Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Gáfir 40:67 هو الذي خلقكم من تراب ثم من نطفة ثم من علقة ثم يخرجكم طفلا ثم لتبلغوا اشدكم ثم لتكونوا شيوخا ومنكم من يتوفى من قبل ولتبلغوا اجلا مسمى ولعلكم تعقلون ٦٧

Página 475 · Juz 24

هُوَ
ٱلَّذِي
خَلَقَكُم
مِّن
تُرَابٖ
ثُمَّ
مِن
نُّطۡفَةٖ
ثُمَّ
مِنۡ
عَلَقَةٖ
ثُمَّ
يُخۡرِجُكُمۡ
طِفۡلٗا
ثُمَّ
لِتَبۡلُغُوٓاْ
أَشُدَّكُمۡ
ثُمَّ
لِتَكُونُواْ
شُيُوخٗاۚ
وَمِنكُم
مَّن
يُتَوَفَّىٰ
مِن
قَبۡلُۖ
وَلِتَبۡلُغُوٓاْ
أَجَلٗا
مُّسَمّٗى
وَلَعَلَّكُمۡ
تَعۡقِلُونَ
٦٧
(67) އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Prohibition of Shirk, the Order for Tawhid, and the Evidence

Allah says, `say, O Muhammad, to these idolators, that Allah forbids them to worship anyone, such as these idols and false gods, except Him.' Allah explains that no one apart from Him is deserving of worship, as He says:

هُوَ الَّذِى خَل
…

The Prohibition of Shirk, the Order for Tawhid, and the Evidence

Allah says, `say, O Muhammad, to these idolators, that Allah forbids them to worship a

…
Ver tafsirs

Leer related-content

61. (61) އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ. 62. (62) އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟) 63. (63) ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ. 64. (64) ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. 65. (65) އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ. އެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ. 66. (66) (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.)" 67. (67) އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ. 68. (68) އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް "ވާށޭ" މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir