Войти
Войти
Войти
Выберите язык
044

Ad-Dukhan 44:25 كم تركوا من جنات وعيون ٢٥

44:25
كَمۡ
تَرَكُواْ
مِن
جَنَّٰتٖ
وَعُيُونٖ
٢٥
(25) އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި،
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Произошло все так, как сказал Аллах. Муса и его соплеменники отправились в путь, Фараон собрал огромное войско и начал преследовать их. Когда Муса достиг моря, Аллах приказал ему ударить посохом по воде, и тут море разверзлось и посреди его образовалось двенадцать проходов, огороженных стенами из во…
Произошло все так, как сказал Аллах. Муса и его соплеменники отправились в путь, Фараон собрал огромное войско и начал преследовать их. Когда Муса дос…
Больше тафсиров

Читать в контексте

Глава 44, Страница 497, Джуз 25

17. (17) އަދި ހަމަކަށަވަރުން އެމީހުންގެ ކުރީން - އެބަހީ مكّة ގެ قريش ންގެ ކުރީން - ތިމަން ރަސްކަލާނގެ فرعون ގެ قوم ގެ މީހުން إمتحان ކުރީމެވެ. އަދި އެމީހުންގެ ގާތަށް މާތްވެގެންވާ رسول ބޭކަލަކު ވަޑައިގެންނެވިއެވެ. (އެއީ موسى عَلَيْه السلام އެވެ.) 18. (18) (އެކަލޭގެފާނު ވިދާޅުވިއެވެ.) ތިމަން ކަލޭގަފާނާއެކު ﷲ ގެ އަޅުތަކުން يعني بني إسرائيل ގެ މީހުން ފޮނުވައިދޭށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންނަށް ވާ أمانة ތެރި رسول އަކީމެވެ. (ތިމަން ކަލޭގެފާނު މި ރިސާލަތުގައި خيانة ތެރި ނުވާހުށީމެވެ.) 19. (19) އަދި ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެ، كبر ވެރިވެނުގަންނާށެވެ. (މަތިހަށި ނަގައި ނުއުޅޭށެވެ.) އެކަލާނގެއަށް ކިޔަމަންތެރި ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް بيان ވެގެންވާ دليل ގެނަސްދޭހުށީމެވެ. معجزة ގެނަސްދޭހުށީމެވެ. 20. (20) އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނު ތިމަންކަލޭގެފާނާއި، އަދި ކަލޭމެންގެވެސް ربّ ގެ حضرة ން ރައްކާތެރިކަމާއި، حماية މި އެދެނީ ކަލޭމެން ތިމަން ކަލޭގެފާނު رجم ކޮށްފާނޭތީއެވެ. ގަލުން ތަޅައި، މަރައިފާނޭތީއެވެ. 21. (21) އަދި ކަލޭމެން ތިމަން ކަލޭގެފާނަށް إيمان ނުވަންޏާ އަދި ތިމަން ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރަންޏާ ކަލޭމެން ތިމަން ކަލޭގެފާނު ދޫކޮށްލާށެވެ. (ތިމަން ކަލޭގެފާނަށް އަނިޔާކޮށް، އުނދަގޫ ނުކުރާށެވެ.) 22. (22) ދެންފަހެ އެކަލޭގެފާނުންގެ ربّ އަށް دعاء ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މިބައިމީހުންނަކީ (يعني: فرعون އާއި، އޭނާގެ قوم ގެ މީހުންނަކީ) ހަމަކަށަވަރުންވެސް مجرم ންނެވެ. ކުށްވެރީންނެވެ. ފާފަވެރީންނެވެ. 23. (23) ފަހެ ﷲ އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި وحي ކުރެއްވިއެވެ. (އޭ موسى عَلَيْه السلام އެވެ.) ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުތަކުންނާއިގެން (އެބަހީ: ބަނީ އިސްރާއީލު މީހުންނާއިގެން) އަވަސް އަވަހަށް (مصر ން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި، އޭނާގެ لشكر ތިޔަބައިމީހުންނާ تبع ވެގެން އަންނާނެއެވެ.) 24. (24) އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ (فرعون އާއި، އޭނާގެ لشكر އަކީ) ކަނޑުގައި غرق ވެވޭނޭ ބައެކެވެ. • ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام، ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށް موسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ. 25. (25) އެބައިމީހުން، يعني فرعون އާއި، އޭނާގެ لشكر ގެ މީހުން، ކިހައި ބަގީޗާއަކާއި، ކިހައި ކޯރަކާއި، އަދި، 26. (26) ކިހައި ދަނޑުބިމަކާއި، އަދި ރަނގަޅުވެގެންވާ ގެތަކާއި، ކިހައިވަރަކަށް ދޫކުރި ހެއްޔެވެ؟ (އެބަހީ އެބާވަތުގެ ވަރަށް ގިނަ އެއްޗެތި އެމީހުން ދޫކުރިއެވެ.) 27. (27) އަދި މިނޫންވެސް ކިހައި ގިނަ މުދަލާއި، نعمة ގައި އެމީހުން މަޖާނެގި ކަމުގައި ވިހެއްޔެވެ؟ އެބަހީ ވަރަށްގިނަ نعمة އާއި، އަރާމުގައި އެމީހުން މަޖާނެގިއެވެ. 28. (28) އަދި ހަމަ އެފަދައިން އެ މުދާތަކާއި، އެ ބަގީޗާތަކާއި، ކޯރުތަކާއި، އެ ހުރިހައި ތަކެތި ތިމަން ރަސްކަލާނގެ އެހެން ބަޔަކަށް ވާރުތަކޮށްދެއްވީމެވެ. އެބަޔަކީ އެއީ بني إسرائيل ންނެވެ. 29. (29) ދެންފަހެ فرعون އާއި، އޭނާގެ لشكر ކަނޑުގައި غرق ވެ، މަރުވެގެން ދިޔައޭ ކިޔާފައި، އުޑާއި، ބިންވެސް އެކަމާ ހިތާމައިން ރޮއިލީއެއްވެސް ނޫނެވެ. (فرعون އަކީ އޭނާ ބުނިގޮތުން ކަލާނގެ ކަމުގައި ވީނަމަ، ކަލާނގެ މަރުވެގެން ރޯންޖެހުނީހެވެ. އެއިންވެސް ސާބިތުވަނީ އޭނާގެ ދޮގުވެރިކަމެވެ. އަދި އެމީހުން މަރުވާން ދިމާވި ވަގުތު އެމީހުންނަށް އެއްވެސް ތަންވަޅެއް، مهلة އެއް، އަދި إنتظار އެއްވެސް ނުލިބުނެވެ.)

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать