Se connecter
Se connecter
Se connecter
Sélectionner la langue

043Az-Zuhruf 43:25 فانتقمنا منهم فانظر كيف كان عاقبة المكذبين ٢٥

43:25
فَٱنتَقَمۡنَا
مِنۡهُمۡۖ
فَٱنظُرۡ
كَيۡفَ
كَانَ
عَٰقِبَةُ
ٱلۡمُكَذِّبِينَ
٢٥
(25) ފަހެ ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. އެމީހުން ހަލާކު ކުރެއްވީމެވެ. (އެކި قوم ހަލާކު ކުރެއްވީ އެކި ގޮތަށެވެ.) އޭ رسول الله އެވެ! ދޮގުކުރި މީހުންގެ ފަހުކޮޅު ކަންތައް ވެގެން ދިޔައީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ!
Lire la suite

Lisez le Tafsir

Ibn Kathir (Abridged)

The Idolators have no Proof

Allah condemns the idolators for worshipping others instead of Allah with no evidence or proof for doing so.

أَمْ ءَاتَيْنَـهُمْ كِتَـباً مِّن قَبْلِهِ

(Or have We given them any Book before this) means, before their idolatry.

فَهُم بِهِ مُسْتَمْسِكُونَ

(to which they are hold

…

The Idolators have no Proof

Allah condemns the idolators for worshipping others instead of Allah with no evidence or proof for doing so.

أَمْ ءَاتَيْنَـ
…
Plus de Tafsirs

Lire dans le contexte

Chapitre 43, Page 491, Juz 25

16. (16) އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީއެވެ. ﷲ تعالى އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އަންހެން ޖިންސު އެކަލާނގެ ރަސްކަންފުޅަށް خاصّ ކޮށް، ފިރިހެން ދަރީން ތިޔަބައިމީހުންނަށް خاصّ ކުރައްވަނީއެވެ. (މިއީ ވަރަށްވެސް އަދަބުކުޑަ، އަދި ނުބައި ބަހެކެވެ.) 17. (17) އަދި އެބައިމީހުން رَحْمن ވަންތަ، މާތް ﷲ އަށް އެ ވައްތަރުކުރާ (އެ خاصّ ކުރާ) ތަކެތީން އެމީހުންކުރެ މީހަކަށް އުފާވެރިކަމުގެ خبر ދެވިއްޖެއްޔާއި، (އެބަހީ އެއިން މީހަކަށް އަންހެން ދަރިޔަކު ލިބުނުކަމުގެ خبر ދެވިއްޖެއްޔާއި) އެކަމާ ހިތާމަޔާއި، نفرة ން އޭނާގެ މޫނު ކަޅުވެ، މޫނުގެ منظر ހުތުރުވެދެއެވެ. އަދި އޭނާ ހުންނާނީ އެކަމާ ހިތާމައިންނާއި، ރުޅީން ފުރިގެންވާ حال ގައެވެ. 18. (18) (އެމީހުން އެކަލާނގެއަށް خاصّ ކުރަނީ) ގަހަނާޔާއި، ޒީނަތްތެރިކަން (ބޭރުން ގެނަސްގެން) އުފެދި ބޮޑުވާ މީހަކު ހެއްޔެވެ؟ އަދި އޭނާ ޖަދަލުކުރުމާއި، حجّة قائم ކުރުމުގައިވެސް دليل بيان ނުކޮށްދެވޭ މީހަކު ހެއްޔެވެ؟ (އަންހެނުންނަކީ ގިނަ ގަހަނާއާއި، ޒީނަތްތެރިކަން ބޭރުން އިތުރުކުރާ މީހެކެވެ. حقيقة ގައިވެސް އެއީ އުފެދުމުގައި ހުރި އުނިކަމެކެވެ. عامّ ކޮށް حجّة قائم ކުރުމުގައިވެސް އުނިވާނެއެވެ.) އެފަދަ އުނި ފަރާތެއް ﷲ އަށް نسبة ކޮށް، އެކަލާނގެ وحدانيّة އާ خلاف ވާ އަދަބުކުޑަ، ނުބައި ވާހަކަތައް ﷲ އަށް نسبة ކުރާކަށް ކުޑަވެސް ލަދުވެތިކަމެއް، ޖެހިލުމެއް ނުވެއެވެ. تعالى الله عن كلّ ذالك علوّا كبيرا. 19. (19) (އަދި އެ مشرك ންގެ މީހުން) رَحْمن ވަންތަ މާތް ﷲ ގެ އަޅުންތަކެއް ކަމުގައިވާ ملائكة ބޭކަލުންނީ އަންހެނުންތަކެއް ކަމުގައި ހަދައިފިއެވެ. އެމީހުން ފަހެ ﷲ تعالى އެމަލާއިކަތް ބޭކަލުން ހެއްދެވިއިރު އެތަނަށް ގޮސް، އެތާ حاضر ވެ ތިބީ ހެއްޔެވެ؟ (މަލާއިކަތް ބޭކަލުންނީ އަންހެން ބައެއްކަން ނުވަތަ ފިރިހެން ބައެއްކަން އެނގޭނީ އެހެންނަމަ ތާއެވެ؟) ނިކަންހުރެ އެމީހުން އެ ބުނާ ބަސް އެމީހުންގެ عمل ގެ ފަތުގައި ލިޔުއްވާހުށީމެވެ. ދެން އެމީހުންނަށް އެ ނުބައި ބަހާމެދު ސުއާލުވެވޭ ހުއްޓެވެ. އަދި އެކަމުގެ ޖަޒާ ދެވޭހުއްޓެވެ. 20. (20) (ކާފަރުންގެމީހުންބުނެއެވެ.) رَحْمن ވަންތަ ކަލާނގެ އެދިވޮޑިގެންނެވި ނަމަ އަހުރެމެން ملائكة ބޭކަލުންނަށް އަޅުކަން ނުކުރީހެވެ. (ނުކުރެވުނީހެވެ.) އަހުރެމެންނަށް އަޅުކަން ކުރެވޭކަން އެއީ އެކަލާނގެ އެގޮތަށް އެދިވޮޑިގަންނަވާ ކަމުގެ ދަލީލެކެވެ. • ދަންނައެވެ. މިއީ ބޮޑު بهتان ދޮގު عقيدة އެކެވެ. އެހެނީ إيمان ކަމާއި، ކާފަރުކަންވެސް ހެއްދެވީ ހަމަ ﷲ އެވެ. އެކަމަކު އެކަލާނގެ އެކަލާނގެ އަޅުތަކުންނަކަށް ކާފަރުކަމަށް ރުހިވޮޑި ނުގަންނަވައެވެ. އަދި އެމީހުންގެ އެ ވާހަކައިން އެމީހުން އެ އެދެނީ ބުދަށް އަޅުކަންކުރުން ހުއްދަކަން ދައްކާށެވެ. (تعالى الله عن كلّ ذالك علوّا كبيرا.) އަދި އެމީހުން އެފަދަ ބަސް ބުނުމުގައި އެމީހުންނަށް އެއްވެސް އެނގުމެއް ނުވެއެވެ. އެމީހުން ހަމައެކަނި ދޮގުހަދާ ކަމުގައި މެނުވީ ނުވެއެވެ. 21. (21) ނުވަތަ އެ قرآن އެމީހުންގެ ގާތަށް އައުމުގެ ކުރީން އެމީހުން އެ ފޮތެއްގައި ހިފަހައްޓައި، އެ ފޮތުގައި ވާ ގޮތަށް حجّة قائم ކުރާނޭ ފޮތެއް އެމީހުންނަށް ތިމަން ރަސްކަލާނގެ ދެއްވީ ހެއްޔެވެ؟ (އެހެންވެސް ނޫނެވެ.) 22. (22) އަދި ކިޔެއް ހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެމީހުން ބުނީ - އެބަހީ مشرك ން ބުނީ - އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. (ﷲ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ކުރާތީއެވެ.) އަހުރެމެންވެސް، އެމީހުންގެ އެގޮތް މަތީގައި އެމަގުން ހިނގަނީއެވެ. 23. (23) (އޭ رسول الله އެވެ!) ކަންތައް ހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ކުރީ އެއްވެސް ރަށަކަށް އެއްވެސް رسول ބޭކަލަކު ފޮނުއްވައިފިއްޔާ އެ ރަށެއްގައި ތިބޭ مُتْرَفُ ން (نِعْمَة ލިބިގެންވާ މަތީމީހުން) އެފަދައިން އެބޭކަލަކާ ދިމާއަށް ނުބުނާ އެއްވެސް ބޭކަލަކު އެއްވެސް ރަށަކަށް ފޮނުވިފައެއް ނުވެއެވެ. ކޮންމެ ބަޔަކުވެސް ބުނަނީ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހުރެމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި، އެމީހުންނަށް تبع ވަނީއެވެ. 24. (24) އެކަލޭގެފާނު އެބަހީ އޭރު ހުންނެވި رسول އާ ވިދާޅުވެއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ވަނިކޮށް ކަލޭމެން ދުށް ގޮތަށްވުރެ މާ ރަނގަޅު، ސީދާ ތެދުމަގާއިގެން އަހުރެން އަތުވެއްޖެއްޔާއިވެސް (ތިޔަބައިމީހުން ތިޔަގޮތް ދޫނުކުރާނޭ ހެއްޔެވެ؟) އެމީހުން ދެންނެވިއެވެ. އަހުރެމެން މި ވަނީ އެ އެއްޗަކާއިގެން ތިޔަބައިމީހުން ފޮނުވި ތަކެއްޗަށް ކާފަރުވެގެންނެވެ. 25. (25) ފަހެ ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. އެމީހުން ހަލާކު ކުރެއްވީމެވެ. (އެކި قوم ހަލާކު ކުރެއްވީ އެކި ގޮތަށެވެ.) އޭ رسول الله އެވެ! ދޮގުކުރި މީހުންގެ ފަހުކޮޅު ކަންތައް ވެގެން ދިޔައީ ކޮންފަދައަކުންކަން ކަލޭގެފާނު ނިކަން ބައްލަވާށެވެ!

- Abu Bakr Ibrahim Ali (Bakurube)

Notes et réflexions

Vous n'avez aucune note ni réflexion sur ce verset.

Notes placeholders

Restez connecté(e) avec le Coran ❤️

De courts rappels significatifs pour se recentrer, méditer et rester connecté(e) au Coran.

Lire, Écouter, Rechercher et Méditer sur le Coran

Quran.com est une plateforme fiable utilisée par des millions de personnes dans le monde pour lire, rechercher, écouter et méditer sur le Coran en plusieurs langues. Elle propose des traductions, des tafsirs, des récitations, des traductions mot à mot et des outils pour une étude plus approfondie, rendant le Coran accessible à tous.

En tant que Sadaqah Jariyah, Quran.com se consacre à aider les gens à se connecter profondément au Coran. Soutenu par Quran.Foundation , une organisation à but non lucratif 501(c)(3), Quran.com continue de se développer en tant que ressource gratuite et précieuse pour tous, Alhamdulillah.

Naviguer
Accueil
Quran Radio
Récitateurs
À propos de nous
Développeurs
Mises à jour du produit
Avis
Aider
Faire un don
Nos projets
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projets à but non lucratif détenus, gérés ou sponsorisés par Quran.Foundation
Liens populaires
Douas du Coran
Verset du Coran du jour
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Plan du site (sitemap)ConfidentialitéTermes et conditions
© 2026 Quran.com. Tous droits réservés
Contribuer