Se connecter
Se connecter
Se connecter
Sélectionner la langue
051

Ad-Dariyat 51:18 وبالاسحار هم يستغفرون ١٨

51:18
وَبِٱلۡأَسۡحَارِ
هُمۡ
يَسۡتَغۡفِرُونَ
١٨
(18) ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް استغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ: އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، استغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ.) (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، استغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.)
Lire la suite

Lisez le Tafsir

Ibn Kathir (Abridged)

Qualities of Those Who have Taqwa and Their Reward

Allah the Exalted informs about those who have Taqwa, that on the Day of their Return they will be amidst gardens and springs. To the contrary the miserable ones will be amidst torment, punishment, fire and chains. Allah said,

ءَاخِذِينَ مَآ ءَاتَـهُم

…

Qualities of Those Who have Taqwa and Their Reward

Allah the Exalted informs about those who have Taqwa, that on the Day of their Return they will be a

…
Plus de Tafsirs

Lire dans le contexte

Chapitre 51, Page 521, Juz 26

1. (1) ވެއްޔާއި، ހިރަފުހާއި، އެބާވަތުގެ ލުއި ތަކެތި ބުރުއްސައިލާ ވައި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. 2. (2) އަދި ފެނުން ބަރުވެގެންވާ ވިލާތައް ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. 3. (3) އަދި ކަނޑުމަތީގައި ފަސޭހަކަމާއެކު ދުވެފައިދާ ނައުދޯގު (އުޅަނދު) ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. 4. (4) އަދި އެބޭކަލުންގެ رَبّ ގެ أمر ފުޅަށް رزق އާއި، ވާރެޔާއި، އަދިވެސް ތަކެތި ކަނޑައެޅިފައިވާ ގޮތަކަށް ބައްސަވާ ملائكة ބޭކަލުން ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. 5. (5) އޭ މީސްތަކުންނޭވެ. ކަލޭމެންނަށް وعد ވެވިގެންވާ ކަންކަމަކީ ހަމަ ތެދު وعد ފުޅު ތަކެކެވެ އެކެވެ. އެބަހީ މަރުވުމަށްފަހު محشر ކުރެއްވުމާއި، عمل ތަކަށް ހިސާބު ބެއްލެވުމާއި، ސުވަރުގެޔާއި، އެތާނގެ نعمة ތަކާއި، ނަރަކައާއި، އެތާނގެ عذاب ތަކާއި، މި ހުރިހާ ކަންކަމަކީ ހަމަ ކަނޑައެޅިގެން ސީދާކޮށް އޭގެ ވަގުތުތަކުގައި ހުންނާނޭ ކަންކަމެވެ. އެއީ ހަމަ ކަނޑައެޅިގެން ތެދު ވާހަކަތަކެވެ. 6. (6) އަދި ހަމަ ކަށަވަރުން قيامة ދުވަހުން عدل ވެރި ޖަޒާ ދެއްވާނޭ ކަމީ އެއްވެސް ޝައްކެއްނެތި ކަނޑައެޅިގެން އޮންނާނޭ ކަމެކެވެ. 7. (7) އަދި ދުނިޔޭގެ ބިންމަތީގައި މި ހުންނަ ކަހަލަ ވެލީގެ މަގުގެ ވެރި އުޑު ގަންދެއްވައި الله تعالى وحِي ކުރައްވައެވެ. 8. (8) ހަމަ ކަށަވަރުން ކަލޭމެން ތިޔަ ވަނީ (محمد ގެފާނާ މެދު) ކަނޑައެޅިގެން ތަފާތު ވާހަކަތަކެއްގައެވެ. ކަލޭމެންގެ ތެރޭގައި محمد ގެފާނަކީ سحر ވެރިއެކޭ ބުނާ މީހުން ވެއެވެ. އަދި އެއީ ދޮގުވެރިޔެކޭ ބުނާ މީހުން އެބަ ތިއްބެވެ. އަދި އެއީ كاهن އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. އަދި قرآن އަކީ سحر އެކޭ ނުވަތަ ދޮގު باطل ވާހަކަތަކެކޭ ނުވަތަ އެއީ كَهانَة އެކޭ ބުނާ މީހުންވެސް އެބަ ތިއްބެވެ. މިހެންގޮސް ތަފާތު ވާހަކަތަކެއްގައެވެ. 9. (9) އެކަލޭގެފާނާމެދު ނުވަތަ قرآن އާމެދު ނުވަތަ އެ ދެފަރާތް ދޮގުކޮށް އެ ދެފަރާތުން މޫނު އަނބުރާލެވުނު ބަޔަކު މޫނު އަނބުރައިލެވުނެވެ. 10. (10) އެކި ބާވަތް ބާވަތުގެ ދޮގު ހީތައްކުރި ދޮގުވެރީންނަށް لعنة ލެވިއްޖެއެވެ. އެމީހުން ހަލާކުވެއްޖެއެވެ. 11. (11) އެމީހުންނަކީ ޖާހިލުކަމާއި، ނޭގުމުގެ ތެރެއަށް ވަދެ غافل ވެގެންވާ ބައެކެވެ. 12. (12) އަދި މަލާމާތުގެ ގޮތުން، އެމީހުން ސުއާލުކޮށް ހަދައެވެ. "ތިޔަބުނާ قيامة ދުވަހެއް (ހިސާބު ބައްލަވާ ޖަޒާދެއްވާ ދުވަހެއް) ދެން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟" (އޭގެ ޖަވާބުގައި الله وَحِي ކުރައްވަނީ) 13. (13) އެ ދުވަހަކީ އެމީހުންނަށް ނަރަކައިގެ عذاب ދެއްވޭ ދުވަހެވެ. 14. (14) އެ ދުވަހުން އެމީހުންނަށް ބުނެވޭނެއެވެ. "ކަލޭމެން މި عذاب ގެ ރަހަ ލިބިގަންނާށެވެ. މި عذاب އަކީ ކަލޭމެން ދުނިޔޭގައި އެ عذاب އައުމަށް އަވަސް ވޭވޭ، އަވަހަށް އެދިއެދި ތިބި عذاب އެވެ." މިއެވެ. 15. (15) ހަމަކަށަވަރުން تقوى ވެރީން ވަނީ ބަގީޗާތަކެއްގައެވެ. (ސުވަރުގެ ތަކުގައެވެ.) އެތާނގެ ދަށުގައި އެކި ޒާތްޒާތުގެ އާރުތައް ވެއެވެ. 16. (16) އެމީހުން އެތަންތާ ތިބޭނީ އެމީހުން ހައްދަވާ ބޮޑުކުރެއްވި ربّ އެމީހުންނަށް ދެއްވި ތަކެތީގައި ހިފަހިފައެވެ. (އެބަހީ އެކަލާނގެ ދެއްވާ ގިނަގުނަ ثواب އާއި، ދަރުމަޔާއި، ސުވަރުގޭގެ عدد ނުކުރެވޭހާ ގިނަގުނަ نعمة ތައް އެމީހުން ލިބިގަންނަ حال ގައެވެ.) އޭގެ ކުރީގައި އެމީހުން ވީ إحسان ތެރީން ކަމުގައެވެ. (އެބަހީ އެމީހުން ދުނިޔޭގައި އުޅުނުއިރު އެމީހުން ވީ އެމީހުންގެ نية ތައް إخلاص ތެރި އަދި عمل ތައް صالح ބަޔަކު ކަމުގައެވެ. الله އަށާއި، އެކަލާނގެ އަޅުތަކުންނަށް إحسان ތެރި، މާތް ބަޔަކު ކަމުގައެވެ.) 17. (17) އަދި އެމީހުން ވީ މަދުމަދުން ނޫނީ ރޭގަނޑު ނުނިދާ ކަމުގައެވެ. އަދި ރޭގަނޑު ދަންވަރު، 18. (18) ހާރުދަމުގެ ވަގުތު އެމީހުން ނަމާދުކޮށް استغفار ކުރާ ކަމުގައި ވިއެވެ. (އެބަހީ: އެބައިމީހުން ރޭގަނޑުގެ ގިނަ ވަގުތު ﷲ އަށް އަޅުކަންކޮށް، استغفار ކޮށްހަދާ ކަމުގައި ވެއެވެ. އެމީހުން އޮށޯވެ ނިދާހަދަނީ މަދުންނެވެ.) (ރޭގަނޑު ދަންވަރު ޓީވީބަލާ، އޮރިޔާން ފިލްމުބަލާ، ވޮލްޑް ކަޕް ބަލަން، އަދި ނުވަތަ ކުޅިވަރު ކުޅޭން ހޭލައި ތިބީއެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ الله އަށް ذكر ކުރުމާއި، ނަމާދުކުރުމާއި، استغفار ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވީއެވެ.) 19. (19) އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ. • ދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم. 20. (20) އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.) 21. (21) އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ: ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟) ފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّي ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ اعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا... 22. (22) އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ: ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.) 23. (23) ފަހެ އެ އުޑާއި، ބިމުގެ ވެރި ربّ ގަންދެއްވައި ހުވައި وحِي ކުރައްވައެވެ. އެކަންތައްތަކަކީ ހަމަ ކަނޑައެޅިގެން حقّ އެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަލޭމެން އަނގައިން ބުނާ كلمة އާއި، لفظ ފަދައިން ފާޅުކޮށް އެނގޭ حقّ އެކެވެ. (އެބަހީ: އިސްވެދިޔަހާ އާޔަތްތަކުގައި އަންގަވާފައިވާ خبر ތަކާއި، ވާހަކަތަކަކީ އެއްވެސް އޮޅުމެއް، ދޮގެއްނެތް حقّ ވާހަކަތަކެކެވެ. އޭގެތެރޭގައި، މަރުވުމަށްފަހު محشر އަށް ފޮނުއްވޭނޭ ކަމާއި، ހިސާބު ބައްލަވާނޭ ކަމާއި، ސުވަރުގޭގެ نعمة ތަކާއި، ނަރަކައިގެ عذاب ތަކާއި، އެކަންކަމުގެ حقّ ވެރީންނަށް ބަރާބަރަށް އެކަންކަން ހުންނާނޭ ކަމީ ކަނޑައެޅިގެން ވާحقّ ވާހަކަ ތަކެކެވެ.)

- Abu Bakr Ibrahim Ali (Bakurube)

Notes et réflexions

Vous n'avez aucune note ni réflexion sur ce verset.

Notes placeholders

Restez connecté(e) avec le Coran ❤️

De courts rappels significatifs pour se recentrer, méditer et rester connecté(e) au Coran.

Lire, Écouter, Rechercher et Méditer sur le Coran

Quran.com est une plateforme fiable utilisée par des millions de personnes dans le monde pour lire, rechercher, écouter et méditer sur le Coran en plusieurs langues. Elle propose des traductions, des tafsirs, des récitations, des traductions mot à mot et des outils pour une étude plus approfondie, rendant le Coran accessible à tous.

En tant que Sadaqah Jariyah, Quran.com se consacre à aider les gens à se connecter profondément au Coran. Soutenu par Quran.Foundation , une organisation à but non lucratif 501(c)(3), Quran.com continue de se développer en tant que ressource gratuite et précieuse pour tous, Alhamdulillah.

Naviguer
Accueil
Quran Radio
Récitateurs
À propos de nous
Développeurs
Mises à jour du produit
Avis
Aider
Faire un don
Nos projets
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projets à but non lucratif détenus, gérés ou sponsorisés par Quran.Foundation
Liens populaires
Douas du Coran
Verset du Coran du jour
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Plan du site (sitemap)ConfidentialitéTermes et conditions
© 2026 Quran.com. Tous droits réservés
Contribuer