Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Fussílat 41:36 واما ينزغنك من الشيطان نزغ فاستعذ بالله انه هو السميع العليم ٣٦

Página 480 · Juz 24

وَإِمَّا
يَنزَغَنَّكَ
مِنَ
ٱلشَّيۡطَٰنِ
نَزۡغٞ
فَٱسۡتَعِذۡ
بِٱللَّهِۖ
إِنَّهُۥ
هُوَ
ٱلسَّمِيعُ
ٱلۡعَلِيمُ
٣٦
(36) އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ!
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Virtue of calling Others to Allah

وَمَنْ أَحْسَنُ قَوْلاً مِّمَّن دَعَآ إِلَى اللَّهِ

(And who is better in speech than he who invites to Allah,) means, he calls the servants of Allah to Him.

وَعَمِلَ صَلِحاً وَقَالَ إِنَّنِى مِنَ الْمُسْلِمِينَ

(and does righteous deeds, and says: "I am one of the

…

The Virtue of calling Others to Allah

وَمَنْ أَحْسَنُ قَوْلاً مِّمَّن دَعَآ إِلَى اللَّهِ

(And who is better in speech than he who invites to Allah,) me

…
Ver tafsirs

Leer related-content

33. (33) ތިމާ ހެޔޮ عمل ކޮށް (صالح عمل ކޮށް) އަދި މީސްތަކުންނަށް ﷲ ގެ މަގަށް ގޮވައި، އަދި އަހުރެން މިވަނީ مسلم ންގެ ތެރެއިންނޭ ބުނެހެދި މީހަކަށްވުރެ ބަސްބުނުމުގެ ގޮތުން ހެޔޮވެގެންވަނީ ދެން ކާކު ހެއްޔެވެ؟ އެބަހީ އެއަށްވުރެ ހެޔޮ މީހަކު ނުވެއެވެ. ފަހެ ތިމާ مسلم އަކަށްވެ ހުރެ صالح عمل ކޮށް، ދެން ﷲ ގެ މަގަށް އެހެން މީހުންނަށް ގޮވައިލި މީހަކު އެއީ އެންމެހައި ހެވެއް ޖަމާކުރި މީހެކެވެ. އެއަށްވުރެ ހެޔޮ މީހަކު ނުހުންނާނެއެވެ. 34. (34) އަދި ހެޔޮކަންތަކާއި، ނުބައި ކަންތަކާ ހަމަހަމަވެގެން ނުވެއެވެ. (އެ ދެކަންތަކުގައި بيان ވެ ފައުޅުވެގެންވާ ތަފާތު ވެއެވެ.) ހެޔޮ ކަންތަކުން ނުބައި ކަންތައް ދުރުކުރާށެވެ! (އެބަހީ ކަލެއަށް ނުބައި ކަމެއް ކުރި މީހަކަށް ކަލޭ إحسان ތެރިވެ، ހެޔޮކަން ކޮށްދޭށެވެ!) އޭރުން ކަލެޔާއި، އެމީހަކާ ދެމެދު عداوة ތެރިކަމެއް ވާ މީހާ ކަލެއަށް ޓަކައި ގާތް رحمة ތެރި، ވަފާތެރި އެކުވެރިޔަކަށް ވެދާނެއެވެ. 35. (35) އަދި ކެތްތެރިވެއްޖެ ބަޔަކަށް މެނުވީ އެފަދަ ކަންތައް حاصل ނުވާނެއެވެ. (އެބަހީ މީހަކު ތިމާއަށް ނުބައިކަމެއް ކުރީމައި، އޭގެ ބަދަލުގައި އެމީހަކަށް إحسان ތެރިވެ، ހެޔޮކޮށް ހިތޭނީ ވަރަށް ބޮޑެތި ކެތްތެރި، މާތް މީހުންނަށެވެ.) ވަރަށް ބޮޑު ނަސީބުގެ ވެރިއަކަށް މެނުވީ އެފަދަ ބޮޑު ثواب އާއި، މާތްކަން حاصل ނުކުރެވޭނެއެވެ. 36. (36) އަދި شيطان އާގެ ފަރާތުން (އެފަދަ ކަންތައް - އެބަހީ ނުބައި ކަންތައް ކުރި މީހަކަށް إحسان ތެރިވުމަށް ހުރަސްއަޅާ ފަދަ) ވަސްވާސްތެރިކަމެއް އަތުވެއްޖެއްޔާ، އައްސަވާ ވޮޑިގެންވާ، އަދި ދެނެވޮޑިގެންވާ ކަލާނގެ حضرة ން ރައްކާތެރިކަމާއި، ސަލާމަތްކަން އެދޭށެވެ! 37. (37) އަދި ރޭގަނޑާއި، ދުވާލާއި، އިރާއި، ހަނދަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ހައިބަ ބޮޑުކަމުގެ މައްޗަށް ދަލީލުކުރާ ދަލީލުތަކުގެ ތެރެއިން ވާ ދަލީލެވެ. (ފަހެ އެފަދަ ބޮޑެތި مخلوق ން އެހާ ފުރިހަމަކޮށް ހެއްދެވި ކަލަކު ކިހާ ބޮޑުވެފައި ކުޅަދުންވަންތަވެރި ވާނޭ ހެއްޔެވެ؟) ފަހެ ތިޔަބައިމީހުން އިރަށް ވިޔަސް، އަދި ހަނދަށް ވިޔަސް سجدة ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ކަލާނގެއަށް سجدة ކުރާށެވެ. (ﷲ އަށް سجدة ކުރާށެވެ.) ތިޔަބައިމީހުން އެކަލާނގެއާ شريك ނުކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރާ ކަމުގައި ވަންޏާ ﷲ އަށް އެކަނި سجدة ކުރާށެވެ. އަޅުކަން ކުރާށެވެ. 38. (38) އޭ رسول الله އެވެ! ފަހެ އެބައިމީހުން شريك ނުކޮށް ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފިއްޔާ ދަންނައެވެ. ކަލޭގެފާނުންގެ ربّ ގެ حضرة ގައިވާ ملائكة ބޭކަލުން ރޭގަނޑާއި، ދުވާލު އެކަލާނގެއަށް تسبيح ވިދާޅުވެއެވެ. އެކަލާނގެ ހުސް طاهر ވަންތަކުރެއެވެ. އަދި އެބޭކަލުން ފޫހިވެވަޑައި ނުގަންނަވައެވެ. 39. (39) (ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން) މަރުވެ ހަނަފަސްވެފައިވާ ބިންގަނޑު ކަލޭ ދެކޭނެއެވެ. ދެންފަހެ އެ ބިންގަނޑުގެ މައްޗަށް ތިމަން ރަސްކަލާނގެ ވާރޭ ވެއްސެވުމުން ބިންގަނޑު حركاة ތެރިވެ ބޮޑުވެ، ފުފިލައި ދެން ގަސްތައް ފަޅާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެއީ އެކަލާނގެ قدرة ތެރިކަމުގެ علامة ތަކުގެ ތެރެއިން ވާ ކަމެކެވެ. ފަހެ އެ ބިންގަނޑު އެގޮތަށް ދިރުއްވި ކަލާނގެ އެކަލާނގެ އަޅުތަކުން محشر ކުރެއްވުމަށް ޓަކައި މަރުވެފައިވާ މީސްތަކުން ދިރުއްވާ ހުއްޓެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ. 40. (40) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފަރުވާ މީހުން ނުވަތަ އެ އާޔަތްތައް تأويل ކޮށް އެއިން އެދެވޭ މާނަ ފިޔަވައި އެހެނިހެން މާނަތަކަށް ބަދަލުކޮށް އަނބުރަމުންދާ މީސްތަކުން ތިމަން ރަސްކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. (އެމީހުންނަށް ނިކަންހުރެ އެމީހުން އެ ކުރާ ނުބައިކަމުގެ ޖަޒާ ދެއްވޭ ހުއްޓެވެ.) އަޅެފަހެ (قيامة ދުވަހުން) ހެޔޮވެގެންވަނީ ނަރަކައަށް އެއްލެވޭ މީހާ ހެއްޔެވެ؟ ނުވަތަ އެދުވަހުން އެއްވެސް ބިރުވެރިކަމެއް ނެތި އަމާންކަމާއެކު އަންނަ މީހާ ހެއްޔެވެ؟ ތިޔަބައިމީހުން އެދޭ ގޮތަކަށް عمل ކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އެކަންކަމަށް ބައްލަވާ ވޮޑިގެން ވެއެވެ. 41. (41) ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ذكر އައިހިނދު (އެބަހީ: ކީރިތި قرآن އައިހިނދު) އެއަށް ކާފަރުވީ މީސްތަކުން ދަންނައެވެ. (އެކަމަށް ފުރިހަމަ ޖަޒާ އެމީހުންނަށް ދެއްވޭނެއެވެ.) ހަމަކަށަވަރުން އެފޮތަކީ އެފަދަ ދެވަނައެއް ނެތް عزّة ތެރި ފޮތެކެވެ. (حكم ތައް ގަދަވެގެންވާ ފޮތެކެވެ.) 42. (42) އެފޮތްވަނީ އެފޮތުގެ ކުރިމަތީންވެސް އަދި އެފޮތުގެ ފަހަތުން ވިޔަސް އެފޮތަށް باطل ކަމެއް ނާންނާނޭ ފޮތެވެ. އެބަހީ އެ ފޮތުގެ ކުރީ ބާވައިލެއްވުނު ފޮތްތަކުގައިވެސް އެ ފޮތް ދޮގުކުރެވޭނޭ ގޮތެއް ނެތެވެ. އަދި އެފޮތް باطل ކުރާނޭ ފޮތެއް ދެން ނާންނަ ހުއްޓެވެ. އެއީ حكمة ވަންތަ، އަދި އެކަލާނގެ އެންމެހައި ކަންކަމަށް حمد ލިބިވޮޑިގެންވާ ކަލާނގެ حضرة ން ބާވައިލައްވާފައިވާ ބާވައިލެއްވުމެކެވެ. 43. (43) އޭ رسول الله އެވެ! އިސްވެދިޔަ أمّة ތަކުގައި އުޅުނު ކާފަރުންވެސް އެމީހުންގެ ގާތަށް ފޮނުއްވުނު رسول ބޭކަލުންނާ ދިމާއަށްވެސް ބުނަމުން ގެންދިޔަ ފަދައިން މެނުވީ ކަލޭގެފާނުންގެ قوم ގެ ކާފަރުންވެސް ކަލޭގެފާނާ ދިމާއަށް ބުނާކަމުގައި ނުވެއެވެ. ބުނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. (އެމީހުންވެސް އެމީހުންގެ رسول ބޭބޭކަލުންނަށް ބުނަނީ މޮޔައެއް ކަމަށެވެ. ނުވަތަ سحر ޖެހިފައިވާ މީހަކު ކަމަށެވެ. ނުވަތަ އެނޫންވެސް އެބާވަތުގެ ކޮންމެވެސް ނުބައި އެއްޗެކެވެ. ކަލޭގެފާނާ ދިމާއަށްވެސް ކަލޭގެފާނުންގެ قوم ގެ މީހުން އެ ބުނަނީ ދޮގުވެރިއެކޭ، މޮޔައެކޭ، ނުވަތަ ޅެންވެރިއެކޭ ނުވަތަ سحر ޖެހިފައެވެ. ދެންވެސް މިބާވަތުގެ ނުބައި لفظ އެކެވެ. ވާހަކަ ހަމަ އެއް ވާހަކައެކެވެ. ތަނާއި، މީހުންނާ ތަފާތީއެވެ. އެހެން ވީއިރު އެއީ އާކަމެއް ނޫނެވެ. އެކަމާ ދެރަފުޅުވާނޭ ކަމެއް ނެތެވެ.) ހަމަކަށަވަރުން توبة ވެ، ﷲ އަށް رجوع ވެއްޖެ މީހަކަށް އެކަލާނގެއީ ފާފަ ފުއްސެވުމުގެ ވެރި ކަލާނގެއެވެ. އަދި ނުކިޔަމަންތެރިވެއްޖެ މީހަކަށް ވޭން ގަދަވެގެންވާ عذاب ދެއްވުމުގެ ވެރި ކަލާނގެއެވެ. 44. (44) އަދި عرب ބަސް ނޫން އެހެން ބަހަކުން ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވިނަމަ ހަމަކަށަވަރުން އެ ކާފަރުން ބުނީހެވެ. މި ފޮތުގެ އާޔަތްތައް تفصيل ކޮށް އޮޅުންފިލާ ގޮތަށް (عرب ބަހުން) ވާނޭނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިހާރު މި ހުރީ عرب ބަހުން ވާހަކަދައްކާ رسول ބޭކަލަކާއި، عجمي ބަހުން (عرب ބަސް ނޫން ބަހަކުން) ވާ ފޮތެކެވެ. (މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުރެމެން ވެސް މި ވާހަކަދައްކަނީ عرب ބަހުންނެވެ. ފޮތް ތިޔަ ވަނީ އެހެން ބަހަކުންނެވެ. މި ބާވަތުގެ ބަހަނާތަކެއް ދެއްކީހެވެ.) އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް ވާ ތެދުމަގެކެވެ. އަދި އެކިއެކި ބަލިތަކަށް ވާ شفاء އެކެވެ. ބަލި ފަސޭހަކޮށްދޭ ފަރުވާއެކެވެ. އެހެންނަމަވެސް އީމާންނުވާ މިސްތަކުންގެ ކަންފަތްތަކުގައި އެވަނީ (حقّ ބަހެއް ނުވަންނާނޭ ގޮތުން) ހުރަހެއް އެޅި ބަންދުވެފައެވެ. އަދި އެމީހުންގެ ލޯތައް އެ ވަނީ (ހުޅުވިފައި ހުރުމާއެކުވެސް) އެ قرآن ގެ حقّ އާއި، އަލިކަން ނުފެންނާނޭ ގޮތުން އަނދިރިވެފައެވެ. ބަޔަކަށް ދުރުން ގޮވާ މީހަކު ފަދައިން އަޑު އިވުނަސް ގޮވާ އެއްޗެއް އޮޅުން ނުފިލާ ބަޔަކަށް ވެފައެވެ. އެގޮތަށް އެމީހުންނަށްވެސް ދުރުން ގޮވެނީއެވެ. ގޮވޭ އެއްޗެއް ނޭނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir