Войти
Войти
Войти
Выберите язык
033

Al-Ahzab 33:37 واذ تقول للذي انعم الله عليه وانعمت عليه امسك عليك زوجك واتق الله وتخفي في نفسك ما الله مبديه وتخشى الناس والله احق ان تخشاه فلما قضى زيد منها وطرا زوجناكها لكي لا يكون على المومنين حرج في ازواج ادعيايهم اذا قضوا منهن وطرا وكان امر الله مفعولا ٣٧

33:37
وَإِذۡ
تَقُولُ
لِلَّذِيٓ
أَنۡعَمَ
ٱللَّهُ
عَلَيۡهِ
وَأَنۡعَمۡتَ
عَلَيۡهِ
أَمۡسِكۡ
عَلَيۡكَ
زَوۡجَكَ
وَٱتَّقِ
ٱللَّهَ
وَتُخۡفِي
فِي
نَفۡسِكَ
مَا
ٱللَّهُ
مُبۡدِيهِ
وَتَخۡشَى
ٱلنَّاسَ
وَٱللَّهُ
أَحَقُّ
أَن
تَخۡشَىٰهُۖ
فَلَمَّا
قَضَىٰ
زَيۡدٞ
مِّنۡهَا
وَطَرٗا
زَوَّجۡنَٰكَهَا
لِكَيۡ
لَا
يَكُونَ
عَلَى
ٱلۡمُؤۡمِنِينَ
حَرَجٞ
فِيٓ
أَزۡوَٰجِ
أَدۡعِيَآئِهِمۡ
إِذَا
قَضَوۡاْ
مِنۡهُنَّ
وَطَرٗاۚ
وَكَانَ
أَمۡرُ
ٱللَّهِ
مَفۡعُولٗا
٣٧
(37) (އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم.) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولي ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Всевышний Аллах ниспослал этот аят для того, чтобы все правоверные поняли, что приемные дети ни коим образом не должны приравниваться к их кровным детям и что приемный отец может жениться на бывшей жене своего приемного сына. Однако арабы часто усыновляли детей и не делали никакой разницы между прие…
Всевышний Аллах ниспослал этот аят для того, чтобы все правоверные поняли, что приемные дети ни коим образом не должны приравниваться к их кровным дет…
Больше тафсиров

Читать в контексте

Глава 33, Страница 423, Джуз 22

37. (37) (އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم.) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولي ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ. 38. (38) އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ. 39. (39) ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. • ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ: 40. (40) محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать