Войти
Войти
Войти
Выберите язык
019

Maryam 19:70 ثم لنحن اعلم بالذين هم اولى بها صليا ٧٠

19:70
ثُمَّ
لَنَحۡنُ
أَعۡلَمُ
بِٱلَّذِينَ
هُمۡ
أَوۡلَىٰ
بِهَا
صِلِيّٗا
٧٠
(70) ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Из каждой группы нечестивцев и многобожников, совершавших одинаковые злодеяния и исповедовавших одинаковое неверие, Всевышний Аллах выведет тех, чье неповиновение было более дерзким, нечестие - более отвратительным, а неверие - более великим. Они будут первыми, кого подвергнут лютому наказанию. Зате…
Из каждой группы нечестивцев и многобожников, совершавших одинаковые злодеяния и исповедовавших одинаковое неверие, Всевышний Аллах выведет тех, чье н…
Больше тафсиров

Читать в контексте

Глава 19, Страница 310, Джуз 16

66. (66) އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟ 67. (67) ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟) 68. (68) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ. 69. (69) ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ. 70. (70) ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ. 71. (71) އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. ފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ. • އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم. 72. (72) ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ. 73. (73) އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟) 74. (74) މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ. 75. (75) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. 76. (76) އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު، كَهْفُ ސޫރަތުގެ 46 ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ. 77. (77) ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِي ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =. 78. (78) އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.) 79. (79) އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ. 80. (80) އަދި އޭނާ އެބުނާތަކެތި (އެބަހީ: ދަރިންނާއި މުދާ) ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ. 81. (81) އަދި އެމީހުން (އެބަހީ: އެ مشرك ން) ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ. 82. (82) އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать