Ingia
Ingia
Ingia
Chagua Lugha
English
العربية
বাংলা
فارسی
Français
Indonesia
Italiano
Dutch
Português
русский
Shqip
ภาษาไทย
Türkçe
اردو
简体中文
Melayu
Español
Kiswahili
Tiếng Việt
44. chapter:full-surah-seo-heading
chapter:full-surah-seo-visible-intro quran-reader:translation-by Abu Bakr Ibrahim Ali (Bakurube).
Sikiliza
info
Tarjuma
bismillah
44:1
حم ١
حمٓ ١
حمٓ
١
(1) حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. • ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ. 1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ. 2- ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =
quran-reader:tafsirs
Mafunzo
Tafakari
44:2
والكتاب المبين ٢
وَٱلْكِتَـٰبِ ٱلْمُبِينِ ٢
وَٱلۡكِتَٰبِ
ٱلۡمُبِينِ
٢
(2) حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ.
quran-reader:tafsirs
Mafunzo
Tafakari
44:3
انا انزلناه في ليلة مباركة انا كنا منذرين ٣
إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍۢ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ٣
إِنَّآ
أَنزَلۡنَٰهُ
فِي
لَيۡلَةٖ
مُّبَٰرَكَةٍۚ
إِنَّا
كُنَّا
مُنذِرِينَ
٣
(3) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް (يعني: ކީރިތި قرآن) ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.)
quran-reader:tafsirs
Mafunzo
Tafakari
44:4
فيها يفرق كل امر حكيم ٤
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ٤
فِيهَا
يُفۡرَقُ
كُلُّ
أَمۡرٍ
حَكِيمٍ
٤
(4) އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. • ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير ابن كثير =.
quran-reader:tafsirs
Mafunzo
Tafakari
44:5
امرا من عندنا انا كنا مرسلين ٥
أَمْرًۭا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ ٥
أَمۡرٗا
مِّنۡ
عِندِنَآۚ
إِنَّا
كُنَّا
مُرۡسِلِينَ
٥
(5) އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ.
quran-reader:tafsirs
Mafunzo
Tafakari
44:6
رحمة من ربك انه هو السميع العليم ٦
رَحْمَةًۭ مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ٦
رَحۡمَةٗ
مِّن
رَّبِّكَۚ
إِنَّهُۥ
هُوَ
ٱلسَّمِيعُ
ٱلۡعَلِيمُ
٦
(6) އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ: ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ.
quran-reader:tafsirs
Mafunzo
Tafakari
44:7
رب السماوات والارض وما بينهما ان كنتم موقنين ٧
رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ٧
رَبِّ
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِ
وَمَا
بَيۡنَهُمَآۖ
إِن
كُنتُم
مُّوقِنِينَ
٧
(7) އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ.
quran-reader:tafsirs
Mafunzo
Tafakari
44:8
لا الاه الا هو يحيي ويميت ربكم ورب ابايكم الاولين ٨
لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ٨
لَآ
إِلَٰهَ
إِلَّا
هُوَ
يُحۡيِۦ
وَيُمِيتُۖ
رَبُّكُمۡ
وَرَبُّ
ءَابَآئِكُمُ
ٱلۡأَوَّلِينَ
٨
(8) އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
quran-reader:tafsirs
Mafunzo
Tafakari
44:9
بل هم في شك يلعبون ٩
بَلْ هُمْ فِى شَكٍّۢ يَلْعَبُونَ ٩
بَلۡ
هُمۡ
فِي
شَكّٖ
يَلۡعَبُونَ
٩
(9) އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ.
quran-reader:tafsirs
Mafunzo
Tafakari
44:10
فارتقب يوم تاتي السماء بدخان مبين ١٠
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍۢ مُّبِينٍۢ ١٠
فَٱرۡتَقِبۡ
يَوۡمَ
تَأۡتِي
ٱلسَّمَآءُ
بِدُخَانٖ
مُّبِينٖ
١٠
(10) އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ.
quran-reader:tafsirs
Mafunzo
Tafakari
44:11
يغشى الناس هاذا عذاب اليم ١١
يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌۭ ١١
يَغۡشَى
ٱلنَّاسَۖ
هَٰذَا
عَذَابٌ
أَلِيمٞ
١١
(11) އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ. • ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ. ފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ. ދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير =
quran-reader:tafsirs
Mafunzo
Tafakari
44:12
ربنا اكشف عنا العذاب انا مومنون ١٢
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ١٢
رَّبَّنَا
ٱكۡشِفۡ
عَنَّا
ٱلۡعَذَابَ
إِنَّا
مُؤۡمِنُونَ
١٢
(12) (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.)
quran-reader:tafsirs
Mafunzo
Tafakari
44:13
انى لهم الذكرى وقد جاءهم رسول مبين ١٣
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌۭ مُّبِينٌۭ ١٣
أَنَّىٰ
لَهُمُ
ٱلذِّكۡرَىٰ
وَقَدۡ
جَآءَهُمۡ
رَسُولٞ
مُّبِينٞ
١٣
(13) އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.)
quran-reader:tafsirs
Mafunzo
Tafakari
44:14
ثم تولوا عنه وقالوا معلم مجنون ١٤
ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌۭ مَّجْنُونٌ ١٤
ثُمَّ
تَوَلَّوۡاْ
عَنۡهُ
وَقَالُواْ
مُعَلَّمٞ
مَّجۡنُونٌ
١٤
(14) ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ.
quran-reader:tafsirs
Mafunzo
Tafakari
44:15
انا كاشفو العذاب قليلا انكم عايدون ١٥
إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ ١٥
إِنَّا
كَاشِفُواْ
ٱلۡعَذَابِ
قَلِيلًاۚ
إِنَّكُمۡ
عَآئِدُونَ
١٥
(15) ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ.
quran-reader:tafsirs
Mafunzo
Tafakari
44:16
يوم نبطش البطشة الكبرى انا منتقمون ١٦
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ١٦
يَوۡمَ
نَبۡطِشُ
ٱلۡبَطۡشَةَ
ٱلۡكُبۡرَىٰٓ
إِنَّا
مُنتَقِمُونَ
١٦
(16) ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ. • ދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب.
quran-reader:tafsirs
Mafunzo
Tafakari
44:17
۞ ولقد فتنا قبلهم قوم فرعون وجاءهم رسول كريم ١٧
۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌۭ كَرِيمٌ ١٧
۞ وَلَقَدۡ
فَتَنَّا
قَبۡلَهُمۡ
قَوۡمَ
فِرۡعَوۡنَ
وَجَآءَهُمۡ
رَسُولٞ
كَرِيمٌ
١٧
(17) އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.)
quran-reader:tafsirs
Mafunzo
Tafakari
44:18
ان ادوا الي عباد الله اني لكم رسول امين ١٨
أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌۭ ١٨
أَنۡ
أَدُّوٓاْ
إِلَيَّ
عِبَادَ
ٱللَّهِۖ
إِنِّي
لَكُمۡ
رَسُولٌ
أَمِينٞ
١٨
(18) (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.)
quran-reader:tafsirs
Mafunzo
Tafakari
44:1
حم ١
حمٓ ١
حمٓ
١
(1) حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. • ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ. 1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ. 2- ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =
quran-reader:tafsirs
Mafunzo
Tafakari