Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Yúnus 10:89 قال قد اجيبت دعوتكما فاستقيما ولا تتبعان سبيل الذين لا يعلمون ٨٩

Página 219 · Juz 11

قَالَ
قَدۡ
أُجِيبَت
دَّعۡوَتُكُمَا
فَٱسۡتَقِيمَا
وَلَا
تَتَّبِعَآنِّ
سَبِيلَ
ٱلَّذِينَ
لَا
يَعۡلَمُونَ
٨٩
(89) ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔައިގެދެކަލުންގެ دعاء، ﷲ އިޖާބަކުރައްވައިފިއެވެ. ފަހެ ތިޔައިގެ ދެކަލުން ސީދާމަގުގައި (ކިޔަމަންތެރިކަމާއިއެކު) ތިއްބަވާށެވެ! އަދި ކަންކަމުގެ ޙަޤީޤަތް ނުދަންނަ މީހުންގެގޮތާއި ތިޔައިގެ ދެކަލުން تبع ވެވަޑައި ނުގަންނަވާށެވެ!
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Musa supplicated against Fir`awn and His Chiefs

Allah mentioned what Musa said when he prayed against Fir`awn and his chiefs after they refused to accept the truth. They continued to go astray and be haughty and arrogant. Musa said:

رَبَّنَآ إِنَّكَ ءاتَيْتَ فِرْعَوْنَ وَمَلاّهُ زِينَةً

(Our Lord! You

…

Musa supplicated against Fir`awn and His Chiefs

Allah mentioned what Musa said when he prayed against Fir`awn and his chiefs after they refused to acce

…
Ver Tafsires

Leer en contexto

83. (83) ފަހެ موسى عليه السّلام އަށް އެކަލޭގެފާނުންގެ قوم ން މަދުބަޔަކުމެނުވީ (އެންމެ ދަރިކޮޅެއް މެނުވީ) އެކަލޭގެފާނަށް إيمان ނުވެއެވެ. އެއީ فرعون އާއި އަދި އެ إيمان ވީމީހުންގެ ބޮޑެތިމީހުންދެކެ ބިރުންނެވެ. އެއީ އެމީހުން (إيمان ވީކަން އެނގިއްޖެނަމަ) އެބޮޑެތިމީހުން فتنة ކޮށްފާނެކަމުގެ ބިރަށްވެސް މެއެވެ. ހަމަކަށަވަރުން فرعون ބިމުގައި ބޮޑާވެ كِبر ވެރިވެއްޖެކަންކަށަވަރެވެ. އަދި އޭނާވީ ހަމަކަށަވަރުން ހައްދުފަހަނަޅައިގަތްމީހުންގެ ތެރެއިންނެވެ. 84. (84) موسى عليه السّلام ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ކަލޭމެން ﷲ އަށް إيمان ވެގެންވަންޏާ ފަހެ ކަނޑައެޅިގެން އެކަލާނގެއަށް ކަލޭމެން وكيل ކުރާށެވެ! ކަލޭމެން ﷲ އަށް ކިޔަމަންތެރިވެގެންވަންޏާއެވެ. 85. (85) އެމީހުން ދެންނެވިއެވެ. އަހުރެމެން وكيل ކޮށް ބަރޯސާކުރަނީ ހަމަ ﷲ އަށެވެ. އޭ އަޅަމެންގެ ربّ އެވެ! އަނިޔާވެރިވެގެންވާ މީސްތަކުންނަށް فتنة އެއްކަމުގައި އަޅަމެން ނުލައްވާންދޭވެ! (އެމީހުން އަޅަމެން فتنة ވެރިކުރިޔަނުދެއްވާށެވެ! إمتحان ނުކުރައްވާނދޭވެ!) 86. (86) އަދި އިބަރަސްކަލާނގެ رحمة ފުޅުން ކާފަރު قوم ގެކިބައިން އަޅަމެން ސަލާމަތްކުރައްވާނދޭވެ. 87. (87) އަދި موسى އާއި އެކަލޭގެފާނުންގެ أخ އާއަށް (عليهما السّلام) ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިޔައިގެދެކަލުން مصر ގައި ގެތަކެއް ނުވަތަ މިސްކިތްތަކެއް ތިޔަދެކަލުންގެ قوم ގެ މީހުންނަށްޓަކައި إختيار ކުރައްވާށެވެ! ހައްދަވާށެވެ! އަދި އެގެތައް قبلة އަށްވާގޮތަށް ހައްދަވާށެވެ! (އެއީ ބިރުވެތިވާވަޤުތު ނަމާދު ކުރެވޭގޮތަށެވެ.) އަދި ނަމާދު قائم ކުރައްވާށެވެ! އަދި مؤمن ންނަށް (ކިޔަމަންތެރިންނަށް) އުފާވެރިކަމުގެ خبر ދެއްވާށެވެ! 88. (88) އަދި موسى عليه السّلام ދެންނެވިއެވެ. އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ فرعون އަށާއި އޭނާގެ قوم ގެބޮޑުންނަށް ދުނިޔޭގެ ޙަޔާތުގައި زينة ތެރިކަމާއި ގިނަ މުދާ ދެއްވައިފީމުއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުން އެމުދަލުން މީސްތަކުން އިބަރަސްކަލާނގެ ސީދާމަގުން ދުރުކޮށް ފުރައްދައިހަދަނީއެވެ. އޭ އަޅަމެންގެ ربّ އެވެ! އެމީހުންގެ މުދާތައް ނެތިކުރައްވައި ހަލާކުކުރައްވާނދޭވެ! އަދި އެމީހުންގެ ހިތްތައް ހަރުކަށިކުރައްވައި ގަދަކުރައްވާނދޭވެ! (އެއީ إيمان ކަމަށް ދެން ނުހުޅުވޭނޭ ގޮތުންނެވެ.) ވޭންދެނިވި عذاب ނުފެންނަނީސް ދެން އެމީހުން އީމާން ނުވާނެއެވެ. 89. (89) ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔައިގެދެކަލުންގެ دعاء، ﷲ އިޖާބަކުރައްވައިފިއެވެ. ފަހެ ތިޔައިގެ ދެކަލުން ސީދާމަގުގައި (ކިޔަމަންތެރިކަމާއިއެކު) ތިއްބަވާށެވެ! އަދި ކަންކަމުގެ ޙަޤީޤަތް ނުދަންނަ މީހުންގެގޮތާއި ތިޔައިގެ ދެކަލުން تبع ވެވަޑައި ނުގަންނަވާށެވެ! 90. (90) އަދި ތިމަންރަސްކަލާނގެ بني إسرائيل މީހުން ކަނޑު ކަޑައްތުކުރައްވައި (ހުރަސްކުރެވޭނެގޮތް ހައްދަވައިދެއްވީމެވެ.) ދެންފަހެ އެމީހުންގެފަހަތުން އެމީހުންނާއި تبع ކޮށް فرعون އާއި އޭނާގެ ސިފައިން ދެކޮޅުވެރިކަމާއި عداوة ތެރިކަމުގެގޮތުން އައެވެ. ދެން އެ فرعون ކަނޑުގެތެރޭގައި غرق ވާން ގާތްވާހިސާބަށް ދިއުމުން އޭނާ ދެންނެވިއެވެ. بني إسرائيل ން އީމާންވެގެން އެވާ ކަލާނގެ މެނުވީ އެހެން إله އަކުނުވާކަމަށް އަހުރެން إيمان ވެއްޖައީމެވެ. ތެދުކޮށްފީމެވެ. އަދި އަހުރެންވަނީ مسلم ންގެ ތެރެއިންނެވެ. ކިޔަމަންތެރީންގެތެރެއިންނެވެ. 91. (91) (އޭގެ ޖަވާބުގައި ﷲ وحي ކުރެއްވިއެވެ.) ކަލޭ އީމާންވާންވީ މިހާރުހެއްޔެވެ؟ އަދި ހަމަކަށަވަރުން ކަލޭވަނީ މީގެކުރީގައި އުރެދިފައެވެ. އަދި ކަލޭވީ فَاسد ންގެ ތެރެއިންނެވެ. 92. (92) ފަހެ ތިމަންރަސްކަލާނގެ މިއަދު ކަލޭގެ ހަށިގަނޑު ފަހުން އަންނަމީހުންނަށް دليل އަކަށް عبرة އަކަށް ވުމަށް ސަލާމަތްކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން މީސްތަކުންކުރެ ވަރަށްގިނަމީހުން ތިމަންރަސްކަލާނގެ އާޔަތްތަކަށް غافل ވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir