Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Ibrahím 14:29 جهنم يصلونها وبيس القرار ٢٩

Página 259 · Juz 13

جَهَنَّمَ
يَصۡلَوۡنَهَاۖ
وَبِئۡسَ
ٱلۡقَرَارُ
٢٩
(28)،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ. • ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Recompense of Those Who have changed the Blessings of Allah into Disbelief

Al-Bukhari said, "Allah's statement,

أَلَمْ تَرَ إِلَى الَّذِينَ بَدَّلُواْ نِعْمَتَ اللَّهِ كُفْرًا

Have you not seen those who have changed the blessings of Allah into disbelief..., means, do you have knowledge in. Allah s

…

The Recompense of Those Who have changed the Blessings of Allah into Disbelief

Al-Bukhari said, "Allah's statement,

أَلَمْ تَرَ إِلَى الَّذِينَ بَدَّلُو

…
Ver Tafsires

Leer en contexto

28. (28)،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ. • ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم. 29. (28)،(29) (އޭ رسول ﷲ އެވެ!) ﷲ ގެ نعمة ކާފަރުކަމަކަށް ބަދަލުކުރިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެމީހުން އެމީހުންގެ قوم ހަލާކުގެތެރެއަށް ހަލާކުގެ ގޮވަތީގެތެރެއަށް ވައްޓައިލިއެވެ. އެގޮވައްޗަކީ جهَنَّم އެވެ. ނަރަކައެވެ. އެއީ ހަމަޖެހުމަށް قرار ވުމަށް ނުބައިވެގެންވާ ތަނެކެވެ. • ދަންނައެވެ! މިއާޔަތުގައި ސިފަވެގެން މިދަނީ محمّد ﷺ އާއި مكّة ގެ ކާފަރު قريش ންގެ ވާހަކަކަމުގައި تفسير علم ވެރިންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވެއެވެ. އެމީހުންނަށް ﷲ ފޮނުއްވި نعمة އަކީ ﷲ ފޮނުއްވި މާތް رسول އާއެވެ. محمّد ﷺ އެވެ. އެއީ އެމީހުންނަށް އެކަލާނގެ ފޮނުއްވި ދުނިޔެއާއި آخرة ގެ نعمة އެވެ. އެމީހުން އެ نعمة އަށް ކާފަރުވީއެވެ. އެކަލޭގެފާނަށް إيمان ނުވެ އެކަލޭގެފާނު ރަށުންވެސް ނެރެލުމަށް މަސައްކަތް ކުރީއެވެ. އެ نعمة ކާފަރުކަމަށް ބަދަލުކުރީއެވެ. އަދި އެ قوم ގެ ބޮޑެތި ކާފަރުންގެ ސަބަބުން ދެންތިބި އެތައްބަޔަކުވެސް ހަލާކުގެތެރެއަށް ވެއްޓުނީއެވެ. ބަދުރު ހަނގުރާމައިގައި އެތައްބަޔަކު ކާފަރުކަންމަތީ މަރުވެދިޔައީއެވެ. މިވާހަކައިގެ ސަބަބު މައްކާގެ ކާފަރުންނާއި ގުޅިގެން އައިސްފައި އޮތެއްކަމަކު އެގޮތަށް ކަންތައްކުރާ އެންމެން އޭގެތެރެއަށް ނުވަދެ ނުދާނެ އެއްގޮތެއްވެސް ނެތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ކީރިތި قرآن އާއި މާތް سنّة ގައިވާ حكم ތަކާއި ހަމަތައް ދޫކޮށް އެޔާ خلاف قانون ތައް ހަދާ އެއަށް تبع ވުމަށް އަމުރުކުރާ ބަޔަކު މިއާޔަތުގެ ދަށަށް ނުވަންނާނެ ބާވައެވެ؟ މައްސަލަ ހަމަ އެއްމައްސަލައެކެވެ. ތަނާއި މީހުންގެ ތަފާތެއް މެނުވީ ނެތެއްނޫންތޯއެވެ. والله أعلم. 30. (30) އަދި އެމީހުން ﷲ އަށް شريك ންތަކެއް ލައި އެކަލާނގެއާއި ބައިވެރިކުރީއެވެ. އެއީ ﷲ ގެ މަގުން މީސްތަކުން ފުރައްދާ ދުރުކުރުމަށެވެ. ނުވަތަ އެމީހުން މަގުފުރެދުމަށްޓަކައެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ދުނިޔޭގައި مدّة އަކު އަރާމުކުރާށެވެ! ހަމަކަށަވަރުން ކަލޭމެން އެނބުރިދިއުންވަނީ ނަރަކައަށެވެ. ނުވަތަ އެނބުރިދާތަން އޮތީ ނަރަކައިގައެވެ. 31. (31) (އޭ رسول ﷲ އެވެ!) ކަލޭގެފާނަށާއި ތިމަންރަސްކަލާނގެއަށް إيمان ވެގެންތިބި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެމީހުން ނަމާދު قائم ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވިތަކެތީން ސިއްރާއި ފައުޅުގައި ހޭދަކުރާށެވެ! (ﷲ ގެ މަގުގައި ޒަކާތްދީ صدقاة ދީ ހަދާށެވެ!) އެއީ އެދުވަހުން އެއްވެސް ގަނެވިއްކުމެއް ނެތް އަދި فدية އެއް قبول ވުމެއްނެތް އަދި رحمة ތެރިކަމުގެ އެއްވެސް ކަމަކުންފައިދާއެއް ނުކުރާނެ (قيامة ދުވަސް) އައުމުގެ ކުރީންނެވެ. 32. (32) އުޑުތަކާއި ބިން ނެތުމުގެތެރެއިން ހެއްދެވީ ހަމަ ﷲ އެވެ. އަދި އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން އެފެނުގެ ބާރުގައި އެފެނުގެ ސަބަބުން ގަސްގަހުގެ މަތިވަރުތައް އެކަލާނގެ ކަލޭމެންނަށް ނެރެދެއްވިއެވެ. އެއީ ކަލޭމެންނަށްވާ ރިޒުގެއްގެގޮތުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކަނޑުގައި ދުވާ ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދުތައް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ކަލޭމެންނަށްޓަކައި ކޯރުތައްވެސް އެކަލާނގެ ކިޔަމަންކޮށްދެއްވިއެވެ. 33. (33) އަދި ދާއިމީގޮތެއްގައި އަރާއޮއްސޭގޮތަށް އިރާއި ހަނދު އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި ރޭގަނޑާއި ދުވާލުވެސް (قواعد ން ތަރުތީބުވެ ހިނގާގޮތަށް) އެކަލާނގެ ކަލޭމެންނަށް ކިޔަމަންކޮށްދެއްވިއެވެ. 34. (34) އަދި އެއެއްޗަކަށް ކަލޭމެން އެދި އެކަލާނގެއާއި ސުވާލުކޮށް ދެންނެވި ކޮންމެއެއްޗަކުންވެސް އެކަލާނގެ އެއިން ބައެއްދެއްވިއެވެ. އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރިޔަސް އެ نعمة ތައް ކަލޭމެންނަށް عدد ކޮށް ހިމަނައި ނުގަނެވޭނެއެވެ. އެހާގިނަވާނެއެވެ. ހަމަކަށަވަރުން އިންސާނާވީ (އެ نعمة ތަކުގެ شكر އެކަލާނގެ ނޫންފަރާތަކަށް އަނބުރައިލާ އެކަލާނގެ ނޫންފަރާތަކަށް އަޅުކަންކުރުމުގެ ގޮތުން) އޭނާގެ نفس އަށް އަނިޔާވެރިއަކުކަމުގައެވެ. އަދި އެކަލާނގެއަށް ގިނަގިނައިން ކާފަރުވާމީހަކުކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir