Masuk
Masuk
Masuk
Pilih Bahasa

Az-Zumar 39:62 الله خالق كل شيء وهو على كل شيء وكيل ٦٢

Halaman 419 · Juz 24

اَللّٰهُ
خَالِقُ
كُلِّ
شَیْءٍ ؗ
وَّهُوَ
عَلٰی
كُلِّ
شَیْءٍ
وَّكِیْلٌ
۟
(62) ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.
Lanjutkan Membaca

Bacalah Tafsir

Ibn Kathir (Abridged)

Allah is the Creator and Controller, and associating others in worship with Him cancels out Good ...

Allah tells us that He is the Creator, Lord, Sovereign and Controller of all things; everything is subject to His dominion, power and guardianship.

لَّهُ مَقَالِيدُ السَّمَوَتِ وَالاٌّرْضِ

(To Him belon

…

Allah is the Creator and Controller, and associating others in worship with Him cancels out Good ...

Allah tells us that He is the Creator, Lord, Sover

…
Melihat Tafsir

Baca dalam Konteks

53. (53) (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނުވިދާޅުވާށެވެ! (ﷲ تَعَالى وَحِي ކުރެއްވިއެވެ.) އޭ ތިމަންރަސްކަލާނގެ އަޅުތަކުންކުރެ ފާފަކުރުމާއި އުރެދުންތެރިކަމުގައި އިސްރާފުކޮށްފައިވާ އަޅުންނޭވެ. ﷲ ގެ ރަޙުމަތުން ކަލޭމެން އުންމީދުކަނޑައިނުލާށެވެ. އެހެނީ ހަމަކަށަރުން ﷲ تَعَالى އެންމެހައި ފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 54. (54) އަދި ކަލޭމެން ކަލޭމެންގެ رَبُّ އަށް ތައުބާވެ ރުޖޫޢަވާށެވެ. (އެއީ ގިނަހެޔޮކަންތަށްކޮށްގެންނާއި ނަޙީތަކުން ދުރުވެގެންނާއި އެކަލާނގެ ޙުކުމުފުޅަށް ބޯލަނބައިގެންނެވެ.) އަދި އެކަލާނގެއަށް ކަލޭމެން ބޯލަނބައި ކިޔަމަންތެރިވާށެވެ. އެއީ ކަލޭމެންގެ މައްޗަށް ޢަޛާބު އައުމުގެ ކުރިންނެވެ. (ތައުބާ ނުވެތިއްބާ ޢަޛާބު އަތުވެއްޖެއްޔާ) ދެން ކަލޭމެންނަށް نَصْر ނުލިބެވޭނެއެވެ. نَصْر ދޭނެމީހަކު ނުވާނެއެވެ. 55. (55) އަދި ހަމަ ކުއްލިއަކަށް ކަލޭމެންނަށް އިހްސާސްވެސް ނުވާގޮތަކަށް عَذَاب އައުމުގެ ކުރިން ކަލޭމެންގެ رَبُّ ގެ ޙަޟްރަތުން ކަލޭމެންނަށް ބާވައިލައްވާފައިވާ ރަނގަޅުތަކެއްޗާއި ކަލޭމެން ތަބަޢަވާށެވެ! އެބަހީ ކީރިތި قُرْآن އާއި ތަބަޢަވާށެވެ! 56. (56) އަދި އެއްވެސް ނަފްސެއް ތިމާ ﷲ އާއި މެދު - ﷲ ގެ ކިޔަމަންތެރިކަމާއިމެދު ފަރުވާ ކުޑަކުރިކަމައްޓަކައި އޭ އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! އަދި އަހުރެންވީ މަލާމާތްކޮށް ފުރައްސާރަކުރި މީހުންގެ ތެރެއިންކަން ކަށަވަރެވެ. މިފަދަބަސްތައް ބުނަންދިމާވުމުގެ ކުރިންނެވެ. 57. (57) ނުވަތަ ﷲ އަހުރެންނަށް ތެދުމަގު ދެއްކެވިނަމަ އަހުރެންވީހީ ތަޤުވާވެރިންގެ ތެރެއިންނެވެ. މިހެން އެއްވެސް ނަފްސެއް ބުނުމުގެ ކުރިންނެވެ. 58. (58) ނުވަތަ عَذَاب ފެންނަހިނދު އަހުރެން އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވާނެނަމައެވެ. އޭރުން އިޙްސާންތެރިންގެ ތެރެއިން އަހުރެންވާހުށީމެވެ. މިހެން އެއްވެސް ނަފްސެއްބުނުމުގެ ކުރިންނެވެ. (އޭގެ ކުރިން ތައުބާވެ އެކަލާނގެ ޙަޟްރަތުއަށް ރުޖޫޢަވާށެވެ!) 59. (59) އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.) • ދަންނައެވެ. މި آية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ. • އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ. • ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ. • ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أوليى ވެގެންވާކަމެވެ. • ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم. 60. (60) އަދި ﷲ އަށް ދޮގުތަކެއްހެދި މީހުންގެ މޫނުތައް ޤިޔާމަތްދުވަހުން ކަޅުވެގެންވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ކިބުރުވެރި ބޮޑާވިމީހުންގެ ޖާގައެއްކަމުގައި ނަރަކަ ނުވޭހެއްޔެވެ؟ (އެބަހީ އެމީހުންގެ ޖާގައެއްކަމުގައި ނަރަކަފުދޭނެއެވެ.) 61. (61) އަދި ތަޤުވާވެރިވި މީސްތަކުން އެބައިމީހުންގެ ނަސީބާއި ކާމިޔާބުގެ ސަބަބުން ﷲ އެމީހުން (އެދުވަހުގެ ނުރައްކަލުން) ސަލާމަތްކުރައްވާނެއެވެ. އެމީހުންގައި އެއްވެސް ނުބައެއްނުބީހޭނެއެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ކަމުގައިވެސްއެމީހުންނުވެއެވެ. 62. (62) ﷲ އެއީ އެންމެހައިތަކެތި ހައްދަވާ ކަލާނގެއެވެ. އަދި ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ބެލެހެއްޓުމުގައި އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ. 63. (63) އަދި އުޑުތަކާއި ބިމުގެ مَقَالِيد ވަނީ އެކަލާނގެއަށް އެކަނި ހާއްސަވެގެންނެވެ. (مَقَالِيد އެވެ ބުނިބަހުން މުރާދުކުރެވެނީ އެދެތާނގެ ކަންތަކާމެދު ތަދުބީރުކުރެއްވުމާއި ބޭނުންވެވޮޑިގެންވާގޮތަކަށް އެތަންތާނގެ ކަންތައްތަށް ހިންގެވުމެވެ.) އަދި ﷲގެ އާޔަތްތަކަށް ކާފަރުވާ މީސްތަކުން ދަންނައެވެ. ގެއްލިހަލާކުވެގެންވާ މީހުންނަކީ ހަމައެއީއެވެ.

- Abu Bakr Ibrahim Ali (Bakurube)

Lanjutkan Membaca

Catatan dan Refleksi

Anda tidak memiliki catatan atau refleksi apa pun mengenai ayat ini.

Notes placeholders

Tetap Terhubung dengan Al-Quran ❤️

Pengingat singkat dan bermakna untuk menyegarkan diri, merenung, dan tetap terhubung dengan Al-Quran.

Baca, Dengarkan, Cari, dan Renungkan Al Quran

Quran.com adalah platform tepercaya yang digunakan jutaan orang di seluruh dunia untuk membaca, mencari, mendengarkan, dan merefleksikan Al-Qur'an dalam berbagai bahasa. Platform ini menyediakan terjemahan, tafsir, tilawah, terjemahan kata demi kata, dan berbagai alat untuk pembelajaran yang lebih mendalam, sehingga Al-Qur'an dapat diakses oleh semua orang.

Sebagai sebuah Sadaqah Jariyah, Quran.com berdedikasi untuk membantu orang-orang terhubung secara mendalam dengan Al-Qur'an. Didukung oleh Quran.Foundation , sebuah organisasi nirlaba 501(c)(3), Quran.com terus berkembang sebagai referensi yang sangat bernilai dan gratis untuk semua orang, Alhamdulillah.

Navigasi
Halaman Utama
Radio Qur'an
Qari
Tentang Kami
Pengembang
Pengkinian Produk
Beri Masukan
Bantuan
Menyumbang
Proyek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyek nirlaba yang dimiliki, dikelola, atau disponsori oleh Quran.Foundation
Link populer
Doa-doa dari Al-Quran
Ayat Al-Quran Hari Ini
Ayat Kursi
Surah Yasin
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahfi
Surah Al Muzzammil
Peta situsKerahasiaanSyarat dan Ketentuan
© 2026 Quran.com. Hak Cipta Terlindungi
Menyumbang