Войти
Войти
Войти
Выберите язык

Taha 20:29 واجعل لي وزيرا من اهلي ٢٩

Страница 313 · Джуз 16

وَٱجۡعَل
لِّي
وَزِيرٗا
مِّنۡ
أَهۡلِي
٢٩
(29) އަދި މިއަޅާގެ أهل ވެރިންގެތެރެއިން މިއަޅާއަށް وَزِيْر އެއް (يعني: އެހީތެރި ވާގިވެރިއެއް) ލައްވާނދޭވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

По мнению многих толкователей, Муса испытывал трудности при разговоре, и собеседники почти не понимали его речи. Всевышний сказал его устами: «Мой брат Харун (Аарон) более красноречив, чем я» (28:34). Муса попросил Господа избавить его от пут, которые сковывали его язык, чтобы его речи, обращения и …
По мнению многих толкователей, Муса испытывал трудности при разговоре, и собеседники почти не понимали его речи. Всевышний сказал его устами: «Мой бра…
Вид tafsirs

Читать related-content

25. (25) އެކަލޭގެފާނު يعني: موسى عليه السّلام ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ. (އެއީ އިބަރަސްކަލާނގެ އިއްވަވާ وحي ވިސްނައިގަތުމަށްޓަކައެވެ.) 26. (26) (އަދި نبي ކަމާއި رسول ކަމުގެ مَسْؤُ لِيَّةُ) މިއަޅާއަށް ފަސޭހަކޮށްދެއްވާދޭވެ. 27. (27) އަދި މިއަޅާގެ ދުލުގައިވާ ގޮށް މޮއްސަވާދެއްވާދޭވެ. ދޫފަސޭހަކޮށްދެއްވާދޭވެ. 28. (28) އެއީ މިއަޅާގެ ވާހަކައާއި ބަސް މީސްތަކުން ވިސްނާ فَهْمُ ކޮށްގަތުމަށްޓަކައެވެ. 29. (29) އަދި މިއަޅާގެ أهل ވެރިންގެތެރެއިން މިއަޅާއަށް وَزِيْر އެއް (يعني: އެހީތެރި ވާގިވެރިއެއް) ލައްވާނދޭވެ. 30. (30) އެއީ މިއަޅާގެ أخ هَارون އެވެ. 31. (31) އޭނާގެ ސަބަބުން މިއަޅާގެ ބުރިކަށިގަދަކޮށްދެއްވާނދޭވެ! (މިއަޅާގެ ބާރުގަދަކޮށްދެއްވާނދޭވެ!) 32. (32) އަދި މިއަޅާގެ ކަންތަކުގައި (އެބަހީ: نبي ކަމާއި رسول ކަމުގައި) އޭނާ ބައިވެރިކޮށްދެއްވާންދޭވެ! 33. (33) އެއީ މިއަޅުން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ކިއުމަށެވެ. 34. (34) އަދި ގިނަގިނައިން މިއަޅުން އިބަރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުމަށެވެ. 35. (35) ހަމަކަށަވަރުން އިބަރަސްކަލާނގެ ވަނީ މިއަޅުންނާއިމެދު ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ. 36. (36) އެކަލާނގެ وحي ކުރެއްވިއެވެ. އޭ موسى އެވެ! ހަމަކަށަވަރުން ކަލޭގެފާނު އެކަންކަމަށް އެދިވަޑައިގެން ތިޔަ ސުވާލުކުރެއްވި ކަންތައްތައް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވައިފީމެވެ. 37. (37) އަދި އެހެންފަހަރަކު ތިމަންރަސްކަލާނގެ ކަލޭގެފާނުންގެމައްޗަށް إحسان ތެރިވެވޮޑިގެން ދަރުމަވަންތަވެރިވެ ވޮޑިގެންނެވީމެވެ. (އެއީކަލޭގެފާނު ވަރަށްތުއްޕުޅުއިރުއެވެ.) 38. (38) އެއީ ކަލޭގެފާނުންގެ މަންމާފުޅަށް ތިމަންރަސްކަލާނގެ އެ إلْهَام ކުރެއްވި އެއްޗެއް إلهام ކުރެއްވިހިނދުގައެވެ. 39. (39) (އެކަމަނާއަށް ތިމަންރަސްކަލާނގެ إلْهَام ކުރެއްވީމެވެ.) ކަމަނާ އެދަރިކަލުން ބޮޑުފޮށްޓަކަށް ލައްވާފައި ކަނޑަށް އެބަހީ: نِيْلُ ކޯރަށް އެއްލަވާށެވެ! ދެން ކަނޑު އެފޮށި ގޮނޑުދޮށަށް އެއްލާހުށިކަމެވެ. އެބަހީ: ރާޅުތަޅަމުން ލައްވެދާނެއެވެ. އަދި ތިމަންރަސްކަލާނގެއާއި އަދި އެދަރިކަލުންގެ عَدُوُّ يعني: فرعون އެފޮށި ނަގައިފާނެއެވެ. އަދި (ތިމަންރަސްކަލާނގެ ބައެއް އަޅުންގައި) ކަލޭގެފާނުންގެމައްޗަށް ތިމަންރަސްކަލާނގެ ލޯބިޖެއްސެވީމެވެ. އަދި އެހުރިހާ ކަމެއް ތިމަންރަސްކަލާނގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ހިންގެވީމެވެ. 40. (40) (އޭ موسى އެވެ.) ކަލޭގެފާނުންގެ أُخْتُ ކަމަނާ (ކަލޭގެފާނާބެހޭ خبر އެއް ހޯދުމަށް) ހިންގަވާފައި ދިޔަހިނދު ހަނދުމަފުޅުކުރައްވާށެވެ. (އެއީ ކަލޭގެފާނު ތުއްޕުޅުއިރު ފޮއްޓަކަލައްވައި ނީލަކޯރަށް އެއްލައިލުމަށްފަހު فرعون ގެ ގަނޑުވަރުގެ މީހުން އެފޮށިނަގައި ކަލޭގެފާނަށް ކިރުފޮދު އަރުވާނެމީހަކު ހޯއްދެވި ހިނދުގައެވެ.) ފަހެ އެކަމަނާ (فرعون ގެ ގަނޑުވަރުގެ މީހުންނަށް) ބުންޏެވެ. އެދަރިކަލުން ގެންގުޅެ ބަލާ އަދި ކިރުދީހަދާނެ މީހެއްގެ ވާހަކަ އަހުރެން ކަލޭމެންނަށް އަންގައިދެންހެއްޔެވެ؟ (ދެންފަހެ އެކަމަނާގެ ބަހާއި އެއްބަސްވުމުން) ކަލޭގެފާނުންގެ މަންމާފުޅުގެ އަރިހަށް ކަލޭގެފާނު رجوع ކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ގެނަސްދެއްވައި އެކަމަނާ ހިތާމަ ނުކުރުމަށްޓަކައެވެ. (ދެން ކަލޭގެފާނު ބޮޑުފުޅުވުމަށްފަހު) އެމީހުންގެ (يعني: قِبْطِي ންގެ) މީހަކު މަރައިލީމުއެވެ. އަދި އެމީހާ މަރައިލެވުމުގެ ހިތާމައިން ތިމަންރަސްކަލާނގެ ކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު އެތައްގޮތަކުން إمتحان ކުރެއްވީމެވެ. އެއީ (رسول ކަމުގެ مسؤليّة އުފުއްލެވުމަށެވެ.) އަދި مَدْيَنُ ގެ أهل ވެރިންގެ ގާތުގައި ކަލޭގެފާނު އަހަރުތަކަކު ހުންނެވީމުއެވެ. އޭ موسى އެވެ. ދެން ކަނޑައެޅިގެންވާ ވަގުތު رسول ކަމުގެ مسؤليّة އަދާކުރެއްވުމަށް ކަނޑައެޅިގެންވާ ވަގުތު ކަލޭގެފާނު ތިޔަވަޑައިގެންނެވީއެވެ. އެއީ ނިޔާކުރެވިފައިވާ ވަގުތެވެ. 41. (41) އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވީމެވެ. 42. (42) ކަލޭގެފާނާއި އަދި ކަލޭގެފާނުންގެ أخ (هارون ގެފާނާއި) ތިމަންރަސްކަލާނގެ أية ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެއަށް ذِكر ކުރުމުން (ތިމަންރަސްކަލާނގެ ހަނދާންކުރުމުން) ތިޔަ ދެކަލުން ބަލިކަށިނުވާށެވެ. ފޫހިނުވާށެވެ. 43. (43) ތިޔަ ދެކަލުން فرعون ގާތަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އޭނާ ބޮޑާވެ ނުކިޔަމަންތެރިވެއްޖެއެވެ. 44. (44) ތިޔަދެކަލުން އޭނާޔަށް މަޑުމައިތިރި ބަސް / އޯގާވެރި ބަސްބުނާށެވެ. އެއީ އޭނާ ހަނދާންކޮށް نصيحة ލިބިގަނޭތޯއެވެ. ނުވަތަ އޭނާ ބިރުވެތިވޭތޯއެވެ. 45. (45) އެދެބޭކަލުން ދެންނެވިއެވެ. އަޅަމެން ބިރުގަންނަނީ އޭނާ އަޅަމެންގެ މައްޗަށް عقوبة އަވަސްކޮށް ގިނަކޮށްފާނެތީއެވެ. ނުވަތަ އޭނާ ހައްދުފަހަނަޅައިފާނެތީއެވެ. 46. (46) އެކަލާނގެ وحي ކުރެއްވިއެވެ. ތިޔަދެބޭކަލުން ބިރުނުގަންނާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިޔަދެބޭކަލުންނާ އެކުގައެވެ. ތިޔަދެބޭކަލުންގެ ބަސްއައްސަވާ އަދި ބައްލަވާވޮޑިގެންވަމެވެ. 47. (47) ތިޔަދެކަލުން އޭނާއަށް ވިދާޅުވާށެވެ. ހަމަކަށަވަރުން އަހުރެމެންނަކީ މަނިކުފާނުގެ ربّ ފޮނުއްވި ދެ رسول ންނީމުއެވެ. (ދެންފަހެ އެދެބޭކަލުން فرعون ގެގާތަށް ވަޑައިގެން دين އަށް ގޮވާލައްވާ) އަދި ވިދާޅުވިއެވެ. އަޅުގަނޑުމެންނާއެކު بني إسْرائيل ފޮނުއްވާށެވެ. އަދި އެމީހުންނަށް عذاب ނުދައްކާށެވެ. ހަމަކަށަވަރުން އަޅުގަނޑުމެން މިއައީ މަނިކުފާނުންގެ ربّ ގެ حضرة ން معجزة އާއިގެންނެވެ. އަދި ސަލާމަތްކަންހުރީ ތެދުމަގާއި تبع ވެއްޖެ މީހަކަށެވެ. 48. (48) އަދި ހަމަކަށަވަރުން عذاب ހުރީ (ﷲ އާއި رسول ން) ދޮގުކޮށް އަދި إيمان ކަމަށް ފުރަގަސްދިން މީހަކަށެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать