Войти
Войти
Войти
Выберите язык

Yusuf 12:103 وما اكثر الناس ولو حرصت بمومنين ١٠٣

Страница 247 · Джуз 13

وَمَآ
أَكۡثَرُ
ٱلنَّاسِ
وَلَوۡ
حَرَصۡتَ
بِمُؤۡمِنِينَ
١٠٣
(103) އޭ رسول ﷲ އެވެ! ކަލޭގެފާނު ކިތައްމެވަރަކަށް ދަހިވެތިވެވަޑައިގެންނެވިނަމަވެސް މީސްތަކުންކުރެ ގިނަމީހުން إيمان ނުވެއެވެ. ނުވާނެއެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

О Мухаммад! Рассказанная тебе история является частью повествований о сокровенном, которые Мы внушаем тебе в откровении. Если бы не божественное откровение, то тебе никогда не удалось бы узнать об этом удивительном повествовании, ведь ты не присутствовал рядом с братьями Йусуфа, когда они вместе при…
О Мухаммад! Рассказанная тебе история является частью повествований о сокровенном, которые Мы внушаем тебе в откровении. Если бы не божественное откро…
Вид tafsirs

Читать related-content

99. (99) ދެންފަހެ އެއެންމެން (مصر އަށްވަޑައިގެން) يوسف عليه السّلام ގެ އަރިހަށް ވަޑައިގެންނެވިހިނދުން އެކަލޭގެފާނު އެބަހީ: يوسف عليه السّلام އެކަލޭގެފާނުގެ ބައްޕާފުޅާ މަންމާފުޅު އެކަލޭގެފާނުންގެ އަރިހަށް ގާތްކޮށްލައްވާ ބޮނޑިކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ އަމާންވެގެންވާ حال ތިޔަ އެންމެން مصر އަށް ވެދެވަޑައިގަންނަވާށެވެ." 100. (100) އަދި އެކަލޭގެފާނުން ބައްޕާފުޅާއި މަންމާފުޅު އެކަލޭގެފާނުންގެ عرش އަށް -އެނދުދާންކޮޅަށް - އުފުއްލެވިއެވެ. އަދި އެކަލޭގެފާނަށް - يعني: يوسف عليه السّلام އަށް (سلام ކޮށް އަދަބުވެރިވުމުގެގޮތުން) އެއެންމެން سجدة އަށް ތިރިވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ ބައްޕާއެވެ! މީގެކުރިން އަހުރެންނަށް ފެނުނު ހުވަފެނުގެ تفسير އަކީ މިއީއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެހުވަފެން حقّ އެއްޗެއްކަމުގައި ލައްވައިފިއެވެ. (އެފެނުނުގޮތާއި އެއްގޮތަށް އެކަންލައްވައިފިއެވެ.) އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ ތިމަންކަލޭގެފާނަށް މާތްކޮށްހިތްތަވާ إحسان ވަންތަވެވޮޑިގެންނެވިއެވެ. އެއީ ތިމަންކަލޭގެފާނު ޖަލުން ނެރުއްވިހިނދުގައެވެ. އަދި ތިޔައެންމެން (شام ކަރައިގެ) بَادِيَة އިން މިތަނަށް ގެންނެވިއެވެ. އެއީ އަހުރެންނާއި އަހުރެންގެ أخ ންނާ ދެމެދު ސައިތާނު ފާސިދުކޮށް ނުބައިކުރުމަށްފަހުގައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އިރާދަކުރައްވާ ކަންތަކަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ." 101. (101) (يوسف عليه السّلام ދެންނެވިއެވެ.) "އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ މިއަޅާއަށް ވެރިކަމުގެތެރެއިން ދެއްވައިފީމުއެވެ. (އެބަހީ: مصر ގެ خزانة ތަކުގެ ވެރިކަން އެކަލޭގެފާނަށް ދެއްވިއެވެ.) އަދި ހުވަފެން تعبير ކޮށް تفسير ކުރުންވެސް އިބަރަސްކަލާނގެ މިއަޅާއަށް އުގަންނަވައިދެއްވައިފީމުއެވެ. އޭ ނެތުމުގެތެރެއިން އުޑުތަކާއި ބިން ހެއްދެވި ކަލާކޮ! އިބަރަސްކަލާނގެއީ ދުނިޔެއާއި آخرة ގައިވެސް ހަމަ މިއަޅާގެ وَلِيُّ އެވެ. ސަހަރޯވެރިޔާއެވެ. ފަހެ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ حال މިއަޅާ މަރުގަންނަވާދޭވެ! އަދި މާތްވެގެންވާ صالح ންގެތެރޭގައި މިއަޅާ ހިމަނުއްވާނދޭވެ! އެބަހީ: نبي ބޭކަލުންގެ ލިސްޓުގައި މިއަޅާވެސް ލައްވައި އެބޭކަލުންގެ ދަރަޖައާއި ثواب މިއަޅާއަށް ދެއްވާނދޭވެ!" 102. (102) (އޭ رسول ﷲ އެވެ!) އެއީ (އެބަހީ: މިސޫރަތުގައި މި بيان ވެގެންދިޔަ އެންމެހައި خبر ތަކާއި ވާހަކަތަކަކީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحي ގެ ذريعة އިން އިއްވަވާ غيب ގެ خبر ތަކެވެ. އަދި އެމީހުން (يعني: يوسف ގެފާނުންގެ أخ ން) އެކަލޭގެފާނުން ވަޅަށްލުމާ މެދު ނުބައިރޭވުންތައް ރާވާހަދަމުން ދިޔައިރު ކަލޭގެފާނު އެތާ ވަޑައިގެން ނުވަމުއެވެ. 103. (103) އޭ رسول ﷲ އެވެ! ކަލޭގެފާނު ކިތައްމެވަރަކަށް ދަހިވެތިވެވަޑައިގެންނެވިނަމަވެސް މީސްތަކުންކުރެ ގިނަމީހުން إيمان ނުވެއެވެ. ނުވާނެއެވެ. 104. (104) އަދި އެކަމުގެމައްޗަށް - އެބަހީ: ކަލޭގެފާނު رسول ކަން އިއްވެވުމުގެމައްޗަށް - އެމީހުންގެކިބައިން އެއްވެސް އުޖޫރައަކަށް ޓެކްހަކަށް އެދިވަޑައިނުގަންނަވަމުއެވެ. އަދި އެއީ އެބަހީ: ކަލޭގެފާނުންގެ رسول ކަމުގެ تَبْلِيْغُ އަކީ ހަމަ عالم ތަކަށްވާ ذِكر އެއްކަމުގައި މެނުވީ ނުވެއެވެ. (وعظ އާއި نصيحة އާއި عبرة އެއްކަމުގައިމެނުވީ ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать