Войти
Войти
Войти
Выберите язык

Az-Zukhruf 43:73 لكم فيها فاكهة كثيرة منها تاكلون ٧٣

Страница 494 · Джуз 25

لَكُمۡ
فِيهَا
فَٰكِهَةٞ
كَثِيرَةٞ
مِّنۡهَا
تَأۡكُلُونَ
٧٣
(73) އެ ސުވަރުގޭގައި ތިޔަބައިމީހުންނަށް ޓަކައި ގިނަވެގެންވާ މޭވާތައް ވެއެވެ. އެއިން ތިޔަބައިމީހުން ކާށެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Всевышний сказал: «В них обоих есть от всех фруктов по паре» (55:52). Обитатели Рая будут наслаждаться этими аппетитными фруктами и прекрасными плодами - всем, чем только пожелают.
Всевышний сказал: «В них обоих есть от всех фруктов по паре» (55:52). Обитатели Рая будут наслаждаться этими аппетитными фруктами и прекрасными плодам…
Вид Тафсиры

Читать в контексте

68. (68) (تقوى ވެރި މާތް މީހުންނަށް قيامة ދުވަހުން ﷲ އަންގަވާނެއެވެ.) އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަށް މިއަދު އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. އަދި ތިޔަބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ. 69. (69) އެމީހުންނީ ތިމަން ރަސްކަލާނގެ އާޔަތްތަކަށް إيمان ވެގެންވާ މީހުންނެވެ. އަދި އެއީ ތިމަން ރަސްކަލާނގެއަށް ކިޔަމަންތެރިވެގެންވާ މީހުންނެވެ. 70. (70) އަދި قيامة ދުވަހުން އެމީހުންނަށް وحي އިއްވޭނެއެވެ. ތިޔަބައިމީހުންނާއި، އަދި ތިޔަބައިމީހުންގެ ކިޔަމަންތެރި އަނބީންތަކާ ސުވަރުގެއަށް ވަންނާށެވެ. ތިޔަބައިމީހުންނަށް މާތްކޮށް ހިތެވޭނެއެވެ. نعمة އާއި، كرامة ލިބޭ ހުއްޓެވެ. 71. (71) އަދި ސުވަރުގޭގައި ރަނުން ވާ ބޮޑެތި ތަށިތަކާއި، ރަނުން ވާ ބިއްލޫރި ތަށިތައް، ކާބޯތަކެތި އެޅެވިގެންވާ حال، އެމީހުންގެ މެދުގައި ދައުރުކުރެވޭނެއެވެ. އިންސާނާގެ نفس، އެ އެއްޗަކަށް އެދޭ، ކާހިތްވާ، އަދި ލޯތަކަށް ފިނިކަމާއި، އަރާމު ލިއްބައިދޭ ކޮންމެ ކާބޯ އެއްޗެއް އެ ތަށިތަކުގައި ވާ ހުއްޓެވެ. އަދި އެމީހުންނަށް ނިދާ އިއްވޭނެއެވެ. ތިޔަބައިމީހުން ތިޔަ ސުވަރުގޭގައި ދެމިތިބޭ ހުއްޓެވެ. 72. (72) އަދި ތިޔަ ސުވަރުގެއަކީ ދުނިޔޭގައި ތިޔަބައިމީހުން ކުރި މަސައްކަތުގެ ސަބަބުން (ކިޔަމަންތެރިކަމާއި، تقوى ގެ ސަބަބުން) ތިޔަބައިމީހުން ވާރުތަކުރި ސުވަރުގެއެވެ. 73. (73) އެ ސުވަރުގޭގައި ތިޔަބައިމީހުންނަށް ޓަކައި ގިނަވެގެންވާ މޭވާތައް ވެއެވެ. އެއިން ތިޔަބައިމީހުން ކާށެވެ. 74. (74) (شرك ކުރުން / ކާފަރުވުން ފަދަ) ބޮޑެތި ކުށްކުށުގެ ވެރީން ހަމަކަށަވަރުން ނަރަކައިގެ عذاب ގައި قيامة ދުވަހުން ދެމިތިބޭ ހުއްޓެވެ. 75. (75) ކުޑަކުޑަ ހިނދުކޮޅަކަށްވެސް އެމީހުންގެ ކިބައިން އެ عذاب ލުއި ނުވާހުއްޓެވެ. (ސަލާމަތްވުމުގެ އެއްވެސް أمّيد އެއް ނެތި) އެމީހުން عذاب ގައި ދެމިތިބޭ ހުއްޓެވެ. 76. (76) އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް އަނިޔާވެރި ވީއެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެމީހުން ވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރި ބަޔަކު ކަމުގައެވެ. 77. (77) (ނަރަކަ ބެލެހެއްޓުމާ حوال ކުރައްވާފައިވާ ملائكة އާ ކަމުގައި ވާ مالك އަށް) އެމީހުން ނަރަކައިގައި ތިބެގެން ގޮވާ ނަގާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ مالك އެވެ. އަހަރެމެންނަށް މަރުވުމުގެ ނިޔާ ކޮށްދެއްވައިތޯ ކަލޭގެފާނުންގެ ربّ އަށް ދަންނަވައިދެއްވާށެވެ. އޭގެ جواب ގައި (އެހެން ގޮވާތާ އެއްހާސް އަހަރު ފަހުން) އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ކަލޭމެންނަކީ ތިޔަ عذاب ގައި (ތިޔަ ވޭނުގައި / ތިޔަ ނަރަކައިގައި) ދެމިތިބޭނޭ ބައެކެވެ. 78. (78) (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭމެންގެ ގާތަށް حقّ ފޮނުވީމެވެ. (އެބަހީ رسول ބޭކަލަކު ފޮނުވައި، ފޮތް ބާވައިލައްވައި، توحيد ގެ حقّ މަގަށް އެބޭކަލުން ގޮވައިލެއްވިއެވެ.) އެހެނެއް ކަމަކު ކަލޭމެން ކުރެ ގިނަ މީހުން އެ حقّ އަށް تبع ވެ إيمان އެއް ނުވިއެވެ. އެ حقّ އަށް ނުރުހި، ފުރަގަސްދިނީއެވެ. 79. (79) އަދި ކިޔެއް ހެއްޔެވެ؟ (رسول އާ އިދިކޮޅަށް) އެމީހުން މަކަރުތަކާއި، ގޮތްތައް ރާވައި، ވަރުގަދަކުރީއެވެ. ތިމަން ރަސްކަލާނގެވެސް އެމީހުންނާ އިދިކޮޅަށް (އެމީހުންގެ ހަލާކުގައި) ގޮތްތައް ރާވައި ވަރުގަދަކުރީއެވެ. 80. (80) އަދި ނުވަތަ އެމީހުން ހީކުރީ (އެ ގޮތްތައް ރާވާހެދިއިރު) އެމީހުންގެ ސިއްރު ވާހަކަތަކާއި، ސިއްރު ޖަލްސާތައް ތިމަން ރަސްކަލާނގެ ނުއައްސަވާ ކަމަށެވެ. އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އެމީހުން ގާތު (އެ ސިއްރު ޖަލްސާތަކުގައިވެސް) ތިމަން ރަސްކަލާނގެ ފޮނުއްވި رسول ބޭކަލުން، يعني މަލާއިކަތް ބޭކަލުން ތިއްބަވައިގެން (އެމީހުން ދައްކާހައި ވާހަކައަކާއި، ރޭވުމެއް) ލިޔުއްވަނީއެވެ. 81. (81) (އޭ رسول الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. رحمن ވަންތަ ﷲ އަށް ދަރިކަލަކު ވާނަމަ އެ ދަރިކަލުންނަށް އަޅުކަންކުރާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ކަމުގައި ތިމަންކަލޭގެފާނު ވީމުހެވެ. (އެހެން ނަމަވެސް ދަރިކަލަކު إختيار ކުރެއްވުންފަދަ އުނި ސިފަތަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ.) 82. (82) އުޑުތަކާއި، ބިންތައް ހެއްދެވި ކަލާނގެ އެއީ عرش ގެ ވެރި ربّ އެވެ. އެ ކާފަރުންނާއި، مشرك ން އެ ސިފަކުރާ އެންމެހައި އުނިކަމަކުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ. 83. (83) އޭ رسول الله އެވެ. އެމީހުންނަށް وعد ވެވިގެންވާ ދުވަސް - قيامة ދުވަސް - އަތުވެއްޖައުމަށް ދާނދެން އެމީހުންގެ باطل عقيدة އާއި، ބޭކާރު ވާހަކައިގެ ތެރޭގައި ފީނައި، ކުޅެހެދުމަށް އެމީހުން ދޫކޮށްލައްވާށެވެ. (އަދި އެ قيامة ދުވަހަކީ އެމީހުންނަށް ކަނޑައެޅިގެންވާ عذاب އެމީހުންނާ ބައްދަލުވާ ދުވަހެވެ.) 84. (84) އަދި އެކަލާނގެއީ އެބަހީ ﷲ އީ އުޑުގައިވެސް އަޅުކަންވެވޭ ފަރާތެވެ. އުޑުގެވެސް معبود އެވެ. އަދި ބިމުގައިވެސް އަޅުކަންވެވޭ ފަރާތެވެ. ބިމުގެވެސް معبود އެވެ. (އެބަހީ އެ ދެތާވެސް އަޅުކަންވެވުން حقّ إله އަކީ، حقّ معبود އަކީ ﷲ އެވެ. އެހެން އެއްވެސް إله އަކަށް އަޅުކަންވެވުން ހުއްދަވެގެން ނުވެއެވެ.) އަދި އެކަލާނގެއީ حكمة ގަދަވެގެންވާ، އަދި ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ. 85. (85) އަދި އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރިކަން އެފަރާތަކަށް ملك ވެ، خالص ވެގެންވާ ފަރާތުގެ بركاة ވަންތަ ކަމާއެވެ. އެކަލާނގެ ހެޔޮތައް ގިނަވެގެން ވެއެވެ. އަދި قيامة ދުވަހާބެހޭ އެންމެހައި علم އެއް - އެންމެހައި އެނގުމެއް - ވަނީ ހަމަ އެކަލާނގެއަށެވެ. (އެހެން އެއްވެސް މީހަކަށް އެކަމާބެހޭ އެއްވެސް އެއްޗެއް އެކަލާނގެ އެންގެވި މިންވަރަކަށް މެނުވީ ނުވެއެވެ.) އަދި ތިޔަބައިމީހުން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ. 86. (86) އަދި ﷲ ފިޔަވައި ބައެއް މީހުން އަޅުކަން ކުރަމުން އެދާ އެއްވެސް ފަރާތަކަށް قيامة ދުވަހުން شفاعة އެއް ملك ވެގެން ނުވެއެވެ. ލިބިގެނެއް ނުވެއެވެ. ملائكة ބޭކަލުންނާއި، نبي ބޭކަލުންނަށް އަޅުކަންކުރި މީހުންނަކަށްވެސް އެ ބޭބޭކަލުން شفاعة ތެރި ނުވާނެއެވެ. شفاعة ގެ އެއްވެސް ފައިދާއެއް ކުރާނީ ހަމައެކަނި حقّ އަށް ހެކިވީ ބަޔަކަށެވެ. توحيد އަށް ހެކިވީ ބަޔަކަށެވެ. ﷲ އެއީ އެއްކައުވަންތަ إله ކަން ދެނެތިބެ، އެކަމަށް ހެކިވީ ބަޔަކަށެވެ. (އެހެންވީއިރު، ﷲ ފިޔަވައި އެކި ފަރާތްތަކަށް އަޅުކަންކުރި މީހުންނަށް شفاعة ގެ އެއްވެސް منفع އެއް ނެތެވެ. އެއީ توحيد އަށް ހެކިވީ ބައެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ އެޔާ އިދިކޮޅު ބައެކެވެ. مشرك ންނެވެ.) 87. (87) އޭ رسول الله އެވެ. ކަލޭގެފާނު އެމީހުން ކުރެން يعني އެ مشرك ން ކުރެން އެމީހުން ހެއްދެވީ ކާކުތޯ އަހައިފިއްޔާ، ހަމަކަށަވަރުން އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. އެހެންވީއިރު އެމީހުން ﷲ އަށް އަޅުކަން خلاص ނުކޮށް، އެހެން ފަރާތްފަރާތަށް އަޅުކަން ކުރުން އެމީހުންނަށް حقّ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެމީހުން ހަދާ ބޮޑު ދޮގެކެވެ. 88. (88) އަދި ކަލޭގެފާނުންގެ ބަސްފުޅު - يعني رسول الله ﷺ ގެ ބަސްފުޅު "އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މި މީހުން إيمان އެއް ނުވެއެވެ." އެ ބަސްފުޅު ﷲ تعالى ދެނެވޮޑިގެން ވެއެވެ. އެ شكوى ގެ އަޑުފުޅު އެކަލާނގެ އައްސަވާ ވޮޑިގެން ވެއެވެ. (އޭގެ جواب ގައި އެކަލާނގެ وحي ކުރެއްވިއެވެ.) 89. (89) އޭ رسول الله އެވެ. އެމީހުންގެ ފަރާތުން އެނބުރި ހުށަހޮޅިވަޑައިގަންނަވާށެވެ. އަޅައިނުލައްވާށެވެ. އަދި އެމީހުންނަށް ވިދާޅުވާށެވެ. سلام އެވެ. (އެއީ سلام ކުރުމުގެ މާނައިގައި ވާ سلام އެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ އެމީހުންގެ ފަރާތުން އަތްދޫކޮށްލުމޭ ބުނާ މާނައިގައި ވާ سلام އެކެވެ.) قيامة ދުވަހުން ނިކަންހުރެ (އެއީ އިދިކޮޅު ކަމުގެ ނަތީޖާ / ވޭންދެނިވި عذاب) އެމީހުންނަށް އެނގިދާނެއެވެ. އެކަމުގެ ރަހަ ދެކޭނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Продолжить чтение

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать