لَا
تَعۡتَذِرُواْ
قَدۡ
كَفَرۡتُم
بَعۡدَ
إِيمَٰنِكُمۡۚ
إِن
نَّعۡفُ
عَن
طَآئِفَةٖ
مِّنكُمۡ
نُعَذِّبۡ
طَآئِفَةَۢ
بِأَنَّهُمۡ
كَانُواْ
مُجۡرِمِينَ
٦٦
(66) ކަލޭމެން عذر ދައްކާ ބަހަނާދައްކަން ނަހަދާށެވެ! ކަލޭމެން ތިޔަވަނީ ކަލޭމެންގެ އީމާންކަމަށްފަހު އަލުންވެސް ކާފަރުވެގެންނެވެ. ކަލޭމެންކުރެ ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވާހުށީމެވެ. އެހެނީ ހަމަކަށަވަރުން އެމީހުންވީ مُجْرِم ން ކަމުގައެވެ. ނުބައި ނުލަފާ މީހުން ކަމުގައެވެ.
• ދަންނައެވެ! މިއާޔަތާއި މީގެ ފަހުގެ ދެއާޔަތް ބާވައިލެއްވުނު ސަބަބެއް ކަމުގައި تفسير ފޮތްތަކާއި حديث ފޮތްތަކުގައި ރިވާވެގެންވަނީ رسول ﷲ ﷺ އާއި أصحاب ބޭކަލުން تَبُوك ހަނގުރާމައަށް ވަޑައިގެންނެވި لشكر ގައި منافق ންގެ ބަޔަކުވެސްވެއެވެ. ދެންފަހެ رسول ﷲ ﷺ ކޮންމެވެސް منزل އެއްގައި لشكر މަޑުކުރައްވާފައިވަނިކޮށް މި منافق ން އެއްތަނަކަށް ޖެހިލާފައި رسول ﷲ ﷺ އަށާއި أصحاب ބޭކަލުންނަށް ދޮގު ހުތުރުބަސްތަކުން މަލާމާތްކުރީއެވެ. އެއަޑު އަހަން އެތާ މާތްވެގެންވާ أصحاب ބޭކަލަކު އިންނެވިއެވެ. އަދި އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. ކަލޭ ތިޔަހަދަނީ ދޮގެވެ. އަހުރެން މިދަނީ ތިޔަވާހަކަ رسول ﷲ ﷺ އަށް ދަންނަވާށެވެ. އަދި އެބޭކަލަކު އެކަލޭގެފާނުންގެ އަރިހަށް ވަޑައިގެންނެވި އިރު قرآن އެކަމުގައި އިސްވެއްޖެއެވެ. އިސްވެދިޔަ ދެއާޔަތް ބާވައިލައްވާ އެވާހަކަ ދެއްކި މީހުންނަކީ ކާފަރުން ކަމުގައި ނިޔާކަނޑައަޅުއްވައިފިއެވެ. މިވާހަކަ تفصيل ކޮށް حديث ފޮތްތަކާއި تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. والله أعلم.
اقرأ التفسير
Arabic Qurtubi Tafseer
قوله تعالى لا تعتذروا قد كفرتم بعد إيمانكم إن نعف عن طائفة منكم نعذب طائفة بأنهم كانوا مجرمين [ ص: 124 ] قوله تعالى لا تعتذروا قد كفرتم بعد إيمانكم على جهة التوبيخ ، كأنه يقول : لا تفعلوا ما لا ينفع ، ثم حكم عليهم بالكفر وعدم الاعتذار من الذنب . واعتذر بمعنى أعذر ، أي صار ذا عذر . قال لبيد :ومن يبك …
قوله تعالى لا تعتذروا قد كفرتم بعد إيمانكم إن نعف عن طائفة منكم نعذب طائفة بأنهم كانوا مجرمين [ ص: 124 ] قوله تعالى لا تعتذروا قد كفرتم بعد إيمانكم عل…