Войти
Войти
Войти
Выберите язык

Ghafir 40:64 الله الذي جعل لكم الارض قرارا والسماء بناء وصوركم فاحسن صوركم ورزقكم من الطيبات ذالكم الله ربكم فتبارك الله رب العالمين ٦٤

Страница 474 · Джуз 24

ٱللَّهُ
ٱلَّذِي
جَعَلَ
لَكُمُ
ٱلۡأَرۡضَ
قَرَارٗا
وَٱلسَّمَآءَ
بِنَآءٗ
وَصَوَّرَكُمۡ
فَأَحۡسَنَ
صُوَرَكُمۡ
وَرَزَقَكُم
مِّنَ
ٱلطَّيِّبَٰتِۚ
ذَٰلِكُمُ
ٱللَّهُ
رَبُّكُمۡۖ
فَتَبَارَكَ
ٱللَّهُ
رَبُّ
ٱلۡعَٰلَمِينَ
٦٤
(64) ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Вы находите на земле все, что необходимо для вашего существования. Вы можете заниматься земледелием и садоводством, строить дома и путешествовать. При этом Всемогущий Аллах не лишил вас кровли, а установил над вами небесный свод. Он украсил его могучими светилами, которые приносят вам много пользы. …
Вы находите на земле все, что необходимо для вашего существования. Вы можете заниматься земледелием и садоводством, строить дома и путешествовать. При…
Вид Тафсиры

Читать в контексте

61. (61) އަދި ﷲ އެއީ ކަލޭމެންނަށް ޓަކައި އަރާމުކޮށް، ހަނުހިމޭންވާ ތަނެއް ކަމުގައި ރޭގަނޑު ލެއްވި ކަލާނގެއެވެ. އަދި އަލިވާ ވަގުތެއް ކަމުގައި ދުވާލުވެސް ލެއްވީ ހަމަ އެކަލާނގެއެވެ. ހަމަކަށަވަރުން ﷲ އީ މިސްތަކުންގެ މައްޗަށް ނުހަނު އޯގާވަންތަކަމާއި، فضل ވަންތަކަމުގެ ވެރި ކަލާނގެއެވެ. އެކަމަކު މީސްތަކުން ކުރެ ގިނަ މީހުން އެކަލާނގެއަށް شكر ނުކުރެއެވެ. 62. (62) އެކަލާނގެއީ ހުރިހާ ތަކެތި ހެއްދެވި، ކަލޭމެންގެ ربّ ކަމުގައިވާ ﷲ އެވެ. އެކަލާނގެ މެނުވީ حقّ إلٰهއަކު ނުވެއެވެ. ކަލޭމެން އެކަލާނގެ ދޮގުކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަލާނގެއަށް އަޅުކަން ނުކޮށް، އެކަލާނގެ އެއްކައުވަންތަ ނުކޮށް ވާނީ ކޮންފަދައަކުން ހެއްޔެވެ؟) 63. (63) ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދައި، إنكار ކުރާ މީހުން، ދޮގުހަދައި ދެކޮޅުހަދަނީ އެފަދައިންނެވެ. އެއްވެސް ދަލީލެއް ނެތިއެވެ. 64. (64) ﷲ އެއީ ކަލޭމެންނަށް ޓަކައި قرار ވެ، ހަމަޖެހިގެން ތިބެވޭ ތަނެއް ކަމުގައި ބިންގަނޑު ލެއްވި ކަލާނގެއެވެ. އަދި ބިނާއެއް ކަމުގައި - ހިޔާވާ ފުރާޅެއް ކަމުގައި - އުޑު ލެއްވި ކަލާނގެއެވެ. އަދި ކަލޭމެން صورة ކުރައްވައި، އެކަލާނގެ ކަލޭމެންގެ ސޫރަތައް ރީތިކުރެއްވިއެވެ. އަދި ރަނގަޅު حلال ކާނާ - ރިޒުގު - އެކަލާނގެ ކަލޭމެންނަށް ދެއްވިއެވެ. އެއީ ﷲ އެވެ. އަދި އެއީ ކަލޭމެންގެ ربّ އެވެ. ﷲ ބަރަކާތް ވަންތަވެ ވޮޑިގެން ވެއެވެ. އަޅުތަކުންގެ މައްޗަށް އެކަލާނގެ ހެޔޮތަކާއި، فضل ވަންތަކަން ގިނަވެގެން ވެއެވެ. އެކަލާނގެއީ عالم ތައް ހައްދަވައި، تربيّة ކުރައްވާ، އަދި އެތަކެތި ބަލަހައްޓަވާ ކަލާނގެއެވެ. 65. (65) އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި حقّ އެއްވެސް އެހެން إلٰهއަކު ނުވެއެވެ. ފަހެ ކަލޭމެން إخلاص ތެރިވެގެންވާ حال އެކަލާނގެއަށް دعاء ކުރާށެވެ. އަޅުކަން ކުރާށެވެ. އެންމެހައި حمد އާއި، تعريف އާއި ثناء އެއް حقّ ވެގެންވަނީ ﷲ އަށެވެ. އެއީ عالم ތަކުގެ ވެރި ربّ އެވެ. 66. (66) (އޭ رسول الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "ﷲ ފިޔަވައި އެ ތަކެއްޗަށް ކަލޭމެން ގޮވައި، دعاء ކުރާ ތަކެއްޗަށް އަޅުކަން ކުރުން އަހުރެންނަށް މަނާކުރެވިގެން ވެއެވެ. އެއީ އަހުރެންގެ ربّ ގެ حضرة ން بيان ވެގެން دليل އައުމަށް ފަހުގައެވެ. (އެކަލާނގެއީ حقّ معبود ކަމާއި، އެއްކައުވަންތަ إلٰه ކަމުގެ ފުރިހަމަ دليل ބަޔާންވެ، އެނގުމަށްފަހުގައެވެ.) އަދި އަހުރެންނަށް އަމުރުވެވިގެން ވަނީ عالم ތަކުގެ ވެރި ربّ އަށް ކިޔަމަންތެރިވެ، ބޯލެނބުމަށެވެ. (އެފަރާތަށް އެކަނި އަޅުކަން ކުރުމަށެވެ.)" 67. (67) އެކަލާނގެއީ ކަލޭމެންގެ ބައްޕަ آدم ގެފާނު ވެލީންހެއްދެވި ކަލާނގެއެވެ. ދެން ކަލޭމެން މަނިފޮދުވަރަކުން، ދެން ގަނޑުލެއިކޮޅަކުން ހައްދަވައި، ދެން މައިންގެ ބަނޑުން ކުޑަކުޑަ ކުއްޖެއްގެ ސިފައިގައި ނެރުއްވާ ކަލާނގެއެވެ. ދެން ކަލޭމެންގެ ހަށިގަނޑު ގަދަވެއްޖައުމަށް ދާނދެންނެވެ. ދެން މުސްކުޅިވެއްޖައުމަށް ދާނދެން - އެއީ ސާޅީސް އަހަރުގެ މައްޗަށް - ކަލޭމެން ފޯރުކުރައްވައެވެ. އަދި ކަލޭމެންގެ ތެރޭގައި އޭގެ ކުރީން މަރުވާ މީހުން ވެއެވެ. އަދި އެއަށްވުރެމައްޗަށް عمر ގައި ކަނޑައެޅިފައިވާމީހުންވެއެވެ. މި ހުރިހާ ވަރުވަރަކަށް މީސްތަކުންގެ عمر ތައް ލައްވާފައި މިވަނީ މިކަންކަމާމެދު ވެސް ކަލޭމެން ވިސްނައި، ބުއްދިކޮށް އެއިން عبرة އެއް حاصل ކުރުމުގެ مقصد ގައެވެ. 68. (68) އެކަލާނގެއީ ތަކެތި ދިރުއްވާ އަދި މަރުއްވާ ކަލާނގެއެވެ. އަދި އެކަލާނގެ ކަމެއް އިރާދަކުރައްވައި، ނިންމެވުމަށް މިންވަރުކުރައްވައިފިއްޔާ، އެކަމަކަށް "ވާށޭ" މިހެން وحي ކުރައްވައެވެ. އެހިނދުން އެކަމެއް ވެ ނިމުނީއެވެ. (ލަހެއް ފަހެއް ނުވެއެވެ. އެންގެވި ގޮތާ ތަފާތެއް ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

Продолжить чтение

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать