Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
019

Maryam 19:59 ۞ فخلف من بعدهم خلف اضاعوا الصلاة واتبعوا الشهوات فسوف يلقون غيا ٥٩

19:59
۞ فَخَلَفَ
مِنۢ
بَعۡدِهِمۡ
خَلۡفٌ
أَضَاعُواْ
ٱلصَّلَوٰةَ
وَٱتَّبَعُواْ
ٱلشَّهَوَٰتِۖ
فَسَوۡفَ
يَلۡقَوۡنَ
غَيًّا
٥٩
(59) ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.)
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

They were succeeded by Wicked People and Good People

After Allah mentioned the party of blessed ones -- the Prophets and those who followed them by maintainig the limits set by Allah and His commandments, fulfilling what Allah ordered and avoiding His prohibitions -- then He mentions,

(خَلَفَ مِنْ بَع

…

They were succeeded by Wicked People and Good People

After Allah mentioned the party of blessed ones -- the Prophets and those who followed them by mai

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 19, Trang 309, Juz 16

58. (58) އެބޭބޭކަލުންނަކީ (އެބަހީ: އިސްވެދިޔަ އާޔަތްތަކުގައި ނަންގަނެވިގެންވާ رسول ންނާއި نبي އިންނަކީ) نبي ބޭކަލުންކުރެން އެބޭކަލުންގެމައްޗަށް ތިމަންރަސްކަލާނގެ نعمة ލެއްވި (خاصّ) ބޭބޭކަލުންނެވެ. އެއީ آدم (عليه السّلام) ގެ ދަރިކޮޅުންނާއި އަދި نُوحُ عليه السّلام އާއިއެކު ތިމަންރަސްކަލާނގެ އުފުއްލެވި ބޭކަލުންގެ ދަރިކޮޅުންނާއި އަދި إبراهيم عليه السّلام އާއި يعقوب عليه السّلام ގެ ދަރިކޮޅުންނާއި އަދި ތިމަންރަސްކަލާނގެ ތެދުމަގުދައްކަވައި إختيار ކުރެއްވި ބޭބޭކަލުންނެވެ. އެބޭކަލުންގެމައްޗަށް رحمن ވަންތަ ކަލާނގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެބޭކަލުން ކީރިތިކުރައްވާ حال سجدة އަށް ތިރިވެވަޑައިގަންނަވައެވެ. 59. (59) ދެންފަހެ މި ބޭބޭކަލުންގެފަހުން އެހެން ބައިގަނޑެއް އައެވެ. އެބައިމީހުން ނަމާދު ނަގައިލާ އަދި شهوة ތަކާއި (شَهْوَانى އެދުންތަކާއި) ތަބާވިއެވެ. (އެފަދަ މީހުން ފަހުން އަންނާނެއެވެ.) އެފަދަ މީހުންނާއި ނިކަންހުރެ غَيُّ އާއި ބައްދަލުވާހުއްޓެވެ. (ނަރަކައިގެ عذاب ގަދަވެގެންވާ وَادى އެއްކަމުގައިވާތަނަށް ލެވޭނެއެވެ.) 60. (60) އޭގެތެރެއިން (ދުނިޔޭގައިތިބެ) توبة ވެ صالح عمل ކުރިމީހުން މެނުވީއެވެ. ފަހެ އެފަދަމީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް އެމީހުންނަށް ނުވެވޭނެއެވެ. 61. (61) އެމީހުން އެދުވަހުން ވަންނާނެ ސުވަރުގެއަކީ قائم ވެތިބޭ ބަގީޗާތަކެކެވެ. އެއީ رحمن ވަންތަ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް غَيْبُ ގައި (އެބަހީ: ނުފެނި) އެކަލާނގެ وَعْدُ ކުރައްވާފައިވާ ބަގީޗާތަކެވެ. ހަމަކަށަވަރުން އެކަލާނގެ وعد ފުޅު އެއީ ކަނޑައެޅިގެން އޮންނާނެކަމެކެވެ. ހިނގާނެ ކަމެކެވެ. 62. (62) އެމީހުން އެސުވަރުގޭގައިތިބޭއިރު އެއްވެސް ބާވަތެއްގެ باطل އަދި ބޭކާރު ވާހަކައެއް ނުއަހާނެއެވެ. މަލާއިކަތް ބޭކަލުންގެ ސަލާމްމެނުވީ ނުއަހާނެއެވެ. (ملائكة ބޭކަލުން ސަލާމްކުރައްވާނެއެވެ.) އަދި އެތާނގައި އެމީހުންގެ ރިޒުގު ހެނދުނާއި ހަވީރު އެމީހުންނަށް ލިބިލިބިހުންނާނެއެވެ. (މިހެނދުނާއި ހަވީރުގެ ނިސްބަތް މިއީ ދުނިޔޭގެ ނިސްބަތުގައެވެ. އެހެނީ قيامة ދުވަހުން ހެނދުނާއި ހަވީރެއް ނުވެއެވެ.) 63. (63) އެސުވަރުގެއަކީ ތިމަންރަސްކަލާނގެއަށް تقوى ވެރިވީ އަޅުތަކުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށް ދެއްވާނެ ސުވަރުގެއެވެ. 64. (64) جبريل عليه السّلام ވިދާޅުވިއެވެ. (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ ގެ އަމުރުފުޅަށްމެނުވީ ތިމަންކަލޭގެފާނު ފައިބާވަޑައި ނުގަންނަވާހުށީމެވެ. (ކަލޭގެފާނުންގެ އަރިހަށް ވަޑައިނުގަންނަވާހުށީމެވެ.) އަހުރެމެންގެ ކުރިމަތީގައި އަންނަންއޮތް آخرة ދުވަހާއި އަދި އަހުރެމެންގެ ފަހަތަށް ދޫކޮށްފައިވާ މިދާ ދުނިޔެއާއި އަދި އެދެމެދުގައި ވާހާ ކަމަކާއި މިހުރިހާކަމެއް މިލްކުވެ خاصّ ވެގެންވަނީ ކަލޭގެފާނުންގެ ربّ އަށެވެ. އަދި އެއިން އެއްވެސް ކަމެއް ކަލޭގެފާނުންގެ ربّ ހަނދުމަނެތިވެވޮޑިގެން ނުވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވި ސަބަބެއްކަމުގައި تفسير ފޮތްތަކުގައި ބަޔާންވެގެންވެއެވެ. رسول ﷲ ﷺ جبريل عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު މިހާރު ތިޔަވަޑައިގަންނަވާ ވަރަށްވުރެ ގިނައިން ވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ މިސުވާލާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވިކަމުގައިވިއެވެ. والله أعلم. 65. (65) އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާތަކެތީގެވެރި ربّ އެވެ. ފަހެ އެހެންވެ ކަލޭގެފާނު އެކަލާނގެއަށް ހަމައެކަނި އަޅުކަންކުރައްވާށެވެ. އަދި އެކަލާނގެއަށް އަޅުކަންކުރެއްވުމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް إله އަކު ކަލޭގެފާނަށް އެނގިވަޑައިގަންނަވައިތޯއެވެ؟

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp