Sign in
Sign in
Sign in
Select Language
041

Fussilat 41:18 ونجينا الذين امنوا وكانوا يتقون ١٨

41:18
وَنَجَّيۡنَا
ٱلَّذِينَ
ءَامَنُواْ
وَكَانُواْ
يَتَّقُونَ
١٨
(18) އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

A Warning to the Disbelievers and a Reminder of the Story of `Ad and Thamud

Allah says: `Say, O Muhammad, to these idolators who disbelieve in the message of truth that you have brought: If you turn away from that which I have brought to you from Allah, then I warn you of the punishment of Allah like

…

A Warning to the Disbelievers and a Reminder of the Story of `Ad and Thamud

Allah says: `Say, O Muhammad, to these idolators who disbelieve in the mess

…
More Tafsirs

Read in Context

Chapter 41, Page 478, Juz 24

13. (13) (އޭ رسول الله އެވެ!) ފަހެ އެމީހުން އެބަހީ مشرك ންގެ މީހުން ﷲ އަށް إيمان ނުވެ ﷲ ހެއްދެވި ތަކެއްޗަށް ވިސްނައި فكر ނުކޮށް އެނބުރި ފުރަގަސްދީފިއްޔާ ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ. عاد ބާގައިގެ މީހުންނަށާއި، ثَمُود ބާގައިގެ މީހުންގެ މައްޗަށް އައި ކަހަލަ صاعقة އެއް - އެބަހީ ކުއްލިއަކަށް މަރުވެ ތަންޑާ ވާފަދަ އެތިފަހަރެއް - ތިޔަބައިމީހުންގެ މައްޗަށް އަތުވެދާނޭ ކަމުގެ ބިރުވެރި إنذارތިމަންކަލޭގެފާނު ކުރައްވަމެވެ. އެކަމުގެ خبر ދެއްވަމެވެ. 14. (14) އެއީ އެބައިމީހުންގެ ގާތަށް އެމީހުންގެ ކުރީންނާއި، އެމީހުންގެ ފަހަތުން رسول ބޭކަލުން ވަޑައިގެންނެވި ހިނދުގައެވެ. (އެމީހުންގެ ކުރީ ބޭކަލުންގެ مراد އަކީ ކޮންމެ أمّة އެއްގެ ކުރީގައި ވަޑައިގެންނެވި ބޭކަލުންނެވެ. ފަހުގެ ބޭކަލުން ކަމުގައި ބެލެވޭ ބޭކަލުންނަކީ ކޮންމެ أمّة އަކަށާއި، ދެންވެސް އެއަށް ފަހު ވަޑައިގެންނެވި ބޭކަލުންނެވެ.) މި ހުރިހައި ބޭކަލުން ވެސް އެ ބޭކަލެއްގެ أمّة އަށް ގޮވާލައްވާފައި ވަނީ "ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާށެވެ." މިފަދައިންނެވެ. އޭގެ جواب ގައި އެ أمّة ގެ މީހުން ދަންނަވައެވެ. "الله އެދިވޮޑިގެންނެވި ނަމަ رسول ބޭކަލަކު ކަމުގައި ملائكة ބޭކަލަކު ފޮނުއްވައިފީހެވެ. ފަހެ އަހުރެމެން މިވަނީ ތިޔަ ބޭކަލުން އެ އެއްޗަކާއިގެން ފޮނުއްވުނު ތަކެއްޗަށް ކާފަރުވެގެންނެވެ." މިއެވެ. 15. (15) ފަހެ عاد ބާގައިގެ މީހުން ދަންނައެވެ. (އެމީހުން އެއީ هود ގެފާނުންގެ قوم ގެ މީހުންނެވެ.) އެމީހުން އެއްވެސް حقّ އެއް ނެތި ބިންމަތީގައި ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އަދި އެމީހުން ބުނީ އަހުރެމެންނަށް ވުރެން ބާރުގަދައީ ފަހެ ކޮންބައެއް ހެއްޔެވެ؟ ކާކު ހެއްޔެވެ؟ (އެބަހީ އަހުރެމެންނަށް ވުރެ ބާރުގަދަ އެކަކުވެސް ނުހުންނާނެއެވެ. އޭގެ جواب ގައި ﷲ އަންގަވަނީ) އެމީހުން ހެއްދެވީ ހަމަކަށަވަރުން ﷲ އެވެ. އެމީހުންނަށްވުރެ އެކަލާނގެ ބާރުގެ ގޮތުން މާ ގަދަފަދަވަންތަވެ ވޮޑިގެން ވެއެވެ. އަދި އެމީހުން ވީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ، އަދި އިންކާރުކުރާ ބަޔަކު ކަމުގައެވެ. 16. (16) ދެންފަހެ ތިމަން ރަސްކަލާނގެ (އެމީހުން ހަލާކުކުރެއްވުމަށް) އެމީހުންގެ މައްޗަށް ވަރަށް ފިނިގަދަ، އަޑުފަށްހުރި ވަޔެއް ފޮނުއްވީމެވެ. އެއީ އެމީހުންނަށް ސުންޕާ ދުވަސްތަކެކެވެ. (އެއީ ހަތް ރެޔާއި، އަށް ދުވަހެވެ.) އެގޮތަށް އެކަން ހިންގެވީ އެމީހުންނަށް މި ދުނިޔޭގެ حياة ގައިވެސް ދެރަކަމާއި، ނިކަމެތިކަމުގެ عذاب ގެ ރަހަ ދެއްކެވުމަށެވެ. އަދި آخرة ގެ عذاب އެއަށްވުރެ މާ ދެރަވެފައި ނިކަމެތިކަން ބޮޑެވެ. އެމީހުންނަށް އެއްވެސް نصر އެއް އެދުވަހުން ނުލިބޭ ހުއްޓެވެ. 17. (17) އަދި ثمود ބާގައިގެ މީހުން ދަންނައެވެ. (އެއީ صالح ގެފާނުންގެ قوم ގެ މީހުންނެވެ.) ފަހެ ތިމަން ރަސްކަލާނގެ އެމީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވީމެވެ. ފަހެ އެމީހުން إيمان ކަމާއި، ތެދުމަގުގެ މައްޗަށް ކާފަރުކަމުގެ އަނދިރިކަމާއި، ކަނުކަން إختيار ކުރީއެވެ. އެކަމަށް ލޯބި ކުރީއެވެ. ދެންފަހެ ނިކަމެތިކަމާއި، ދެރަކަމުގެ عذاب ގެ އަޑުފަށްގަނޑު އެމީހުންނަށް އައިސް ޖެހުނެވެ. އެ އަޑުފަށުން އެމީހުން ހަލާކުވެގެން ދިޔައީއެވެ. އެއީ އެމީހުން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ. 18. (18) އަދި (شرك އާއި، އުރެދުމުން ރައްކާތެރިވެގެން ތިބި) تقوى ވެރި مؤمن ން ތިމަން ރަސްކަލާނގެ ރައްކާތެރިކުރައްވައި ސަލާމަތްކުރެއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute