登入
登入
登入
选择语言

043Az-Zukhruf 43:63 ولما جاء عيسى بالبينات قال قد جيتكم بالحكمة ولابين لكم بعض الذي تختلفون فيه فاتقوا الله واطيعون ٦٣

43:63
وَلَمَّا
جَآءَ
عِيسَىٰ
بِٱلۡبَيِّنَٰتِ
قَالَ
قَدۡ
جِئۡتُكُم
بِٱلۡحِكۡمَةِ
وَلِأُبَيِّنَ
لَكُم
بَعۡضَ
ٱلَّذِي
تَخۡتَلِفُونَ
فِيهِۖ
فَٱتَّقُواْ
ٱللَّهَ
وَأَطِيعُونِ
٦٣
(63) އަދި ބަޔާންވެގެންވާ ދަލީލުތަކާއިގެން عيسى عَلَيْه السَّلآم ވަޑައިގެންނެވި ހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭމެންގެ ގާތަށް މިއައީ حكمة އާއިގެންނެވެ. ނަބީކަމާއިގެންނެވެ. އަދި އެކަންކަމާމެދު ކަލޭމެން إختلاف ވެ، ދެބަސްވާ ބައެއް ކަންތައް ކަލޭމެންނަށް އަންގައިދޭށެވެ. ބަޔާންކޮށްދޭށެވެ. ފަހެ ކަލޭމެން ﷲ އަށް تقوٰى ވެރިވާށެވެ. އެކަލާނގެއަށް ބިރުވެތި ވާށެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވާށެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The Contempt of the Quraysh for the son of Maryam, and His true Status with Allah

Allah tells us how the Quraysh persisted in their disbelief and stubborn arguments:

وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلاً إِذَا قَوْمُكَ مِنْهُ يَصِدُّونَ

(And when the son of Maryam is quoted as an example, behold, y

…

The Contempt of the Quraysh for the son of Maryam, and His true Status with Allah

Allah tells us how the Quraysh persisted in their disbelief and stub

…
更多经注

结合上下文阅读

章 43, 页 494, Juz 25

57. (57) އަދި مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނުގެ މިސާލު ޖެހެވުނު ހިނދުން ކަލޭގެފާނުންގެ قوم ގެ މީހުން އެކަމާމެދު ހަޅޭލަވައި، އަޑުގަދަކޮށް، ހީހެދީއެވެ. • ދަންނައެވެ. މި އާޔަތުން މި އިޝާރާތްވަނީ رسول الله ﷺ އާއި، ابن الزِّبَعرَى ކިޔާ މީހަކާމެދު ހިނގި ޖަދަލުވެރި ދިމާކުރުމަކާއެވެ. އެކަން ވީގޮތަކީ (إنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللهِ حَصَبُ جَهَنَّمَ...) މާނައީ: (އޭ مشرك ންނޭވެ.) ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އެ ތަކެއްޗަށް އަޅުކަންކުރި އެންމެހައި ތަކެއްޗަކީ ނަރަކައިގެ ދަރެވެ... މި އާޔަތް ބާވައިލެއްވުމުން ابن الزِّبَعرَى ދެންނެވިއެވެ. نصارى އިން عيسى عَلَيْه السَّلآم އަށް އަޅުކަން ނުކުރޭތޯއެވެ. އަދި يهودي ން عزير ގެފާނަށް އަޅުކަން ނުކުރޭތޯއެވެ؟ އަދި بنو مليح ގެ މީހުން ملائكة ބޭކަލުންނަށް އަޅުކަން ނުކުރޭތޯއެވެ؟ މި ބޭބޭކަލުން އަހުރެމެންނާއެކު ނަރަކައިގާ ތިބޭކަމަށް ވަންޏާ އަހުރެމެން ރުހިއްޖައީމެވެ. އެކަމާ އެމީހުން ވަރަށް އުފާކޮށް، މަޖާނެގިއެވެ. ހަޅޭލަވައިވެސް ހެދިއެވެ. މިވާހަކަޔާ ގުޅިގެން (إنَّ الَّذِينَ سَبَقَتْ لَهُمْ مِّنَّاالْحُسْنٰى أُولٰئِكَ عَنْهَا مُبْعَدُونَ) އެބަހީ: ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން ރަސްކަލާނގެ حضرة ން ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން އެ ނަރަކަޔާ ދުރުކުރެވޭނެއެވެ. (އެބަހީ: އެ نبي ބޭކަލުންނާއި، މަލާއިކަތް ބޭކަލުންނަކީ ބާއްޖަވެރީންނެވެ. އެބޭކަލުން ނަރަކައަށް ނުވަންނަ ހުއްޓެވެ.) 58. (58) އަދި އެމީހުން ބުންޏެވެ. ހެޔޮވެގެންވަނީ އަހުރެމެންގެ إلٰه ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ (يعني عيسى عَلَيْه السَّلآم ހެއްޔެވެ؟) (އޭ رسول الله އެވެ.) އެމީހުން ކަލޭގެފާނަށް އެކަލޭގެފާނުންގެ މިސާލު (يعني: عيسى عَلَيْه السَّلآم ގެ މިސާލު) ހަމަ ޖަދަލުކޮށް، ކަލޭގެފާނާ ދެކޮޅުހެދުމަށް މެނުވީ ނުޖަހައެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ދެކޮޅުވެރި، އަދި ޖަދަލުކުރުންބޮޑު ބައެކެވެ. 59. (59) އަދި އެކަލޭގެފާނަކީ، އެބަހީ عيسى عَلَيْه السَّلآم އަކީ، ތިމަން ރަސްކަލާނގެ އެކަލޭގެފާނުގެ މައްޗަށް نعمة ލައްވައި، رحمة ލައްވާފައިވާ އަޅަކު ކަމުގައި މެނުވީ ނުވެއެވެ. (އެއީ ހަމަ އަޅެކެވެ. إلٰه އެއް ނޫނެވެ.) އަދި އެކަލޭގެފާނު ތިމަން ރަސްކަލާނގެ ލެއްވި بني إسرائيل ންނަށް ވާ مثال އެއް ކަމުގައެވެ. އެބަހީ ތިމަން ރަސްކަލާނގެ قدرة ތެރިކަމުގެ މިސާލެއް ކަމުގައެވެ. (ބަފަޔަކާ ނުލައިވެސް ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ އިންސާނުން އުފައްދަވާނޭ ކަމުގެ دليل އެއްގެ ގޮތުންނެވެ.) އެގޮތުން ءادم ގެފާނަކީ ބަފަޔަކު، އަދި މަޔަކުނެތި އުފެއްދެވި އަޅެކެވެ. حوّٰى ގެފާނަކީ މަޔަކުނެތި ހެއްދެވި އަޅެކެވެ. عيسى ގެފާނަކީ ބަފަޔަކުނެތި ހެއްދެވި އަޅެކެވެ. މި ހުރިހާ ގޮތަކަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ. 60. (60) އަދި ތިމަން ރަސްކަލާނގެ އެދިވޮޑިގެންފިއްޔާ ކަލޭމެން އިންސާނުންގެ ބަދަލުގައި ބިންމަތީގައި ދިރިއުޅޭ ބަޔަކު ކަމުގައި މަލާއިކަތް ބޭކަލުން ލައްވައިފީހެވެ. 61. (61) އަދި ހަމަކަށަވަރުން އެކަލޭގެފާނަކީ قيامة އަށް ވާ علامة އެކެވެ. (އެބަހީ: عيسى ގެފާނު ފަހުޒަމާނުގައި ދުނިޔެއަށް ދެވަނަ ފަހަރަށް ވަޑައިގަތުމަކީ، قيامة ވުން ތައްޔާރުވީ ކަމުގެ علامة އެކެވެ.) އެކަމަށް ކަލޭގެފާނު އެއްގޮތަކަށްވެސް ޝައްކު ނުކުރާށެވެ. އަދި ތިމަން ރަސްކަލާނގެ وحي ގެ ذريعة އިން ކަލޭގެފާނަށް މި އަންގަވާ އެއްޗާ تبع ވެވަޑައިގަންނަވާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. 62. (62) އަދި شيطان އާ، ތިޔަބައިމީހުން ތެދުމަގާ ދުރުކޮށް، ހުއްޓުވިޔަ ނުދޭށެވެ. ހަމަކަށަވަރުން އެ ސައިތާނާއަކީ ކަލޭމެންނަށް ޓަކައި بيان ވެގެންވާ عداوة ތެރިއެކެވެ. 63. (63) އަދި ބަޔާންވެގެންވާ ދަލީލުތަކާއިގެން عيسى عَلَيْه السَّلآم ވަޑައިގެންނެވި ހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ކަލޭމެންގެ ގާތަށް މިއައީ حكمة އާއިގެންނެވެ. ނަބީކަމާއިގެންނެވެ. އަދި އެކަންކަމާމެދު ކަލޭމެން إختلاف ވެ، ދެބަސްވާ ބައެއް ކަންތައް ކަލޭމެންނަށް އަންގައިދޭށެވެ. ބަޔާންކޮށްދޭށެވެ. ފަހެ ކަލޭމެން ﷲ އަށް تقوٰى ވެރިވާށެވެ. އެކަލާނގެއަށް ބިރުވެތި ވާށެވެ. އަދި ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވާށެވެ. 64. (64) ހަމަކަށަވަރުން ﷲ އެއީ އަހުރެންނާއި، އަދި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ، ކަލޭމެން އެކަލާނގެއަށް އަޅުކަން ކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. 65. (65) ފަހެ އެމީހުންގެ މެދުގައި (އެބަހީ: يهودي ންނާއި، نصارى އިންގެ މެދުގައި) جماعة ތައް (يعني: އެކިއެކި فرقة ތައް) (عيسى عَلَيْه السَّلآم އާމެދު) ބަސް ތަފާތުވެ إختلاف ވެއްޖެއެވެ. ދެންފަހެ އަނިޔާވެރީންނަށް ހުރީ (مشرك ންނަށް ހުރީ) ދުވަހެއްގެ، ވޭންދެނިވި عذاب އެވެ. އެއީ قيامة ދުވަހެވެ. • ދަންނައެވެ. عيسى عَلَيْه السَّلآم އާމެދު يهودي ންނާއި، نصارى އިން ތަފާތު ބަސްތައް ކިޔައެވެ. ބައެއް يهودي ން ބުނަނީ އެއީ ޒިނޭގެ ދަރިއެއް ކަމަށެވެ. - نعوذ بالله -. އަދި ساحر އެކޭވެސް އެމީހުން ބުންޏެވެ. އަދި نصارى ންގެ ބައެއް މީހުން ބުންޏެވެ. އެއީ ﷲ އެވެ. އަދި نصارى އިންގެ އަނެއް ބަޔަކު ބުނީ އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މިނޫން ގޮތަގޮތަށްވެސް ބުންޏެވެ. އެ ހުރިހައި ބަސްތަކުން ﷲ تعالى ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ. 66. (66) އެކާފަރުންނާއި، مشرك ންގެ މީހުން އެމީހުންނަށް إحساس ވެސް ނުވެ ތިއްބައި އެމީހުންނަށް قيامة قائم ވުމަށް މެނުވީ އެމީހުން إنْتِظَارُ އެބަ ކުރޭހެއްޔެވެ؟ އެބަހީ އެމީހުން އެ إنتظار ކުރަނީ އެކަމަށެވެ. 67. (67) ދުނިޔޭގައި رحمة ތެރިކަމާއި، ލޯބިވެތިކަމާއިގެން އުޅުނު އެންމެންނީވެސް قيامة ދުވަހުން تقوى ވެރި، މާތް މީހުން މެނުވީ އެއްބަޔަކު އަނެއް ބަޔަކަށް އެއީ عدوّ ންނެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献