Войти
Войти
Войти
Выберите язык

Hud 11:20 اولايك لم يكونوا معجزين في الارض وما كان لهم من دون الله من اولياء يضاعف لهم العذاب ما كانوا يستطيعون السمع وما كانوا يبصرون ٢٠

Страница 224 · Джуз 12

أُوْلَٰٓئِكَ
لَمۡ
يَكُونُواْ
مُعۡجِزِينَ
فِي
ٱلۡأَرۡضِ
وَمَا
كَانَ
لَهُم
مِّن
دُونِ
ٱللَّهِ
مِنۡ
أَوۡلِيَآءَۘ
يُضَٰعَفُ
لَهُمُ
ٱلۡعَذَابُۚ
مَا
كَانُواْ
يَسۡتَطِيعُونَ
ٱلسَّمۡعَ
وَمَا
كَانُواْ
يُبۡصِرُونَ
٢٠
(20) އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Они не смогут избежать возмездия Аллаха, потому что находятся в Его власти и зависят от Его воли. Никто не сможет избавить их от неприятностей и одарить их желанным вознаграждением, и они лишатся возможности повлиять на сложившуюся ситуацию. Их будет ожидать суровое наказание, которое будет только у…
Они не смогут избежать возмездия Аллаха, потому что находятся в Его власти и зависят от Его воли. Никто не сможет избавить их от неприятностей и одари…
Вид tafsirs

Читать related-content

15. (15) ހަމައެކަނި ދުނިޔޭގެ حياة އާއި އެތާނގެ ޒީނަތްތެރިކަން އެދޭމީހާއަށް ތިމަންރަސްކަލާނގެ އެމީހާ އެދުނިޔޭގައި ކުރާ عمل އަށް އެދުނިޔޭގައި ބަރާބަރަށް جزاء ދެއްވައި ހަމަ ކޮށްދޭހުށީމެވެ. އަދި އެމީހުން އެތާ އެކުރި އެއްވެސް عمل އެއްގެ އެއްވެސް މިންވަރެއް މަދުނުކުރެވޭހުއްޓެވެ. 16. (16) އެމީހުންނަކީ آخرة ދުވަހުން އެމީހުނަށް ނަރަކަނޫނީ ނެތްބައެކެވެ. އެބަހީ: އެމީހުންނަށް އެދުވަހުން ހުންނަހުށީ ހަމައެކަނި ނަރަކައެވެ. އެމީހުން އެދުނިޔޭގައި ކުރި عمل ގެ ދަރުމަޔާ ثواب ނެތިވެ باطل ވެގެން ދިޔައީއެވެ. (އެހެންވާންޖެހުނީ އެމީހުން ދުނިޔޭގައި عمل ކުރީ ﷲ ގެ وجه ފުޅު އެދިގެންކަމުގައި ނުވުމެވެ. آخرة ގެ ދަރުމަޔާ ثواب ނުއެދުމުގެ ސަބަބުންނެވެ. ހަމައެކަނި ދުނިޔެއެދުމުގެ ސަބަބުންނެވެ.) 17. (17) އަޅެފަހެ އެމީހާގެ رَبّ ގެ حضرة ން ބަޔާންވެގެންވާ دليل އެއްގެމަތީގައިވާމީހާފަދަހެއްޔެވެ؟ (އެބަހީ: މިފަދަމީހާއާއި ހަމައެކަނި ދުނިޔޭގެ ދިރިއުޅުމާއި އެތާނގެ ޒީނަތް އެދިގެން މަސައްކަތްކުރިމީހާޔާ ދެމީހުން ހަމައެއްވަރުހެއްޔެވެ؟ އެއްވަރުނުވާނެކަން ކަށަވަރެވެ.) ދެންފަހެ އެމީހާގެ رَبُّ ގެ حضرة ން ބަޔާންވެގެންވާ دليل ގެމަތީގައިވާ މީހަކީ محمّد ﷺ އެވެ. އަދި އެބަޔާންވެގެންވާ دليل ކިޔަވާ ވިދާޅުވެދެއްވުމަށް އެކަލާނގެ حضرة ންވާ شَاهد އަކު ވެއެވެ. ހެކިވެރިއަކުވެއެވެ. (އެއީ جبريل عليه السّلام އެވެ.) އަދި އޭގެކުރީގައި موسى عليه السّلام އަށް ބާވައިލެއްވި ފޮތްވެއެވެ. އެފޮތްވެސް جبريل عليه السّلام ކިޔަވާ ވިދާޅުދެއްވިއެވެ. އެފޮތް ބާވައިލައްވާފައިވަނީ އޭރުތިބި މީހުންނަށްވާ إمام އެއްކަމުގައްޔާއި رحمة އެއްކަމުގައެވެ. އަދި އެމީހުން އެފޮތަށް إيمان ވެއެވެ. (އެބަހީ: އޭރުތިބި بني إسرائيل ން އެފޮތަށް އީމާންވެއެވެ. އެފޮތުގައި މި ނަބިއްޔާގެ ސިފަފުޅު ބަޔާންވެގެންވެއެވެ.) އަދި އެ قرآن އަށް ނުވަތަ محمّد ﷺ އަށް كافِرُ ވެއްޖެއްޔާ ފަހެ އެމީހާގެ ޖާގައަކީ قيامة ދުވަހުން ނަރަކައެވެ. (އޭ رسول ﷲ އެވެ!) ފަހެ ކަލޭގެފާނު އެ قرآن އާމެދު ޝައްކެއްގައިވާމީހަކުކަމުގައި ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން އެ قرآن އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ حقّ އެވެ. އަދި އެހެންނަމަވެސް ގިނަމީހުން އީމާން ނުވެއެވެ. ތެދުނުކުރެއެވެ. (މިއާޔަތުގެ މާނަ ގިނަގޮތްގޮތަށް ލިޔެވިގެންވެއެވެ. މިއީ އޭގެއެއްގޮތެވެ.) 18. (18) އަދި ﷲ ގެމައްޗަށް ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ވަކިން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ (އެބަހީ: އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވެއެވެ.) އެފަދަމީހުން قيامة ދުވަހުން ﷲ تعالى ގެ حضرة އަށް ހުށައެޅޭނެއެވެ. އެމީހުންގެ رَبُّ ގެ حضرة އަށް ހުށައެޅޭނެއެވެ. އަދި ހެކިދެއްވާ ބޭކަލުން (ملائكة ބޭކަލުން ނުވަތަ رسول ބޭކަލުން) ވިދާޅުވާނެއެވެ. މިމީހުންނަކީ އެމީހުންގެ رَبُّ ގެ މައްޗަށް ދޮގުހެދިމީހުންނެވެ. (މިއީ އަނިޔާވެރިންނެވެ.) ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ لعنة ހުއްޓެވެ. 19. (19) އެމީހުންނަކީ ﷲ ގެ މަގު ހިފަހައްޓާ ބަންދުކުރިމީހުންނެވެ. އަދި އެމަގު ގުދުކޮށް ބަޅުކުރަން އެދޭމީހުންނެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة އަށް ކާފަރުވެގެންނެވެ. 20. (20) އެމީހުން (ދަންނައެވެ!) އެމީހުންނަށް ބިންމަތީގައި (ﷲ) ނުކުޅައްދައި ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި (قيامة ދުވަހުން) އެމީހުންނަށް އެއްވެސް ސަހަރޯވެރިޔަކު ނުވާނެއެވެ. އެމީހުންނަށް عذاب ޑަބަލްކުރެވޭނެއެވެ. އަދި އެމީހުންނަކީ حقّ ބަހެއް އިވުމަށް ކުޅަދާނަވެގެންވާބަޔަކު ކަމުގައި ނުވެއެވެ. އަދި حقّ އެއްޗެއް ފެންނާނޭ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. 21. (21) އެމީހުންނަކީ އެމީހުންގެ نفس ތައް ނަގައިލިމީހުންނެވެ. ގެއްލުވައިލި މީހުންނެވެ. އަދި އެމީހުން ދޮގުހަދާ ކަމުގައިވީތަކެތި (ބުދުތައް) އެމީހުންގެ ކިބައިން ގެއްލިގެންދާނެއެވެ. 22. (22) ހަމަކަށަވަރުން އެމީހުންނަކީ آخرة ގައި އެންމެބޮޑަށް ގެއްލިހަލާކުވި މީހުންކަމުގައިވުމީ عجائب އެއްނޫނެވެ. އެއީ ހަމަ حقّ ކަމެކެވެ. 23. (23) (އެމީހުންގެތެރެއިންވެސް) އީމާންވެގެން صالح عمل ކޮށް އަދި އެމީހުންގެ رَبّ އަށް توبة ވެ ބިރުވެތިވީމީހުން މެނުވީއެވެ. އެމީހުން އެއީ ސުވަރުގޭގެ އެކުވެރިންނެވެ. އެމީހުން ހަމަ އެތާ ދެމިތިބޭނެއެވެ. 24. (24) ދެބައިގަނޑުގެ މިސާލަކީ - އެބަހީ: ކާފަރުބައިގަނޑާއި مؤمن ންނާއި ދެބައިމީހުންގެ މިސާލަކީ، ކަނު އަދި ބީރުމީހަކާއި ލޮލަށް ފެންނަ އަދި ކަންފަތަށް އިވޭ މީހަކާ ދެމީހުންގެ މިސާލެވެ. މިދެމީހުން ފަހެ މިސާލުގެގޮތުން ހަމަހަމަވާނެ ހެއްޔެވެ؟ (ހަމަހަމަ ނުވާނެކަން ކަށަވަރެވެ.) ކަލޭމެން ފަހެ نصيحة ލިބިނުގަންނާނޭހެއްޔެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать