Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
033

Al-Ahzáb 33:72 انا عرضنا الامانة على السماوات والارض والجبال فابين ان يحملنها واشفقن منها وحملها الانسان انه كان ظلوما جهولا ٧٢

33:72
إِنَّا
عَرَضۡنَا
ٱلۡأَمَانَةَ
عَلَى
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِ
وَٱلۡجِبَالِ
فَأَبَيۡنَ
أَن
يَحۡمِلۡنَهَا
وَأَشۡفَقۡنَ
مِنۡهَا
وَحَمَلَهَا
ٱلۡإِنسَٰنُۖ
إِنَّهُۥ
كَانَ
ظَلُومٗا
جَهُولٗا
٧٢
(72) أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ، އެއީ طاعة (يعني: ކިޔަމަންތެރިކަން) ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް (يعني: ބުރަތައް) ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. • އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

How Man bore the Amanah

Al-`Awfi reported that Ibn `Abbas said, "Al-Amanah means obedience. This was offered to them before it was offered to Adam, and they could not bear it. Then Allah said to Adam: `I have offered the Amanah to the heavens and the earth and the mountains, and they could not bear i

…

How Man bore the Amanah

Al-`Awfi reported that Ibn `Abbas said, "Al-Amanah means obedience. This was offered to them before it was offered to Adam, and

…
Más Tafsires

Leer en contexto

Capítulo 33, Página 427, Juz 22

69. (69) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! مُوْسَى عَلَيه السَلام އަށް އުނދަގޫކުރި މީހުންފަދައިން ކަލޭމެން ނުވާށެވެ! ހަމަކަށަވަރުން އެމީހުން އެކަލޭގެފާނާމެދު ބުނި ވާހަކަތަކުން ﷲ تَعَالى އެކަލޭގެފާނު ބަރީއަ ކުރެއްވިއެވެ. ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުވަނީ ﷲ ގެ ޙަޟްރަތުގައި قَدَرބޮޑު މާތްބޭކަލަކުކަމުގައެވެ. • ދަންނައެވެ؛ ابن عَبَّاس رَضِيَ الله عَنْهُمَا ގެ އަރިހުން ރިވާކުރައްވައި أَبُوشَيْبَة އާއި ابْن جَرِيْر އާއި إِبْنُ المُنذِر މިބޭކަލުން ނެރުއްވި حَدِيْث ގެ މާނައިގައި ވެއެވެ. مُوْسَى عَلَيه السَلام އާއި ދިމާއަށް بني إِسْرَائيل ގެ ބަޔަކުބުންޏެވެ. އެކަލޭގެފާނީ އުރަވަޅި ބޮޑުމީހެކެވެ. ދެން مُوْسَى عَلَيه السَلام އެއްދުވަހަކު ނާނޭފުޅުފިއްލަވަން صَحْرَاء އަށް ނުކުމެވަޑައިގެން ފޭރާންކޮޅު ބާލުއްވައި ހިލައެއްގެ މަތީގައި ބޭއްވިއެވެ. ދެން ފަހެ އެހިލަ ހެދުންކޮޅު ހިފައިގެން ދާންފަށައިފިއެވެ. އޭގެފަހަތުން مُوْسَى عَلَيه السَلام ވަޑައިގަންނަވައެވެ. އެހިލަ ގޮސް بني إسرائيل ގެމީހުންގެ جماعة އެއް ތިބިހިސާބަށް ހިނގައްޖެއެވެ. އަދި އެމީހުން مُوْسَى ގެފާނު ޢުރިޔާނުން ހުންނެވިތަން ދެކެފިއެވެ. އެހިނދު އެކަލޭގެފާނު އުރަވަޅި ބޮޑުނޫންކަން އެމީހުންނަށް އެނގިއްޖެއެވެ. މިآية ގެ تفسير ގައި مفسرން މިވާހަކަ ލިޔުއްވާފައިވެއެވެ. والله أعلم. = زبة التفسير = 70. (70) އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ކަލޭމެން ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެއަށް تقوى ވެރިވާށެވެ. އަދި ސީދާ حق ތެދުބަސް ބުނާށެވެ. 71. (71) އޭރުން ކަލޭމެންގެ عمل ތައް އެކަލާނގެ ރަނގަޅު صالح عمل ކަމުގައި ލައްވާނެތެވެ. އަދި އެކަލާނގެ ކަލޭމެންގެ ފާފަތައް ފުއްސަވާ ހުއްޓެވެ. އަދި ﷲ އާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވެއްޖެ މީހާ (ދަންނައެވެ.) ހަމަކަށަވަރުން އޭނާ ބޮޑުވެގެންވާ نصيب ލިބިގެންފިކަން ކަށަވަރެވެ. 72. (72) أمانة އުފުލުމަށްޓަކައި ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި އަދި ފަރުބަދަތަކަށް ތިމަންރަސްކަލާނގެ ހުށައެޅުއްވީމެވެ. ފަހެ އެތަކެތި އެ أمانة އުފުލުމުން منع ވެގެންފިއެވެ. އަދި އެކަމާމެދު ބިރުވެތިވެއްޖެއެވެ. އަދި އިންސާނާ އެ أمانة އުފުލިއެވެ. ހަމަކަށަވަރުން އޭނާވީ އަނިޔާވެރިކަން ބޮޑު އަދި جاهل ކަންވެސް ބޮޑު މީހަކުކަމުގައެވެ. • ދަންނައެވެ. މިއާޔަތުގައި މިވާ އަމާނަތުގެ މާނަ مفسر ން ތަފާތުކޮށް ވިދާޅުވެއެވެ. ބައެއްބޭކަލުން ވިދާޅުވަނީ، އެއީ طاعة (يعني: ކިޔަމަންތެރިކަން) ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ فرض ތައްކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ شريعة ގެ އެންމެހައި تكليف ތައް (يعني: ބުރަތައް) ކަމަށެވެ. އަދި މިނޫންގޮތް ގޮތަށްވެސް ކިޔާފައިވެއެވެ. • އުޑުތަކާއި ބިން އަދި ފަރުބަދަތައް އެކަމުން منع ވެގަތްކަމުގައިވިއެވެ. އަދި އެ أمانة އުފުލި މީހަކަށް ހުރިމާތްކަމާއި މަތިވެރިކަން ﷲ بيان ކޮށްދެއްވައި އަދި އެކަމާ حوال ވެފައި އެކަން ފުރިހަމައަށް އަދާ ނުކުރި މީހަކަށް ހުރި عذاب އާއި ކޯފާއެންގެވުމުން ފުރިހަމަގޮތުގައި އެ أمانة އަދާ ނުކުރެވިދާނެތީއެވެ. އެހެންވެ އެތަކެތި އެމާބިރުވެތިވީއެވެ. މިވާހަކަތަކާއި ބެހޭ حديث ތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިފޮތް ކުޑަކަމުން އެވާހަކަތަކުގެ ތެރެއަށް ނުވަދެވުނީއެވެ. وبالله التوفيق. 73. (73) (إنسان އާ އެ أمانة އުފުލީ) މުނާފިގު ފިރިހެނުންނަށާއި މުނާފިގު އަންހެނުންނަށް އަދި مشرك ފިރިހެނުންނަށާއި އަދި مشرك އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އަދި مؤمن ފިރިހެނުންނަށާއި مؤمن އަންހެނުންގެ މައްޗަށް ﷲ توبة ލެއްވުމަށްޓަކައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir