާއި أصول ތައް ހުންނަގޮތް މީސްތަކުންނަށްވެސް އެންގެވުމަށެވެ.)

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp