Masuk
Masuk
Masuk
Pilih Bahasa
009

At-Tawbah 9:53 قل انفقوا طوعا او كرها لن يتقبل منكم انكم كنتم قوما فاسقين ٥٣

9:53
قُلْ
اَنْفِقُوْا
طَوْعًا
اَوْ
كَرْهًا
لَّنْ
یُّتَقَبَّلَ
مِنْكُمْ ؕ
اِنَّكُمْ
كُنْتُمْ
قَوْمًا
فٰسِقِیْنَ
۟
(53) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކިޔަމަންތެރިކަމާއިއެކު ހޭދަކުރިޔަސް ނުވަތަ ނުރުހުމާއެކު ހޭދަކުރިޔަސް ކަލޭމެންގެ ކިބައިން އެކަން قبول ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެންނަކީ فاسق ބައެކެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.)
Lanjutkan Membaca

Bacalah Tafsir

Ibn Kathir (Abridged)

قُلْ

(Say), O Muhammad to them,

هَلْ تَرَبَّصُونَ بِنَآ

(Do you wait for us), anything,

إِلاَ إِحْدَى الْحُسْنَيَيْنِ

(except one of the two best things), martyrdom or victory over you, according to the meaning given by Ibn `Abbas, Mujahid, Qatadah, and others.

وَنَحْنُ نَتَرَبَّصُ بِكُمْ

(while we awai

…
قُلْ

(Say), O Muhammad to them,

هَلْ تَرَبَّصُونَ بِنَآ

(Do you wait for us), anything,

إِلاَ إِحْدَى الْحُسْنَيَيْنِ

(except one of the two best things)

…
Lebih Banyak Tafsir

Baca dalam Konteks

Bab 9, Halaman 176, Juz 10

49. (49) އަދި އެ منافق ން ތެރޭގައި މިހެން ބުނާމީހުން ވެއެވެ. ކަލޭގެފާނުން އަހުރެންނަށް (ހަނގުރާމައަށް ނުގޮސް ހުރުމުގެ) އިޒުނަދެއްވާށެވެ! އަދި އަހުރެން فتنة ވެރި ނުކުރުވާށެވެ. (މިހެން ބުނީ جدّ بن قيس ކިޔާމީހަކު ކަމުގައިވިއެވެ. އަދި އޭނާ ބުންނެވެ. بَنِي الأصْفَر ގެ يعني: رومي ންގެ ދޮން އަންހެނުން ދުށުމުން إمتحان ނުކުރައްވާށެވެ!) ދަންނާށެވެ! އެމީހުން އެވެއްޓުނީ ހަމަ فتنة އަށެވެ. އަދި ހަމަކަށަވަރުން ކާފަރުންގެ ވަށައިގެން ނަރަކަ ވާކަން ކަށަވަރެވެ. 50. (50) (އޭ رسول ﷲ އެވެ! ތަނެއް فتح ވުންފަދަ، غنيمة އެއް حاصل ވުންފަދަ) ކަލޭގެފާނަށް ހެވެއް އަދި އުފާވާކަމެއް ދިމާވެއްޖެއްޔާ، އެ منافق ންގެ މީހުން ނުބައިވެ ދެރަވާނެއެވެ. އަދި (زَخم ވުންފަދަ، قتل ވުންފަދަ) ދެރަކަމެއް مصيبة އެއް ކަލޭގެފާނަށް ދިމާވެއްޖެއްޔާ، އެމީހުން ބުނާނެއެވެ. އަހުރެމެން މިތިބީ އަހުރެމެންގެ ކަންތަކުގައި ރައްކާތެރި ސަލާމަތްގޮތް ހިފައިގެންނެވެ. (އެބަހީ: ހަނގުރާމަޔަށް ނުގޮސް ސަލާމަތްގޮތުގައި މި مصيبة ޖެހުމުގެ ކުރިންވެސް ހިފައިގެންނެވެ.) އަދި އެމީހުން އުފާކުރާ حال ފުރަގަސްދީ އެނބުރި ދެއެވެ. 51. (51) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަހުރެމެނަށް ކަނޑައަޅުއްވާ ލިއުއްވާފައިވާ ކަމެއް މެނުވީ އަހުރެމެންނަށް ނުޖެހޭނެއެވެ. އެކަލާނގެއީ އަހުރެމެންގެ ސަހަރޯވެރި نصر ވެރި ސާހިބާއެވެ. އަދި مؤمن ން ކަނޑައެޅިގެން ﷲ އަށް وكيل ކުރާ ހުށިކަމެވެ. އިތުބާރުކުރާ ހުށިކަމެވެ! 52. (52) (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ منافق ންނަށް) ވިދާޅުވާށެވެ! ދެހެވުންކުރެ އެއް ހެވަށް މެނުވީ ކަލޭމެން އަހުރެމެންނާމެދު އެބަ إنتظار ކުރޭހެއްޔެވެ؟ (އެއް ހެވަކީ عدوّ ންގެ އަތުން غنيمة މުދާލިބި فتح ވުންފަދަ ކަންކަމެވެ. - އަނެއް ހެވަކީ ހަނގުރާމައިގައި قتل ވެ شهيد ވެގެން ދިއުމެވެ. އޭގެ ނަތީޖާއަކީ ކަނޑައެޅިގެން ސުވަރުގެއެވެ.) އަދި އަހުރެމެން ކަލޭމެންނާމެދު މި إنتظار ކުރަނީ ﷲ تعالى ސީދާ އެކަލާނގެ حضرة ން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ނުވަތަ އަހުރެމެންގެ އަތްތަކުން ކަލޭމެނަށް عذاب އެއް ދެއްވުމަށެވެ. ފަހެ ކަލޭމެން ކަލޭމެން އެދޭ ކަންތަކަށް إنتظار ކުރާށެވެ! އަހުރެމެންވެސް ކަލޭމެންނާއެކު إنتظار ކުރާނަމެވެ. 53. (53) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން ކިޔަމަންތެރިކަމާއިއެކު ހޭދަކުރިޔަސް ނުވަތަ ނުރުހުމާއެކު ހޭދަކުރިޔަސް ކަލޭމެންގެ ކިބައިން އެކަން قبول ނުކުރެވޭނެއެވެ. އެހެނީ ހަމަކަށަވަރުން ކަލޭމެންނަކީ فاسق ބައެކެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބައެކެވެ.) 54. (54) އެމީހުންގެ ކިބައިން އެމީހުންގެ އެހޭދަކުރުން قبول ނުކުރެވެނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އަދި އެކަލާނގެ رسول އާއަށް ކާފަރުވީކަން ކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: އެދެފަރާތަށް ކާފަރުވީކަމުގެ ސަބަބުންނެވެ.) އަދި އެމީހުން ކަންނެތްކަންމަތީގައިވާ حال މެނުވީ ނަމާދަށް ނާދެއެވެ. އަދި އެމީހުން ނުރުހިތިބެގެންވާ حال ގައިމެނުވީ އެމީހުން ހޭދަ ނުކުރެއެވެ. 55. (55) (އޭ رسول ﷲ އެވެ!) ފަހެ އެމީހުންގެ މުދަލާއި އަދި އެމީހުންގެ ދަރީންގެ ސަބަބުންވިޔަސް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭށެވެ! އެހެނީ ހަމަކަށަވަރުން ﷲ تعالى އެދިވޮޑިގަންނަވަނީ ދުނިޔޭގެ حياة ގައި އެތަކެތީން އެމީހުންނަށް އެކަލާނގެ عذاب ދެއްވުމަށެވެ. އަދި އެމީހުން ކާފަރުންކަމުގައިވާ حال އެމީހުންގެ ފުރާނަތައް ނުކުމެގެން ދިއުމަށެވެ. 56. (56) އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. ހަމަކަށަވަރުން އެމީހުންވަނީ ކަލޭމެން (مؤمن ން) ގެ ތެރެއިންނެވެ. (އެހެންނަމަވެސް) އެމީހުން ކަލޭމެންގެތެރެއިން ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ (ކަލޭމެންދެކެ) ބިރުގަންނަ ބައެކެވެ. 57. (57) އެމީހުންނަށް (ކިއްލާއެއްފަދައިން) އެމީހުން ސަލާމަތްވާނެތަނެއް ފެންނަނަމަ ނުވަތަ ވަންނާނެ ހޮހޮޅައެއް ފެންނާނެނަމަ ނުވަތަ ބިމުގައި ކޮނެފައިވާ ހޮރެއް ފެންނާނެނަމަ ހަމަކަށަވަރުން އެމީހުން އެދިމާއަށް އަވަސްވެގެންވާ حال އެނބުރި ހިނގައިދާނެއެވެ. 58. (58) އަދި އެ منافق ންގެތެރޭގައި صدقة ގެ ކަންތަކުގައި ކަލޭގެފާނަށް عَيب ކިޔާމީހުންވެއެވެ. ފަހެ އެމީހުންނަށް އެއިން ދެވިއްޖެއްޔާ އެމީހުން ރުހެއެވެ. އަދި އެމީހުންނަށް އެއިން ނުދެވިއްޖެއްޔާ އެހައިރުން އެމީހުން ރުޅިއާދެއެވެ. 59. (59) އަދި އެމީހުންނަށް ﷲ އާއި އެކަލާނގެ رسول އާ ދެއްވިތަކެއްޗަށް އެމީހުން ރުހުނުނަމަ. "އަދި އަހުރެމެންނަށް ﷲ ފުދެއެވެ." އަދި ނިކަންހުރެ ﷲ އެކަލާނގެ فضل ވަންތަކަމުން އަހުރެމެންނަށް ދެއްވާނެއެވެ. އަދި رسول އާވެސް ދެއްވާނެއެވެ. ހަމަކަށަވަރުން އަހުރެމެން މިއެދެނީ ހަމަ ﷲ ގެ حضرة ންނެވެ. މިހެން އެމީހުން ބުނިނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

Catatan dan Refleksi

Anda tidak memiliki catatan atau refleksi apa pun mengenai ayat ini.

Notes placeholders

Tetap Terhubung dengan Al-Quran ❤️

Pengingat singkat dan bermakna untuk menyegarkan diri, merenung, dan tetap terhubung dengan Al-Quran.

Baca, Dengarkan, Cari, dan Renungkan Al Quran

Quran.com adalah platform tepercaya yang digunakan jutaan orang di seluruh dunia untuk membaca, mencari, mendengarkan, dan merefleksikan Al-Qur'an dalam berbagai bahasa. Platform ini menyediakan terjemahan, tafsir, tilawah, terjemahan kata demi kata, dan berbagai alat untuk pembelajaran yang lebih mendalam, sehingga Al-Qur'an dapat diakses oleh semua orang.

Sebagai sebuah Sadaqah Jariyah, Quran.com berdedikasi untuk membantu orang-orang terhubung secara mendalam dengan Al-Qur'an. Didukung oleh Quran.Foundation , sebuah organisasi nirlaba 501(c)(3), Quran.com terus berkembang sebagai referensi yang sangat bernilai dan gratis untuk semua orang, Alhamdulillah.

Navigasi
Halaman Utama
Radio Qur'an
Qari
Tentang Kami
Pengembang
Pengkinian Produk
Beri Masukan
Bantuan
Menyumbang
Proyek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyek nirlaba yang dimiliki, dikelola, atau disponsori oleh Quran.Foundation
Link populer
Doa-doa dari Al-Quran
Ayat Al-Quran Hari Ini
Ayat Kursi
Surah Yasin
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahfi
Surah Al Muzzammil
Peta situsKerahasiaanSyarat dan Ketentuan
© 2026 Quran.com. Hak Cipta Terlindungi
Menyumbang