(73)،(74) "ﷲ ފިޔަވައި (އެ ތަކެއްޗަށް އަޅުކަންކުރި ބުދުތައް ފަހެ މިހާރު ކޮބައިހެއްޔެވެ؟)" އެވަގުތު އެމީހުން ދަންނަވާނެއެވެ. "އެތަކެތި އަހުރެމެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އަހުރެމެންނަށް އެތަކެތި ނުފެނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ މީގެ ކުރީގައި އަހުރެމެން އެއްވެސް އެއްޗަކަށް دعاء ކޮށް، އަޅުކަންކޮށް އުޅުނު ކަމުގައި ނުވެއެވެ." (އެހިސާބަށް ދިޔައީމާ އެމީހުން އެ އަޅުކަން ކުރި ބުދުތަކަކީ އަދި ﷲ ފިޔަވައި އަޅުކަންކުރި އެންމެހައި ތަކެއްޗަކީ باطل އެއްޗެތިކަން އެގިދާނެއެވެ. އެކަމަކު ދެން ކުރާނީ ކިޔެއް ހެއްޔެވެ؟) ފަހެ ﷲ އަށްكافر ވެއްޖެ މީސްތަކުން އެކަލާނގެ މަގުފުރައްދަވަނީ އެފަދައިންނެވެ.