Ingia
Ingia
Ingia
Chagua Lugha

Al-An-Am 6:151 ۞ قل تعالوا اتل ما حرم ربكم عليكم الا تشركوا به شييا وبالوالدين احسانا ولا تقتلوا اولادكم من املاق نحن نرزقكم واياهم ولا تقربوا الفواحش ما ظهر منها وما بطن ولا تقتلوا النفس التي حرم الله الا بالحق ذالكم وصاكم به لعلكم تعقلون ١٥١

Ukurasa 148 · Juzuu 8

۞ قُلۡ
تَعَالَوۡاْ
أَتۡلُ
مَا
حَرَّمَ
رَبُّكُمۡ
عَلَيۡكُمۡۖ
أَلَّا
تُشۡرِكُواْ
بِهِۦ
شَيۡـٔٗاۖ
وَبِٱلۡوَٰلِدَيۡنِ
إِحۡسَٰنٗاۖ
وَلَا
تَقۡتُلُوٓاْ
أَوۡلَٰدَكُم
مِّنۡ
إِمۡلَٰقٖ
نَّحۡنُ
نَرۡزُقُكُمۡ
وَإِيَّاهُمۡۖ
وَلَا
تَقۡرَبُواْ
ٱلۡفَوَٰحِشَ
مَا
ظَهَرَ
مِنۡهَا
وَمَا
بَطَنَۖ
وَلَا
تَقۡتُلُواْ
ٱلنَّفۡسَ
ٱلَّتِي
حَرَّمَ
ٱللَّهُ
إِلَّا
بِٱلۡحَقِّۚ
ذَٰلِكُمۡ
وَصَّىٰكُم
بِهِۦ
لَعَلَّكُمۡ
تَعۡقِلُونَ
١٥١
(151) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ! އެބަހީ މިތިބަ ބުދަށް އަޅުކަންކުރާ އަދި ގެރިބަކަރި جمل ގެތެރެއިން ބައެއްތަކެތި ﷲ حرام ކުރެއްވިކަމަށް ބުނާމީހުންނޭވެ! ކަލޭމެން އަންނާށެވެ! ކަލޭމެންގެ رَبّ ކަލޭމެނަށް حرام ކުރެއްވި ކަންތައް އަހުރެން ކަލޭމެންނަށް ކިޔައިދެއްވާހުށީ މެވެ. އެއީ (1) ކަލޭމެން އެކައްޗަކާއިވެސް ﷲ އާއި شريك ނުކުރާށެވެ! (އެއީ حرام ކަމެކެވެ.) (2) އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި إحسان ތެރިވާށެވެ! (މައިންބަފައިންނަށް ނުބައިކޮށް ހިތުން حرام ވެގެންވެއެވެ.) (3) ދަރިންނަށް ކާންދޭން ނުލިބި ކަލޭމެން فقير ވެދާނެތީ ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! (ދަރިން މެރުމަކީ حرام ކަމެކެވެ.) ކަނޑައެޅިގެން ކަލޭމެންނަށާއި އަދި އެކުދިންނަށް ތިމަންރަސްކަލާނގެ رِزْق ދެއްވާހުށީމެވެ. (4) އަދި فاحش ކަންތަކާއި ކަލޭމެން ގާތްނުވާށެވެ! (އެއީ حرام ކަމެކެވެ.) އޭގެތެރެއިން ބޭރަށް ފައުޅުވާ ކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ސިއްރުން ޒިނޭކުރުމާއި ފައުޅުގައި إعلان ކޮށްގެން ޒިނޭކުރުންކަމަށެ ވެ.) އަދި އެހެންގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب (5) އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ނަފްސެއް ޙައްޤަކާއި ލައިގެން މެނުވީ ކަލޭމެން ނުމަރާށެވެ! (ޙައްޤަކާއި ލައިގެން މެރުމަކީ މަރަށް މަރު ހިފުން ފަދަ ކަންކަމުގައި މެރުމެވެ.) ﷲ ކަލޭމެންނަށް އަމުރުކުރަށްވާ އަންގަވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ބުއްދިކޮށް ފިކުރުކުރޭތޯއެވެ.
reading-goal:continue-reading

Soma q-and-a.tafsir

Ibn Kathir (Abridged)

Ten Commandments

Dawud Al-Awdy narrated that, Ash-Sha`bi said that, `Alqamah said that Ibn Mas`ud said, "Whoever wishes to read the will and testament of the Messenger of Allah on which he placed his seal, let him read these Ayat,

قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِك

…

Ten Commandments

Dawud Al-Awdy narrated that, Ash-Sha`bi said that, `Alqamah said that Ibn Mas`ud said, "Whoever wishes to read the will and testament

…
Tazama tafsirs

Soma related-content

151. (151) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ! އެބަހީ މިތިބަ ބުދަށް އަޅުކަންކުރާ އަދި ގެރިބަކަރި جمل ގެތެރެއިން ބައެއްތަކެތި ﷲ حرام ކުރެއްވިކަމަށް ބުނާމީހުންނޭވެ! ކަލޭމެން އަންނާށެވެ! ކަލޭމެންގެ رَبّ ކަލޭމެނަށް حرام ކުރެއްވި ކަންތައް އަހުރެން ކަލޭމެންނަށް ކިޔައިދެއްވާހުށީ މެވެ. އެއީ (1) ކަލޭމެން އެކައްޗަކާއިވެސް ﷲ އާއި شريك ނުކުރާށެވެ! (އެއީ حرام ކަމެކެވެ.) (2) އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި إحسان ތެރިވާށެވެ! (މައިންބަފައިންނަށް ނުބައިކޮށް ހިތުން حرام ވެގެންވެއެވެ.) (3) ދަރިންނަށް ކާންދޭން ނުލިބި ކަލޭމެން فقير ވެދާނެތީ ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! (ދަރިން މެރުމަކީ حرام ކަމެކެވެ.) ކަނޑައެޅިގެން ކަލޭމެންނަށާއި އަދި އެކުދިންނަށް ތިމަންރަސްކަލާނގެ رِزْق ދެއްވާހުށީމެވެ. (4) އަދި فاحش ކަންތަކާއި ކަލޭމެން ގާތްނުވާށެވެ! (އެއީ حرام ކަމެކެވެ.) އޭގެތެރެއިން ބޭރަށް ފައުޅުވާ ކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ސިއްރުން ޒިނޭކުރުމާއި ފައުޅުގައި إعلان ކޮށްގެން ޒިނޭކުރުންކަމަށެ ވެ.) އަދި އެހެންގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب (5) އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ނަފްސެއް ޙައްޤަކާއި ލައިގެން މެނުވީ ކަލޭމެން ނުމަރާށެވެ! (ޙައްޤަކާއި ލައިގެން މެރުމަކީ މަރަށް މަރު ހިފުން ފަދަ ކަންކަމުގައި މެރުމެވެ.) ﷲ ކަލޭމެންނަށް އަމުރުކުރަށްވާ އަންގަވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ބުއްދިކޮށް ފިކުރުކުރޭތޯއެވެ. 152. (152) އަދި (6) يتيم ންގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! އެންމެ ރަނގަޅުގޮތަށް މެނުވީއެވެ. (ރަނގަޅުގޮތެއްގެ މަތީން އެމުދަލާއި ގާތްވުމަކީ އެމުދާ ބަލަހައްޓާ ދިރުވުމަށް މަސައްކަތްކުރުމެވެ. އަދި ބަލަހައްޓާ މީހާއަކީ މުއްސަންޖެއްނަމަ އެމުދަލުން ބޭނުން ނުކުރުމެވެ. فقير އެއްނަމަ އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ކިރިޔާވާވަރުގެ މަދުއެތިކޮޅެއްނޫނީ ބޭނުން ނުކުރުމެވެ. އެހެން އެއްވެސްގޮތަކުން އެމުދަލާއި ގާތްނުވުމެވެ.) އެއީ އެކުއްޖާ بالغ ވެ ތަންދޮރު އެނގޭހިސާބަށް ދާންދެނެވެ. (7) އަދި މިނެކިރަންޏާ عدل ވެރިގޮތަށް ފުރިހަމަކޮށް ބަރާބަރުކުރާށެވެ! (އެޔާއި އިދިކޮޅުވުމަކީ حرام ކަމެކެވެ.) އަދި އެއްވެސް نفس އަކަށް ނުއުފުލޭވަރުގެ تكليف އެއް ތިމަންރަސްކަލާނގެ ނުޖައްސަވަމެވެ. (މި عبارة ގެ މާނަކަމުގައި مفسّر ން ވިދާޅުވަނީ މިނެކިރުމުގައި ތިމާއަށް ބެލެންހުރިވަރަކަށް ބަލައިސީދާކޮށް ހެދުމަށްފަހު ދެން އެއިން އުނިވުމެއް ފެނުނަސް އެކަމެއް عفو ވެދާނެކަމަށެވެ. ބޭ إختيار ން ހިނގިކަމެއް ކަމުގައިވަންޏާއެވެ.) (8) ތިމާގެ ގާތްމީހަކަށް ބުނަންޖެހުނު ބަހެއްނަމަވެސް ބަހެއް ބުނަންޏާ އަދިحكم އެއްކުރަންޏާ عدل ވެރިވާށެވެ! (9) އަދި ﷲ ގެ عهد ކަލޭމެން ފުއްދާށެވެ! (މިކަންކަމާ خلاف ވުމަކީ حرام ކަންކަމެވެ.) އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ذِكر ކޮށް وعظ އާއި نصيحة ލިބިގަނޭތޯއެވެ. 153. (153) އަދި (10) ހަމަކަށަވަރުން މިބަޔާންވެދިޔައީ ތިމަންރަސްކަލާނގެ ސީދާމަގެވެ. (ތިމަންކަލޭގެފާނުންގެ ސީދާމަގެވެ. މިދެގޮތް އެންމެ ރަނގަޅުކަމުގައިވެއެވެ. والله أعلم.) ފަހެ އެހެންވެ ކަލޭމެން އެމަގާއި تبع ވާށެވެ! އަދި އެހެނިހެން މަގުތަކާއި تبع ނުވާށެވެ! ފަހެ އޭރުން (އެބަހީ އެހެނިހެން މަގުތަކާއި تبع ވެއްޖެއްޔާ) އެކަލާނގެ މަގުން ކަލޭމެން ވަކިވަކިވެ ބައިބައި ވެދާނެއެވެ. އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން تقوى ވެރިވޭތޯއެވެ. ބިރުވެތިވޭތޯއެވެ. 154. (154) ދެން وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އެއީ އެކަލާނގެ نعمة ފުރިހަމަކުރެއްވުމަށެވެ. އެކަލޭގެފާނުކުރެއްވި ގިނަގުނަ ހެޔޮކަންތައްތަކުގެ މުނާސަބަތުގައެވެ. (ނުވަތަ އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ ހުރިހާ ހެޔޮކަންތައްތަކެއް ފުރިހަމަކުރެއްވުމަށެވެ. / ނުވަތަ إحسان ތެރިންނަށް نعمة ފުރިހަމަކުރެއްވުމަށެވެ. މިހުރިހާ ގޮތަކަށްވެސް އެ عبارة ގެ މާނަކުރެވިފައިވެއެވެ. والله أعلم بالصّواب.) ދެން އެއަންގަވަނީ އެފޮތް ބާވައިލެއްވީ ހުރިހާކަމެއްގެ تفصيل ގެގޮތުންނެވެ. دينى ހުރިހާކަމެއްގެ تفصيل ކޮށްދެއްވުމަށާއި އަދި ތެދުމަގެއްކަމުގައްޔާއި އަދި رحمة އެއްކަމުގައެވެ. އެއީ އެމީހުންގެ ربّ އާއި އެމީހުން ބައްދަލުވާނެކަމަށް ތެދުކޮށް އީމާންވުމަށެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Maelezo na Tafakari

reflection-not-available

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia