Ad-Dukhan 44:24 واترك البحر رهوا انهم جند مغرقون ٢٤
وَٱتۡرُكِ
ٱلۡبَحۡرَ
رَهۡوًاۖ
إِنَّهُمۡ
جُندٞ
مُّغۡرَقُونَ
٢٤
(24) އަދި ކަނޑު ހަމަހިމޭންކޮށް، حركاة އެއް ނުކުރާ ގޮތަށް ދޫކޮށްލާފައި ބަހައްޓާށެވެ. ހަމަކަށަވަރުން އެމީހުންނަކީ (فرعون އާއި، އޭނާގެ لشكر އަކީ) ކަނޑުގައި غرق ވެވޭނޭ ބައެކެވެ.
• ދަންނައެވެ. މިތަނުން މި އިޝާރަތްވަނީ موسى عَلَيْه السلام، ﷲ ގެ أمر ފުޅަށް ކަނޑުގައި އެކަލޭގެފާނުންގެ އަސާކޮޅުން ޖެއްސެވީމާ، ކަނޑުގެ ފެންގަނޑު ބައިބައިވެ، މައްޗަށް އަރައި، ހުއްޓިފައި ހުރިކަމާއި ދެން ކަނޑުގެ އެ މަގުތަކުން بني إسرائيل ގެ މީހުން ކަނޑުގެ އަނެއް ފަރާތަށް އެރީމާވެސް ކަނޑު އެހުރިގޮތަށް موسى عَلَيْه السلام قصد ފުޅުކުރެއްވީ ފަހަތުން فرعون އާއި، އޭނާގެ لشكر އައުމުގެ ކުރީން ކަނޑުގައި ދެވަނަ ފަހަރަށް އަސާކޮޅުން ޖައްސަވައި ކަނޑު އެއްވަރުކުރައްވާށެވެ. އެހެންވެ ﷲ އެންގެވީ ކަނޑު އެގޮތަށް ބެހެއްޓެވުމަށެވެ. އެއީ فرعون އާއި، އޭނާގެ لشكر ކަނޑަށް ވަދެގަންނާނދެނެވެ. ވަދެގަތީމާ، ދެން ކަނޑު އިހު އޮތްގޮތަށް، ﷲ ހެއްދެވުމަށެވެ. ކަން ވީވެސް އެހެންނެވެ. فرعون އާއި، އޭނާގެ لشكر މަރުވީ ކަނޑުގައި غرق ވެގެންނެވެ. އެމީހުން ކަނޑުގެ ތެރެއަށް ވެދެގަތުމުން ހަމަ އާދައިގެ ގޮތަށް ކަނޑު ދިޔައިކުރައްވައި، ކަނޑަކަށް ހެއްދެވީއެވެ.
Soma Tafsir
Ibn Kathir (Abridged)
The Story of Musa and Fir`awn, and how the Children of Israel were saved
Allah tells us, `before these idolators, We tested the people of Fir`awn, the copts of Egypt.'
وَجَآءَهُمْ رَسُولٌ كَرِيمٌ
(when there came to them a noble Messenger) means, Musa, peace be upon him, the one to whom Allah spoke.
…The Story of Musa and Fir`awn, and how the Children of Israel were saved
Allah tells us, `before these idolators, We tested the people of Fir`awn, the
…