Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Gáfir 40:2 تنزيل الكتاب من الله العزيز العليم ٢

Página 467 · Juz 24

تَنزِيلُ
ٱلۡكِتَٰبِ
مِنَ
ٱللَّهِ
ٱلۡعَزِيزِ
ٱلۡعَلِيمِ
٢
(2) ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Virtues of the Surahs that begin with Ha Mim

Ibn `Abbas, may Allah be pleased with him, said, "Everything has an essence and the essence of the Qur'an is the family of Ha Mim," or he said, "the Ha Mims." Mis`ar bin Kidam said, "They used to be called `the brides'." All of this was recorded by the

…

The Virtues of the Surahs that begin with Ha Mim

Ibn `Abbas, may Allah be pleased with him, said, "Everything has an essence and the essence of the Qur

…
Ver tafsirs

Leer related-content

1. (1) حم: މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. މިބާވަތުގެ އެންމެހައި އަކުރުތަކާމެދު مفسّر ން ދެއްކި ވާހަކައިގެ خلاصة އިން ފާހަގަކުރެވުނު ދެ ފައިދާއެއްގެ ވާހަކަ އަދި ފަހުން ދަންނަވާނަމެވެ. 2. (2) ފޮތް ބާވައިލެއްވީ / އެބަހީ ކީރިތި قرآن ބާވައިލެއްވީ عزّة ވަންތަ، އަދި ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ حضرة ންނެވެ. 3. (3) އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، توبة ވާ އަޅުންގެ توبة قبول ކުރައްވާ ކަލާނގެއެވެ. އަދި އެޔާއެކު އެކަލާނގެއަށް ނުކިޔަމަންތެރިވާ އަޅުންނަށް عقوبة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ فضل ވަންތަކަން ބޮޑުވެގެންވާ، އަދި ގިނަގިނަ إحسان ވަންތަކަން އެކަލާނގެ އަޅުތަކުންނަށް ދެއްވުމުގެ ވެރި ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ ވެގެންވާ) އެހެން އެއްވެސް إلٰهއަކު ނުވެއެވެ. ހުރިހާ ކަމެއް އެންމެ ފަހުން އެނބުރިދިއުން ވަނީ އެކަލާނގެ حضرة އަށެވެ. 4. (4) ކާފަރުވެއްޖެ ބަޔަކު މެނުވީ ﷲ ގެ އާޔަތްތަކަށް (ރައްދުކޮށް، ދޮގުކުރުމަށް) جدل ނުކުރާނެއެވެ. ފަހެ ކާފަރުވީ މީސްތަކުން ރަށްރަށުގައި އެ ފުރޮޅޭ ފުރޮޅުންތަކަށް ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! އެބަހީ އެމީހުން ވިޔަފާރިޔާއި، އަދި ترقّي ގެ ގޮތުންނޭ ކިޔައިގެން ކުރަމުން އެގެންދާ ޒާތްޒާތުގެ مشروع ތަކުގެ ސަބަބުން ކަލޭގެފާނު ހެއްލުންތެރިވިޔަ ނުދެއްވާށެވެ! ސީދާ މަގުގައި ކަލޭގެފާނު ހުންނަވައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކާފަރުންގެ ކުރިއެރުމަށް ނުބައްލަވާށެވެ. އެހެނީ އެމީހުންގެ ނިމުމަކީ ހަލާކެވެ. ދެން آخرة ގައި عذاب އެވެ. 