Войти
Войти
Войти
Выберите язык

Yunus 10:16 قل لو شاء الله ما تلوته عليكم ولا ادراكم به فقد لبثت فيكم عمرا من قبله افلا تعقلون ١٦

Страница 210 · Джуз 11

قُل
لَّوۡ
شَآءَ
ٱللَّهُ
مَا
تَلَوۡتُهُۥ
عَلَيۡكُمۡ
وَلَآ
أَدۡرَىٰكُم
بِهِۦۖ
فَقَدۡ
لَبِثۡتُ
فِيكُمۡ
عُمُرٗا
مِّن
قَبۡلِهِۦٓۚ
أَفَلَا
تَعۡقِلُونَ
١٦
(16) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ ތިމަންކަލޭގެފާނުން ކަލޭމެންގެމައްޗަށް އެ قرآن ނުކިޔެވީމުހެވެ. އަދި ކަލޭމެނަށް އެ قرآن އުގަންނައިވެސް ނުދިނީހެވެ. އަދި އެ قرآن ކިޔެވުމުގެކުރިން ކަލޭމެންގެތެރޭގައި عُمُر ގެ ދުވަސްތަކެއްގައި (ސާޅީސްއަހަރު) ހުރީމެވެ. ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Всевышний сообщил об упрямстве безбожников, которые отказались уверовать в Пророка Мухаммада, да благословит его Аллах и приветствует. Когда им читают коранические аяты, в которых ясно излагается истина, они отворачиваются от них и делают дерзкие и несправедливые заявления. Они говорят: «О Мухаммад!…
Всевышний сообщил об упрямстве безбожников, которые отказались уверовать в Пророка Мухаммада, да благословит его Аллах и приветствует. Когда им читают…
Вид Тафсиры

Читать в контексте

11. (11) އަދި ﷲ تعالى މީސްތަކުންނަށް ނުބައިގޮތް އަވަސްކުރައްވަންޏާ އެމީހުންނަށް ރަނގަޅުގޮތް އަވަސްކުރައްވައެވެ. (އެބަހީ: ބަޔަކުމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވަންޏާ އެބަޔަކަށް ރަނގަޅު ފަސޭހަގޮތްތައް އަވަސްކުރައްވައެވެ.) ދެން އެމީހުންނަށް އެމީހުންގެ أَجَلُ يعني: މަރު ނިޔާކުރައްވައެވެ. އަދި ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތި ނުވާމީހުން އެމީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގެތެރޭގައި ދެފުށުއެޅިއެޅި ތިބުމަށް ތިމަންރަސްކަލާނގެ ދޫކޮށްލަމެވެ. 12. (12) އަދި އިންސާނާއަށް އުނދަގުލެއް ދަތިކަމެއް ޖެހިޖެއްޔާ އޭނާ އަރިޔަށް އޮވެގެން ނުވަތަ އިށީނދެ އިނދެގެން ނުވަތަ ކޮޅަށްހުރެގެން އޭނާ ތިމަންރަސްކަލާނގެއަށް دعاء ކޮށް ދަންނަވައެވެ. ދެންފަހެ ތިމަންރަސްކަލާނގެ އޭނާގެ ކިބައިން އޭނާގެ އުނދަގޫ ފިއްލަވާ ދުރުކޮށްދެއްވައިފިއްޔާ އޭނާ ކުރީވެސް އެހުރި ނުބައިކަންމަތީ (ކާފަރުކަންމަތީ) ދެމިހުރެއެވެ. އަދި އޭނާ ކޮންފަދަހެއްޔެވެ؟ އޭނަޔަށް ދައްޗެއް އުނދަގުލެއް ޖެހިގެން ތިމަންރަސްކަލާނގެއަށް دعاء ކޮށް ނުދަންނަވާކަހަލައެވެ. އެފަދައިން (އެބަހީ: މިނުކިޔަމަންތެރި އިންސާނާ ނުކިޔަމަންތެރިކަންމަތީ ދެމިހުންނަފަދައިން) ދޮގުހެދުމުގައި إسْراف ކޮށް نبي ންނަށް تبع ނުވި މީސްތަކުންނަށް އެމީހުންކުރާކަމުގައިވި ކަންތައްތައް ޒީނަތްތެރިކުރެވުނެވެ. 13. (13) (އޭ قريش ންނޭވެ!) ކަލޭމެންގެ ކުރީގެ أمّة ތައްވެސް އެމީހުން شرك ކޮށް ﷲ ގެ أمر އާއި خلاف ވެ އަނިޔާވެރިވީހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. އެމީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން އެމީހުން رسول ން ވަޑައިގެންނެވިއެވެ. އެމީހުން އީމާންވީބަޔަކު ކަމުގައި ނުވިއެވެ. އެހެންވެ ތިމަންރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީއެވެ. (އޭ قريش ންނޭވެ! ކަލޭމެންނަށްވެސް ބަސްނުއެހިއްޔާވާނީ ހަމަ އެހެންނެވެ.) ނުބައިނުލަފާ މީހުންނަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. 14. (14) ދެން އެމީހުންނަށްފަހު ތިމަންރަސްކަލާނގެ ކަލޭމެން (قريش ން) ތިމަންރަސްކަލާނގެ ބިމުގައި خليفة ވެރިކުރެއްވީމުއެވެ. އެއީ ކަލޭމެން ކަންތައްކުރާގޮތް ތިމަންރަސްކަލާނގެ ދެކެވޮޑިގެންވާކަން ފާޅުކުރައްވާ ދެއްކެވުމަށެވެ. 15. (15) އަދި އެމީހުންގެ މައްޗަށް بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ ތިމަންރަސްކަލާނގެއާއި ބައްދަލުވުމަށް ބިރުވެތިނުވާމީހުން (ނުވަތަ ތިމަންރަސްކަލާނގެ عذاب އަށް ބިރުވެތި ނުވާމީހުން) ބުނާނެއެވެ. މި قرآن ނޫން އެހެން قرآن އެއް ގެނަސްދޭށެވެ! ނުވަތަ އެ قرآن ބަދަލުކޮށްދޭށެވެ! (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ބަދަލުކުރުމީ އެއްގޮތަކަށް ތިމަންކަލޭގެފާނަށް އޮތްކަމެއްނޫނެވެ. (ނުވަތަ ކުޅަދާނަކަމެއްނޫނެވެ. / ހުއްދަކަމެއްނޫނެވެ.) ތިމަންކަލޭގެފާނަށް ބާވައިލެއްވޭ وحي އަށް މެނުވީ ތިމަންކަލޭގެފާނު تبع ވާކަމުގައި ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އަށް ތިމަންކަލޭގެފާނު އުރެދިއްޖެއްޔާ ބޮޑުވެގެންވާދުވަހެއްގެ (قيامة ދުވަހުގެ) عذاب އަށް ބިރުފުޅުގެންވަޑައިގަންނަވަމެވެ. 16. (16) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ ތިމަންކަލޭގެފާނުން ކަލޭމެންގެމައްޗަށް އެ قرآن ނުކިޔެވީމުހެވެ. އަދި ކަލޭމެނަށް އެ قرآن އުގަންނައިވެސް ނުދިނީހެވެ. އަދި އެ قرآن ކިޔެވުމުގެކުރިން ކަލޭމެންގެތެރޭގައި عُمُر ގެ ދުވަސްތަކެއްގައި (ސާޅީސްއަހަރު) ހުރީމެވެ. ކަލޭމެން ފަހެ އެއްޗެއް ނުވިސްނަމުހެއްޔެވެ؟ 17. (17) ފަހެ ﷲ ގެ މައްޗަށް ބޮޑުދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ ނުވަތަ އެކަލާނގެ آية ތައް ދޮގުކުރިމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން ނުބައިނުލަފާ ދޮގުވެރިންނަށް ކާމިޔާބު ނުވާހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Продолжить чтение

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать