Registrazione
Registrazione
Registrazione
Seleziona la lingua
033

Al-Ahzab 33:38 ما كان على النبي من حرج فيما فرض الله له سنة الله في الذين خلوا من قبل وكان امر الله قدرا مقدورا ٣٨

33:38
مَّا
كَانَ
عَلَى
ٱلنَّبِيِّ
مِنۡ
حَرَجٖ
فِيمَا
فَرَضَ
ٱللَّهُ
لَهُۥۖ
سُنَّةَ
ٱللَّهِ
فِي
ٱلَّذِينَ
خَلَوۡاْ
مِن
قَبۡلُۚ
وَكَانَ
أَمۡرُ
ٱللَّهِ
قَدَرٗا
مَّقۡدُورًا
٣٨
(38) އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

مَّا كَانَ عَلَى النَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ

(There is no blame on the Prophet in that which Allah has made legal for him.) means, in that which has been permitted for him and which he has been commanded to do, i.e. his marrying Zaynab, may Allah be pleased with her,, who had be

…
مَّا كَانَ عَلَى النَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ

(There is no blame on the Prophet in that which Allah has made legal for him.) means

…
Altri Tafsir

Leggere nel contesto

Capitolo 33, Pagina 423, Juz 22

37. (37) (އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم.) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولي ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ. 38. (38) އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ. 39. (39) ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. • ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ: 40. (40) محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire