Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Az-Zúmar 39:40 من ياتيه عذاب يخزيه ويحل عليه عذاب مقيم ٤٠

Página 462 · Juz 24

مَن
يَأۡتِيهِ
عَذَابٞ
يُخۡزِيهِ
وَيَحِلُّ
عَلَيۡهِ
عَذَابٞ
مُّقِيمٌ
٤٠
(40) ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

Allah is Sufficient for His Servant Allah says

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ

(Is not Allah Sufficient for His servant) Some of them read it "His servants." It means that Allah is Sufficient for the one who worships Him and relies upon Him.

وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ

(Yet they try to fr

…

Allah is Sufficient for His Servant Allah says

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ

(Is not Allah Sufficient for His servant) Some of them read it "His ser

…
Ver tafsirs

Leer related-content

32. (32) (ﷲ އަށް ޝަރީކަކު ވެޔޭ ކިޔައިގެން) ﷲ ގެ މައްޗަށް ބޮޑު ދޮގެއްހެދި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ (އެބަހީ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވެއެވެ.) އަދި އޭނާގެ ގާތަށް ތެދުއައިހިނދު އެތެދު ދޮގުކޮށް (އެބަހީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި ޚަބަރުތަށް ދޮގުކޮށް) ހެދި މީހަކަށްވުރެން ވަކި ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އޭނާ (ބެލެވޭނީ ކާފަރެއްކަމުގައެވެ.) އަދި ޤިޔާމަތަ ދުވަހުން ކާފަރުންނަށް ޖާގައެއްކަމުގައި ނަރަކަ ނުފުދޭހެއްޔެވެ؟ (އެބަހީ ފުދޭވަރު ވާނެއެވެ.) 33. (33) އަދި ތެދާއިގެން ވަޑައިގެންނެވި ކަލޭގެފާނާއި އަދި އެތެދު ތެދުކުރެއްވި ކަލޭގެފާނާއި މިދެބޭކަލުން ދަންނައެވެ. އެއީ ހަމަކަށަވަރުންވެސް تَقْوَى ވެރިންނެވެ. • ދަންނައެވެ. ތެދާއިގެން ވަޑައިގެންނެވީ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ އެވެ. އަދި އެތެދު ތެދުކުރެއްވީ أَبُوْ بَكُرُ الصِدِّيق رَضِيَ الله عَنْه އެވެ. ނުވަތަ رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ ގެންނެވި އެންމެހައި ޚަބަރުތައް ތެދުކުރި ކޮންމެ މީހެކެވެ. އެކަލޭގެފާނަށް تَبَعَ ވި ކޮންމެ މީހެކެވެ. وَالله أَعْلَم. = ذبدة التفير =. 34. (34) އެބައިމީހުން އެދޭހާކަމެއް އެބައިމީހުންގެ رَبُّ ގެ ޙަޟްރަތުގައި އެމީހުންނަށްވެއެވެ. އަދި إِحْسَان ތެރިންގެ ޖަޒާއަކީ އެއީއެވެ. 35. (35) (ތެދުމަގަށާއި إِحْسَان ތެރިކަމަށް އެމީހުންނަށް މަގުދައްކަވައި ފަސޭހަކޮށްދެއްވީ) އެމީހުންކުރި ނުބައި ޢަމަލުތަށް އެމީހުންގެ ކިބައިން އެކަލާނގެ ފުއްސަވައި عَفُوء ކުރެއްވުމަށެވެ. އަދި އެމީހުން ދުނިޔޭގައި ތިބެގެން ކުރިކަމުގައިވީ ޢަމަލުތަކަށް އެއަށްވުރެ މާހެޔޮ ދަރުމައާއި جَزَاء ދެއްވުމައަށްޓަކައެވެ. 36. (36) އަދި ﷲ ގެ އަޅާ (رَسُوْلُ الله صَلَّ الله عَلَيْه وَسَلَّمَ) އަށް ފުއްދަވައިދެއްވާ ކަލަކު ކަމުގައި ﷲ ނުފުދޭހެއްޔެވެ؟ (އެބަހީ: އެކަލޭގެފާނުންގެ ކަންތައްތަށް ބެއްލެވުމަށް ﷲ ފުދިވޮޑިގެންވެއެވެ.) (އޭ رَسُوْلُ الله އެވެ!) އެމީހުން (އެބަހީ: އެކާފަރުންގެ މީހުން) އެމީހުންﷲ ފިޔަވައި އެފަރާތްތަކަށް އެއަޅުކަން ކުރާތަކެތިން (ޔަޢުނީ: ބުދުތަކާއިދެންވެސް އެބާވަތުގެ ތަކެތިން) އެމީހުން ކަލޭގެފާނު ބިރުގަންނަވަނީއެވެ. (އެކަމާ ބިރުފުޅުގެންވަޑައިގަންނަވާށެވެ!) ﷲ ތަޢާލާ ކަލޭގެފާނު ހިމާޔަތް ކުރައްވާނެއެވެ. އަދި ބުދުތަކަށް ވެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. އަދި ﷲ މަގުފުރައްދަވައިފި މީހަކު ދަންނަވައެވެ. އޭނާއަށް ތެދުމަގުދައްކާނެ ހަމައެކަކުވެސް ނުވެއެވެ. 37. (37) އަދި އެމީހަކަށް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދަވައިލެވޭނެ މީހަކުވެސް ނުވެއެވެ. އަދި ކޮންމެ ކަމެއްގެމައްޗަށް އަދި ކޮންއެއްޗެއްގެ މައްޗަށް ގަދަވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވޭހެއްޔެވެ؟ (އަދި ނުކިޔަމަންތެރި އަނިޔާވެރިންގެ ކިބައިން) ބަދަލު ހިއްޕެވެމުގެ ވެރިކަލަކުކަމުގައި އެކަލާނގެ ނުވޭހެއްޔެވެ؟ އެބަހީ ވެއެވެ. 38. (38) (އޭ رَسُوْلُ الله އެވެ!) އުޑުތަކާއި ބިން ހެއްދެވީ ކާކުތޯ ކަލޭގެފާނު އެމީހުންކުރެ އައްސަވައިފިއްޔާ ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީﷲ އެވެ. އަދި ކަލޭގެފާނު އެމީހުންނަށްވިދާޅުވެ ބައްލަވާށެވެ! ﷲފިޔަވައި ކަލޭމެން ތިޔަ دعاء ކޮށް އަޅުކަން ކުރާ ބުދުތަކާއިމެދު ކަލޭމެން ނިކަން ތިމަންކަލޭގެފާނަށް خبر ދީބަލާށެވެ! އަޅެފަހެ ﷲ ތިމަންކަލޭގެފާނަށް ދައްޗެއް ނުވަތަ އުނދަގުލެއް ޖައްސައިފިއްޔާ އެބުދުތަކަށް އެއުނދަގޫ ފިލުވައިލެވިދާނެހެއްޔެވެ؟ ނުވަތަ ތިމަންކަލޭގެފާނަށް އެކަލާނގެ رحمة އެއް ނުވަތަ ހެވެއް އިރާދަކުރައްވައިފިއްޔާ އެ رحمة އެއް އަދިއެހެވެއް ތިމަންކަލޭގެފާނަށް އަޔަނުދީ އެބުދުތަކަށް ހިފެހެއްޓިދާނެހެއްޔެވެ؟ ނުވެސް ހިފެހެއްޓޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެންނަށް ﷲ ފުދެއެވެ. އަދި وكيل ކޮށްއިތުބާރު ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކޮށްއިތުބާރު ކުރާހުށިކަމެވެ! 39. (39) (އޭ رَسُوْلُ الله އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ތިޔަ ތިބިގޮތްމަތީގައި (شرك ކުރާ حال) ކަލޭމެން عمل ކުރަމުން ގެންގޮސް ބަލާށެވެ! އަދި އަހުރެންވެސް އަހުރެންގެ ގޮތުގައި عمل ކުރަމުން ގެންދާހުށީމެވެ. 40. (40) ފަހެ އެމީހެއްގެ މައްޗަށް ދުނިޔޭގައި ނިކަމެތި އަދި އިހާނެތި عذاب އަންނާނީ ކާކަށްކަން ނިކަންހުރެ ކަލޭމެންނަށް އެގިދާނެއެވެ. އަދި آخرة ގައި މެދުކެޑުމެއް ނެތް ދާއިމީ عذاب އެއް އަންނާނީ ކާކަށްކަންވެސް ކަލޭމެންނަށް އެގިދާނެއެވެ. 41. (41) ހަމަކަށަވަރުން މީސްތަކުންގެ ތެދުމަގަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ކީރިތި قرآن މިބާވައިލައްވަނީ ހަމަ حق ތެދު ގޮތުގައެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ އެތެދުމަގު ލިބިގަންނަނީ އޭނާގެ نفس އަށެވެ. އެބަހީ އެކަމުގެ ފައިދާއާއި ލާބަހުންނާނީ ހަމަ އެމީހަކަށެވެ. އަދި މަގުފުރެދުނު މީހާވެސް ދަންނައެވެ. އޭނާގެ އެމަގުފުރެދުން އޮންނާނީ އޭނާގެ نفس ގެ މައްޗަށެވެ. އެބަހީ އެކަމުގެ ގެއްލުމާއި ހަލާކު ހުންނާނީ ހަމަ އޭނާގެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނު އެމީހުންނަށް ތެދުމަގު ފޯރުކޮށްދިނުމަށް مسئول ވެގެންނުވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir