Ingia
Ingia
Ingia
Chagua Lugha

Ibrahim 14:50 سرابيلهم من قطران وتغشى وجوههم النار ٥٠

Ukurasa 261 · Juzuu 13

سَرَابِيلُهُم
مِّن
قَطِرَانٖ
وَتَغۡشَىٰ
وُجُوهَهُمُ
ٱلنَّارُ
٥٠
(50) އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم.) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Condition of the criminals on the Day of Resurrection

Allah said,

يَوْمَ تُبَدَّلُ الاٌّرْضُ غَيْرَ الاٌّرْضِ وَالسَّمَوَتُ

(On the Day when the earth will be changed to another earth and so will be the heavens) `and the creations will be brought before their Lord, and you, O Muhammad, will witness

…

The Condition of the criminals on the Day of Resurrection

Allah said,

يَوْمَ تُبَدَّلُ الاٌّرْضُ غَيْرَ الاٌّرْضِ وَالسَّمَوَتُ

(On the Day when the eart

…
Tazama Tafsir

Soma katika Muktadha

42. (42) (އޭ رسول ﷲ އެވެ!) އަދި މިއަނިޔާވެރިން - مشرك ން - ކުރާކަންތައްތަކާއިމެދު ﷲ غافل ވެވޮޑިގެންވާކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާށެވެ! އެމީހުން އެވަނީ އެދުވަހެއްގައި ލޯތައް މައްޗަށް ހުޅުވި ނުލެއްޕި ހުންނަ ދުވަހަކަށްޓަކައި ލަސްކުރެވިފައެވެ. 43. (43) އެމީހުންގެ ބޯތައް އުފުލި (ބިރުވެރިކަން ބޮޑުކަމުންގޮސް) ލޯތައް ހުޅުވި ލޮލުގެ ކަޅިތައްބޮޑުވެ އަވަސްއަވަހަށް ބެލުމަށް ލޯތައް ދަމައިގެންވާނެއެވެ. އަދި އެމީހުންގެ ހިތްތައް މުޅިން ހެޔޮކަމުން ހުސްވެ، އެއްޗެއް ނުވިސްނި حيران ކަމެއްގައިވާނެތެވެ. (އެއްވެސް އެއްޗެއް ހިތުގައި ނުވާނެއެވެ. އެއީ ހަމަ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.) 44. (44) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެބައެއްގެ ގާތަށް رسول ކަމާއިގެން ފޮނުވުނު މީސްތަކުންނަށް ކަލޭގެފާނު إنذار ކުރައްވާށެވެ! އެއީ އެމީހުންނަށް عذاب އަންނާނެ قيامة ދުވަހުގެ ވާހަކައިންނެވެ. އެދުވަހުން އަނިޔާވެރިން يعني: مشرك ން - ދަންނަވާނެއެވެ. އޭ އަޅަމެންގެ ربّ އެވެ! ކުޑަ مدّة އަކަށް ގާތް مدّة އަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އަޅަމެންގެ ކިބައިން عذاب ދުރުކުރައްވާނދޭވެ! އޭރުން އިބަރަސްކަލާނގެ دعوة އަޅަމެން قبول ކޮށް އެއަށް އިޖާބަދޭހުށީމެވެ. އަދި رسول ބޭކަލުންނާ އަޅަމެން تبع ވާހުށީމެވެ. (އޭގެ ޖަވާބުގައި ﷲ އެމީހުންނަށް އަންގަވައެވެ.) މީގެކުރިން ކަލޭމެން ދުނިޔޭގައި ތިބިއިރު ކަލޭމެން آخرة އަށް ނާންނާނެކަމުގައި - قيامة ނުވާނެކަމުގައި ހުވައިކޮށްފާ ބުނާކަމުގައި ކަލޭމެން ނުވަމުހެއްޔެވެ؟ (އެބަހީ: قيامة ނުވާނެކަމަށް ކަލޭމެން ހުވައިކޮށްފާ ބުންޏެވެ.) 45. (45) އަދި ކަލޭމެން ވަޒަންވެރިވެގެން ތިޔައުޅެނީ އެމީހުން ކާފަރުވުމުގެ ސަބަބުން އަމިއްލަ نفس އަށް އަނިޔާވެރިވީ މީސްތަކުންގެ ޖާގަތަކުގައެވެ. އެމީހުން އުޅުނު ތަންތާނގައެވެ. އަދި އެމީހުންނާއިމެދު ތިމަންރަސްކަލާނގެ ކަންތައްކުރެއްވީ ކޮންފަދައަކުންކަން ކަލޭމެނަށް ރަނގަޅަށް ބަޔާންވެ އެނގޭނެއެވެ. (އެމީހުން ތިމަންރަސްކަލާނގެއަށް އުރެދި ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅައިގަތްހިނދުން ތިމަންރަސްކަލާނގެ އެމީހުން ހަލާކުކުރެއްވީމެވެ. ކަލޭމެންގެ حال ވެސް އެހެން ވެދާނެއެވެ.) އަދި ކަލޭމެންގެ شرك ކަންތައްތަކުގެ مثال ތައް ތިމަންރަސްކަލާނގެ ކަލޭމެނަށް ޖައްސަވައިދެއްވައިފީމެވެ. ދެން މިހާރު ކަލޭމެންނަށް ތިޔަޖެހިފައިވާ عذاب ލުއިކުރުމަށް ކަލޭމެންނަށް عذاب ލަސްކުރުމަށް ތިޔައެދެނީއެވެ. 46. (46) އަދި އެމީހުން އެހެދި މަކަރުތައް އެމީހުން ހެދިއެވެ. ރޭވުންތައް ރޭވިއެވެ. އަދި އެމީހުންގެ މަކަރުތައް އަދި ރޭވުންތައް ﷲ ގެ حضرة ގައިވެއެވެ. އެބަހީ: އެމީހުންގެ ރޭވުމުގެ ނުބައިކަމާއި شرك، ﷲ ދެނެވޮޑިގެންވެއެވެ. އެމީހުންގެ މަކަރާއި ރޭވުން ފަރުބަދަތައް ބުރައިގެންގޮސް ފިލައިގެން ދިއުން ގާތްވެގެންވެއެވެ. އެހާވެސް ބޮޑެވެ. 47. (47) (އޭ رسول ﷲ އެވެ!) ފަހެ ﷲ އީ އެކަލާނގެ رسول ންނަށް ކުރައްވާފައިވާ وعد ފުޅާއި خلاف ވެވޮޑިގަންނަވާނެ ކަލަކުކަމުގައި ކަލޭގެފާނު ހީފުޅު ނުކުރައްވާހުށިކަމެވެ! (އެ وعد ފުޅަކީ އެބޭކަލުންނަށާއި އެބޭކަލުންނަށް تبع ވީ ބަޔަކަށް نصر އާއި كامياب ދެއްވުމެވެ. އެބޭކަލުންނާއި އިދިކޮޅު ހެދިބަޔަކަށް ގެއްލުމާއި ހަލާކު ހުރިކަމުގެ وعد ފުޅެވެ.) ހަމަކަށަވަރުން ﷲ އީ عزّة ވަންތަ އެބަހީ: ގަދަފަދަވަންތަ އަދި ބަދަލު ހިއްޕެވުމުގެ ވެރިކަލާނގެއެވެ. 48. (48) އެއީ މިހާރު މިވާ ބިން އެހެން ބިމަކަށް ބަދަލުވާ ދުވަހެވެ. (މިބިން ބަދަލުވެ ހުދު ރިހިގަނޑެއްފަދައިން ލައްވާނެކަމުގައި ބުނެވެއެވެ.) އަދި މިއުޑުތައްވެސް އެހެން އުޑުތަކަކަށް ބަދަލުވެގެން ދާނޭ ދުވަހުންނެވެ. އަދި އެންމެހައި މީސްތަކުން ކަށްވަޅުތަކުން ނުކުމެގެން އެއްކައުވަންތަ ކުޅަދުންވަންތަ ކަލާނގެއަށް ފައުޅުވެގަންނާނެއެވެ. 49. (49) (އޭ رسول ﷲ އެވެ!) އަދި އެދުވަހުން- އެބަހީ: قيامة ދުވަހުން ކަލޭގެފާނަށް ކުށްވެރިން يعني:مجرم ން ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތްތަކާއި ފައިތައް އެމީހުންގެ ކަނދުރާތަކާއިއެކު ކަސްތަޅު އެޅެވިގެންވާތީއެވެ. 50. (50) އެމީހުންގެ ގައިގައިވާ ލިބާސްވާނީ قَطِرَانُ ކިޔާ ކަޅުކުލައިގެ މާއްދާއަކުންނެވެ. (އެއީ ބޮލާކީނުކަހަލަ ތާރުކަހަލަ އަވަހަށް އަލިފާން ހިފާކަހަލަ ހޫނުގަދަ މާއްދާއެއްކަމުގައިވެއެވެ. އެއަށް ދިވެހިން ކިޔަނީ ކަތުރާނު ކަމަށްހީވެއެވެ. ނުވަތަ އެއީ ލޮއެވެ. والله أعلم.) އަދި އެމީހުންގެ މޫނުތައް އަލިފާނުން ނިވައިކުރާނެއެވެ. އެބަހީ: އެމީހުންގެ މޫނުތައްވާނީ ނަރަކައިގެ އަލިފާނުން ނިވައިވެފައެވެ. 51. (51) އެކަން އެހެން އެހައްދަވަނީ ﷲ تعالى ކޮންމެ نفس އަކަށްވެސް އެ نفس އެއްކުރި މަސައްކަތުގެ ކުރި عمل ގެ جزاء ދެއްވުމަށެވެ. ހަމަކަށަވަރުން ﷲ تعالى އީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia