Registrazione
Registrazione
Registrazione
Seleziona la lingua
020

Taha 20:15 ان الساعة اتية اكاد اخفيها لتجزى كل نفس بما تسعى ١٥

20:15
إِنَّ
ٱلسَّاعَةَ
ءَاتِيَةٌ
أَكَادُ
أُخۡفِيهَا
لِتُجۡزَىٰ
كُلُّ
نَفۡسِۭ
بِمَا
تَسۡعَىٰ
١٥
(15) ހަމަކަށަވަރުން قيامة ދުވަސް އަންނަނީއެވެ. (އެއީ އަންނާނެ އެއްޗެކެވެ.) ތިމަންރަސްކަލާނގެ ذات ފުޅަށްވެސް އެދުވަސް ވަންހަނާކުރެއްވުން ގާތްވެގެންވެއެވެ. (އެބަހީ: އެއްވެސް މީހަކަށް އެދުވަސް ނާންގަވާހުށީމެވެ.) އެދުވަސް އަންނަހުށީ ކޮންމެ نفس އަކަށްވެސް އެ نفس އެއް ކުރިކަންތަކަށް (ހެވަސް ނުބަޔަސް) ޖަޒާދެއްވުމަށެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The First Revelation to Musa

Allah, the Exalted, says,

فَلَمَّآ أَتَاهَا

(And when he came to it,) This is referring to the fire when he approached it.

نُودِىَ يمُوسَى

(He was called by name: "O Musa!") In another Ayah it says,

نُودِىَ مِن شَاطِىءِ الْوَادِى الأَيْمَنِ فِى الْبُقْعَةِ الْمُبَارَكَةِ مِنَ

…

The First Revelation to Musa

Allah, the Exalted, says,

فَلَمَّآ أَتَاهَا

(And when he came to it,) This is referring to the fire when he approached it.

نُ

…
Altri Tafsir

Leggere nel contesto

Capitolo 20, Pagina 313, Juz 16

9. (9) އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނަށް موسى (عليه السّلام) ގެ ވާހަކަ އެނގިވަޑައިގެންފައިވޭތޯއެވެ. (އޭރު އެކަލޭގެފާނު ހުންނެވީ أهل ވެރިންނާއިއެކު صَحَرَاى ގައި ރޭގަނޑު މަގު ގެއްލިފައެވެ. ފިނިބާރު ރެއެކެވެ.) 10. (10) އެހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ أهل ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން މިތާ ތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނެއެވެ. އެތަނުން (ކަލޭމެން ހީފިލުވުމަށް) އަލިފާން ދަރުބުރިއެއް ހިފައިގެން ކަލޭމެން ގާތަށް އަހުރެން އައުން أمّيد ކުރެވެއެވެ. ނުވަތަ އަލިފާނުގެ ކައިރިން މަގުއޮޅުންފިލުވައިދޭނެ މީހަކު ފެނުން أمّيد ކުރެވެއެވެ. އެތަނުން ތެދުމަގު ލިބިދާނެއެވެ. 11. (11) ދެންފަހެ އެކަލޭގެފާނު އެތަނަށް (އަލިފާނުގެ ކައިރިއަށް) ވަޑައިގެންނެވިހިނދުން އެކަލޭގެފާނަށް ގޮވާލެވުނެވެ. نِداء އިއްވެވުނެވެ. އޭ موسى އެވެ. 12. (12) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭގެފާނުންގެ ربّ އެވެ. ފަހެ ކަލޭގެފާނުންގެ ފައިވާންޖޯޑުކޮޅު ބާލުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ طُوَى އެކިޔާ مقدّس طاهر ވާދީގައެވެ. 13. (13) އަދި ތިމަންރަސްކަލާނގެ (رسول ކަމަށް) ކަލޭގެފާނު إختيار ކުރައްވައިފީމެވެ. އެހެންވެ وحي ގައި އިއްވެވޭ އެއްޗަކަށް އައްސަވާށެވެ. 14. (14) ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ (حقّ) އެހެން އެއްވެސް إله އަކު ނުވެއެވެ. ފަހެ އެހެންވެ ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ. އަދި ތިމަންރަސްކަލާނގެ ހަނދުމަ ކުރެއްވުމަށް ނަމާދު قائم ކުރައްވާށެވެ. 15. (15) ހަމަކަށަވަރުން قيامة ދުވަސް އަންނަނީއެވެ. (އެއީ އަންނާނެ އެއްޗެކެވެ.) ތިމަންރަސްކަލާނގެ ذات ފުޅަށްވެސް އެދުވަސް ވަންހަނާކުރެއްވުން ގާތްވެގެންވެއެވެ. (އެބަހީ: އެއްވެސް މީހަކަށް އެދުވަސް ނާންގަވާހުށީމެވެ.) އެދުވަސް އަންނަހުށީ ކޮންމެ نفس އަކަށްވެސް އެ نفس އެއް ކުރިކަންތަކަށް (ހެވަސް ނުބަޔަސް) ޖަޒާދެއްވުމަށެވެ. 16. (16) ފަހެ قيامة ދުވަހަށް إيمان ނުވާމީހުން ކަލޭގެފާނު ހުއްޓުވިޔަނުދޭށެވެ. އެބަހީ: ކަލޭގެފާނު قيامة ދުވަހަށް ތައްޔާރުވިޔަނުދީ އެމީހުންގެ ބަހަށް ހެއްލިގެންދިޔަ ނުދެއްވާށެވެ. ކަލޭގެފާނު އެހެން ހައްދަވައިފިއްޔާ ކަލޭގެފާނު ހަލާކުވެދާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire