Al-An-Am 6:136 وجعلوا لله مما ذرا من الحرث والانعام نصيبا فقالوا هاذا لله بزعمهم وهاذا لشركاينا فما كان لشركايهم فلا يصل الى الله وما كان لله فهو يصل الى شركايهم ساء ما يحكمون ١٣٦
وَجَعَلُواْ
لِلَّهِ
مِمَّا
ذَرَأَ
مِنَ
ٱلۡحَرۡثِ
وَٱلۡأَنۡعَٰمِ
نَصِيبٗا
فَقَالُواْ
هَٰذَا
لِلَّهِ
بِزَعۡمِهِمۡ
وَهَٰذَا
لِشُرَكَآئِنَاۖ
فَمَا
كَانَ
لِشُرَكَآئِهِمۡ
فَلَا
يَصِلُ
إِلَى
ٱللَّهِۖ
وَمَا
كَانَ
لِلَّهِ
فَهُوَ
يَصِلُ
إِلَىٰ
شُرَكَآئِهِمۡۗ
سَآءَ
مَا
يَحۡكُمُونَ
١٣٦
(136) އަދި ދަނޑުތަކުގައި ﷲ ހައްދަވާފައިވާ ތަކެތީންނާއި އަދި نَعَم ސޫފީގެ ތެރެއިން ބައެއް އެމީހުން ﷲ އަށް خاصّ ކުރިއެވެ. ފަހެ އެމީހުން ބުންޏެވެ. މިބައި މިއީ ﷲ އަށެވެ. އަދި މިބައި މިއީ އަހުރެމެންގެ شَرِيْكُ ންނަށްށެވެ. މިއީ އެމީހުން ހީކުރާގޮތެވެ. އަދި އެމީހުންގެ شَرِيْكُ ންނަށް يعني ބުދުތަކަށް ވާބައިން ﷲ އަށް އެއްޗެއް ނުފޯރާނެއެވެ. ﷲ ގެނަމުގައި ހޭދަކޮށްގެން ނުވާނެއެވެ. އަދި ﷲ އަށް خاصّ ވެގެންވާބައިން އެމީހުންގެ شريكُ ންތަކަށް ފޯރާނެއެވެ. އެމީހުން އެ حكم ކުރާގޮތް ނުބައިވެގެންވެއެވެ.
• ދަންނައެވެ. އިސްލާމްދީން އައުމުގެކުރިން مشرك ންގެމީހުން އެމީހުންގެ ދަނޑުތަކުން ނުކުންނަ ތަކެތީންނާއި އަދި نعم ސޫފީގެތެރެއިން ބައެއް ﷲ ގެނަމުގައި ބަހައްޓައެވެ. އަދި އެމީހުންގެ ބުދުތަކާއި شيطان ންނަށް ބައެއްބަހައްޓައެވެ. އެތަކެތި ހުންނަނީ ބުދުތައް ބަލަހައްޓާ މީހުންނަށެވެ. سَدَنَة ންނަށެވެ. ދެންފަހެ އެމީހުންގެ شريك ންގެބައިން خرد ކޮށް ހުސްވެއްޖެއްޔާ ނުވަތަ އެއިން އެއްޗެއް ކޮންމެވެސްގޮތަކުން މަދުވެއްޖެއްޔާ ﷲ އަށް އެޅިބައިން ނަގައި އެތަން ފުރިހަމަކުރެއެވެ. އަދި ބުނެއެވެ. ﷲ އަށް ބޭނުންވެވޮޑިނުގަންނަވާނެއެވެ. އެކަލާނގެއީ ފުދިވޮޑިގެންވާ ކަލާނގެއެވެ. އަދި ﷲ އަށް خاصّ ކުރިބައިން صدقة ދީގެންނަމަވެސް ނުވަތަ އެއްޗެއް ވެއްޓިގެންނަމަވެސް އެއިން މަދުވެއްޖެއްޔާވެސް އެމީހުންގެ شريك ންގެބައިން ﷲ ގެ ބަޔަކަށް އެއްޗެއް އިތުރު ނުކުރެވޭނެއެވެ. މިއީ ހައްތާވެސް އެމީހުންގެ خيال ން އެމީހުން ކޮށްގެންއުޅޭ ކަންކަމެވެ. ﷲ ގެ އެއްވެސް އެންގެވުމެއް އޮވެގެންނޫނެވެ. މިވާހަކަތައް ގިނަ ރިވާޔަތްތަކުން طَبَرى ގެ تفسير ގައިވެއެވެ. މިތާމިވަނީ އޭގެ خلاصة އެވެ. والله أعلم.
Soma Tafsir
Ibn Kathir (Abridged)
Some Acts of Shirk
Allah chastises and criticizes the idolators who invented innovations, Kufr and Shirk, and called on partners and rivals with Allah among His creation, although He created every thing, all praise is due to Him. This is why Allah said,
وَجَعَلُواْ لِلَّهِ مِمَّا ذَرَأَ
(And they assi
…Some Acts of Shirk
Allah chastises and criticizes the idolators who invented innovations, Kufr and Shirk, and called on partners and rivals with Allah
…