5. (5) (مكّة ގެ قريش ންގެ) ކުރިން نوح ގެ قوم ގެ މީހުން އެމީހުންގެ رسول އާ ދޮގުކުރިއެވެ. އަދި އެމީހުންގެ ފަހުން ދެން އައި އެންމެހައި أمّة ތައްވެސް އެމީހުންގެ ގާތަށް ވަޑައިގެންނެވި رسول ބޭކަލުން ދޮގުކުރިއެވެ. ކޮންމެ أمّة އެއްވެސް މަސައްކަތްކުރީ އެބައިމީހުންގެ ގާތަށް ފޮނުއްވުނު رسول އާ ހިފައިގަތުމަށެވެ. އެ ބޭކަލަކަށް އަނިޔާކުރުމަށެވެ. އަދި باطل ގޮތްގޮތުން އެ ބޭކަލުންނާ جدل ތައް ކުރިއެވެ. އެއީ حقّ ފުހެލައި، ނެތިކޮށްލުމަށް ޓަކައެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ހަލާކު ކުރެއްވީމެވެ. އަދި އެމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ عذاب އާއި، عقوبة ވީ ކޮންފަދައަކުން ހެއްޔެވެ؟ (އެކަން ވީ ވަރަށް ގަދަފަދަކޮށެވެ.) 6. (6) (އޭ رسول الله އެވެ!) ކާފަރުވީ މީސްތަކުންގެ މައްޗަށް ކަލޭގެފާނުގެ ربّ ގެ وعيد ގެ ބަސްފުޅު حقّ ވީ އެފަދައިންނެވެ. عذاب ގެ كلمة ފުޅު واجب ވީ އެފަދައިންނެވެ. ހަމަކަށަވަރުން އެމީހުން ވީ ނަރަކައިގެ އެކުވެރީން ކަމުގައެވެ. 7. (7) عرش އުފުއްލަވާ މަލާއިކަތް ބޭކަލުންނާއި، އަދި عرش ވަށައިގެންވާ މަލާއިކަތް ބޭކަލުން އެބޭކަލުންގެ ربّ އަށް حمد ކުރައްވައި، تسبيح ވިދާޅުވެއެވެ. އަދި އެ ބޭކަލުން އެކަލާނގެއަށް އީމާންވެވަޑައިގަންނަވައެވެ. އަދި އީމާންވެގެންވާ މީސްތަކުން ގެ ފާފަ ފުއްސެވުމަށް (ﷲ ގެ حضرة ގައި ދަންނަވައި) އެދިވަޑައިގަންނަވައެވެ. (އަދި އެބޭކަލުން ވިދާޅުވެއެވެ.) "އޭ އަޅަމެންގެ ވެރި ربّ އެވެ! އިބަ ރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން އެންމެހައި خلق ތަކުންގެ މައްޗަށް ތަނަވަސްވެގެން ވެއެވެ. ފަހެ (މީސްތަކުން ކުރެ) އިބަރަސްކަލާނގެ حضرة އަށް توبة ވެ رجوع ވި އަދި އިބަރަސްކަލާނގެ މަގާ، (އެބަހީ އިސްލާމްދީނާ) تبع ވި އެންމެންގެ ފާފަ ފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!" 8. (8) "އަދި އޭ އަޅަމެންގެ ربّ އެވެ! އިބަރަސްކަލާނގެ އެބައިމީހުންނަށް وعد ކުރައްވާފައިވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާދޭވެ! އަދި އެބައިމީހުންގެ ކާބަފައިންގެ ތެރެއިންނާއި، އެބައިމީހުންގެ އަނބީންގެ ތެރެއިންނާއި، އަދި އެބައިމީހުންގެ ދަރިފަސްކޮޅުންވެސް އެ ސުވަރުގެއަށް ވަނުމަށް صلح ވެގެންވާ އެންމެން އެ ސުވަރުގެއަށް ވައްދަވާދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ." 9. (9) "އަދި ނުބައި ކަންތަކުން (އެބަހީ: ނުބައި ކަންތަކުގެ عذاب ން) އެމީހުން ސަލާމަތްކުރައްވާދޭވެ! އަދި އެދުވަހުގެ عذاب ން ސަލާމަތްވެ، ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކަށް އިބަރަސްކަލާނގެ رحمة ލައްވައިފިއެވެ. އަދި ބޮޑުވެގެންވާ نصيب އަކީ އެއީއެވެ."

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir