Войти
Войти
Войти
Выберите язык

Hud 11:96 ولقد ارسلنا موسى باياتنا وسلطان مبين ٩٦

Страница 232 · Джуз 12

وَلَقَدۡ
أَرۡسَلۡنَا
مُوسَىٰ
بِـَٔايَٰتِنَا
وَسُلۡطَٰنٖ
مُّبِينٍ
٩٦
(96) އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Когда Всевышний Аллах повелел уничтожить народ Шуейба, спастись от наказания удалось только самому пророку и тем, кто уверовал вместе с ним. А нечестивцы были поражены зловещим воплем и неподвижно лежали в их домах. На утро они не двигались и не издавали никаких звуков, словно в их домах никогда не …
Когда Всевышний Аллах повелел уничтожить народ Шуейба, спастись от наказания удалось только самому пророку и тем, кто уверовал вместе с ним. А нечести…
Вид tafsirs

Читать related-content

96. (96) އަދި موسى عليه السّلام ތިމަންރަސްކަލާނގެ އާޔަތްތަކާއި އަދި (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމަށް دليل ކުރާ) حجّة ތަކާއި دليل ތަކާއިއެކު ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. 97. (97) އެއީ فرعون އާއި އޭނާގެ ބޮޑުންގެގާތަށެވެ. ފަހެ އެމީހުން تبع ވީ فرعون ގެ أمر އާއިއެވެ. (فرعون ވަނީ ﷲ އާއި موسى عليه السّلام ދޮގުކޮށްފައެވެ.) އަދި فرعون ގެ ކަންތައް ތެދުމަގާއި ހެޔޮކަމުގެތެރޭގައި ނުވެއެވެ. 98. (98) އޭނާ އެބަހީ: فرعون އޭނާގެ قوم ގެ ކުރީގައި ހުރެ يعني: އިސްމީހަކަށްހުރެ އެމީހުން ނަރަކައަށް ވައްދާނެއެވެ. ފަހެ އޭނާ އެމީހުން އެވައްދާތަން ނުބައިވެގެންވެއެވެ. 99. (99) އަދި މިދުނިޔޭގައިވެސް އެމީހުންނަށް لعنة تبع ވެގެންވެއެވެ. އަދި آخرة ގައިވެސް އެމީހުންނަށް لعنة ވެއެވެ. އެއް އެހީއަށްފަހު ވެވުނު އަނެއް އެހީނުބައިވެގެންވެއެވެ. (އެއީ ދުނިޔޭގެ لعنة އަށްފަހު آخرة ގެ لعنة ގެ ވާހަކައެވެ. އެއީ فرعونއެމީހުންނަށް ވެދިން އެހީއެވެ.) 100. (100) (އޭ رسول ﷲ އެވެ!) އިސްވެދިޔަ ވާހަކަތަކަކީ ވޭތިވެދިޔަ އެކިރަށްރަށުގެ خبر ތަކުގެތެރެއިން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދޭ خبر ތަކެވެ. އަދި އެރަށްތަކުގެތެރޭގައި ހަލާކުނުވެ އަދިއަދަށްދާންދެން ހުރި ރަށްރަށްވެއެވެ. އަދި އޭގެތެރޭގައި ހަލާކުވެ ބަރުބާދުވެފައިވާ ރަށްރަށްވެއެވެ. 101. (101) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީއެވެ. އަދި ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައިހިނދުން - އެބަހީ: އެބަޔަކު ހަލާކު ކުރެއްވުމުގެ أمر ފުޅުއައިހިނދުން ތިމަންރަސްކަލާނގެ ފިޔަވައި އެމީހުން އެގޮވާ دعاء ކުރިތަކެތި يعني: އެމީހުންގެ އެބުނާ إله ންތައް އެމީހުންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އިތުރު ގެއްލުމަކާއި ހަލާކެއްމެނުވީ އެބުދުތައް އެމީހުންނަށް އިތުރު ނުކުރެއެވެ. 102. (102) ކަލޭގެފާނުންގެ ربّ އެރަށެއްގެ ބަޔަކު އަނިޔާވެރިވެގެންވާ حال އެރަށެއް ހިތްޕަވާ ހަލާކުކުރައްވަންޏާ އެކަލާނގެ އެރަށެއް ހިތްޕަވަނީ ހަމަ އެފަދައިންނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ ވޭންހުރި ގަދަފަދަ ހިތްޕެވުމެކެވެ. 103. (103) ހަމަކަށަވަރުން އެކަންތަކުގައި - އެބަހީ: ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ރަށްރަށް ހަލާކުކުރެއްވުމުގައި آخرة ދުވަހުގެ عذاب އަށް ބިރުވެތިވާ މީހަކަށް ކަނޑައެޅި بيان ވެގެންވާ عبرة ވެއެވެ. وعظ ވެއެވެ. އެދުވަހަކީ އެދުވަހަކަށް މީސްތަކުން (ކަށްވަޅުތަކުން ނުކުމެގެން) ޖަމާވާނޭ ދުވަހެވެ. އަދި އެދުވަހަކީ އެއީ ހެކިވެވޭނޭ ދުވަހެވެ. ނުވަތަ حاضر ވާނޭ ދުވަހެވެ. 104. (104) އަދި ކަނޑައެޅި عدد ވެގެންވާ مدّة އަކަށްމެނުވީ ތިމަންރަސްކަލާނގެ ދުވަސް ލަސްނުކުރައްވަމެވެ. 105. (105) އަދި އެދުވަސް އައުމުން އެކަލާނގެ އިޒުނަފުޅަށްމެނުވީ ހަމައެއްވެސް نفس އެއް ވާހަކަ ނުދައްކާނެއެވެ. ފަހެ އެމީހުންގެތެރޭގައި ވަނީ އަބާއްޖަވެރިންނާއި ބާއްޖަވެރިންނެވެ. 106. (106) ފަހެ އަބާއްޖަވެރިން ދަންނައެވެ! އެމީހުން (އެދުވަހުން) ނަރަކައިގައެވެ. އެމީހުންނަށް އެތާނގައި އިވޭނީ އެނަރަކަ ބޭރަށް ނޭވައިލާ އަޑާއި އަދި އޭތި އެތެރެއަށް ނޭވައި ހިފަހައްޓާ އަޑެވެ. 107. (107) އަދި ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އަބަދާއަބަދު އެމީހުން އެތާ ދެމިތިބޭނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެއީ އެކަލާނގެ އެދިވޮޑިގަންނަވާކަމެއްވިއްޔާ ހަމަ ކޮންމެހެން ކުރައްވާ ކަލާނގެއެވެ. 108. (108) އަދި ބާއްޖަވެރިވީމީހުން ދަންނައެވެ! ފަހެ އެމީހުންވަނީ ސުވަރުގޭގައެވެ. ކަލޭގެފާނުންގެ ربّ އިރާދަކުރެއްވި މިންވަރެއްމެނުވީ އެމީހުން އެތާ ދާއިމީގޮތެއްގައި ދެމިތިބޭހުއްޓެވެ. އެއީ ކެނޑިދިއުމެއްނުވާ ދެއްވުމެއްގެގޮތުގައެވެ. (ދެމިހުންނަ نعمة އެއްގެގޮތުންނެވެ.) 109. (109) (އޭ رسول ﷲ އެވެ!) ފަހެ މިބައިމީހުން އެބަހީ: ކަލޭގެފާނުންގެ قوم ގެ مشرك ން - އެއަޅުކަންކުރާ ތަކެއްޗާއިމެދު ކަލޭގެފާނު ޝައްކު ނުކުރައްވާ ހުށިކަމެވެ. އެމީހުންގެ ކާބަފައިން މީގެކުރިން އަޅުކަންކުރާފަދައިންމެނުވީ މިމީހުންވެސް އަޅުކަންކުރާކަމުގައި ނުވެއެވެ. (މިމީހުން ބުދަށް މިއަޅުކަންކުރަނީ ކާބަފައިންނަށް تبع ވުމަށެވެ.) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ حقّ (ހެވަސް ނުބަޔަސް) ހަމަ މަދުކުރުމަކާއި ނުލައި ބަރާބަރުކޮށްދޭހުށީމެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать