Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

At-Táuba 9:110 لا يزال بنيانهم الذي بنوا ريبة في قلوبهم الا ان تقطع قلوبهم والله عليم حكيم ١١٠

Página 204 · Juz 11

لَا
يَزَالُ
بُنۡيَٰنُهُمُ
ٱلَّذِي
بَنَوۡاْ
رِيبَةٗ
فِي
قُلُوبِهِمۡ
إِلَّآ
أَن
تَقَطَّعَ
قُلُوبُهُمۡۗ
وَٱللَّهُ
عَلِيمٌ
حَكِيمٌ
١١٠
(110) އެމީހުންގެ ހިތްތަކުގައި ޝައްކާއި وهم އުފެއްދި ބިނާ (އެމިސްކިތް) އެމީހުންގެ ހިތްތައް ކުދިކުދިވުމުން ފިލައިނުދެއެވެ. (ކުދިކުދިވުން މެނުވީ ނުވެއެވެ.) އަދި ﷲ އީ (އެ منافق ން އެތިބިގޮތް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި حكمة ވަންތަ ކަލާނގެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Difference between Masjid At-Taqwa and Masjid Ad-Dirar

Allah the Exalted says that the Masjid that has been built on the basis of Taqwa of Allah and His pleasure is not the same as a Masjid that was been built based on causing harm, disbelief and causing division among the believers, and as an ou

…

The Difference between Masjid At-Taqwa and Masjid Ad-Dirar

Allah the Exalted says that the Masjid that has been built on the basis of Taqwa of Allah an

…
Ver Tafsires

Leer en contexto

100. (100) مهاجرىّ ބޭކަލުންނާއި أنصارىّ ބޭކަލުންކުރެ (إسلام دين އާއި إيمان ކަމަށް) އިސްވެގަތް ބޭބޭކަލުންނާއި އަދި ރަނގަޅު ހެޔޮ إحسان ތެރިގޮތުގައި އެބޭކަލުންނާއި تبع ވީމީހުންނަށް ﷲ ރުއްސުންލައްވައިފިއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ރުހިގެންވެއެވެ. އަދި އެތަންތާނގެ ދަށުން އާރުތައް ދެމޭ ބަގީޗާތަކެއް އެބަހީ ސުވަރުގެތަކެއް އެކަލާނގެ އެބޭކަލުންނަށް ތައްޔާރުކުރެއްވިއެވެ. އެބޭކަލުން އެތާނގައި ދާއިމީގޮތެއްގައި ދެމިތިއްބަވާނެއެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ. 101. (101) (އޭ مؤمن ންނޭވެ!) ކަލޭމެންގެ ވަށަވަށައިގެންވާ ދުރު ރަށްރަށުގައި ދިރިއުޅޭ أعراب ންގެތެރޭގައި منافق ންވެއެވެ. އަދި مدينة ގެ أهل ވެރިންގެތެރޭގައިވެސް منافق ންވެއެވެ. އެމީސްމީހުން منافق ކަންމަތީ ثابت ވެ ދެމިތިބެއެވެ. އެމީހުންނަކީ ކޮންބައެއްކަމެއް ކަލޭމެންނަކަށް ނޭނގޭނެއެވެ. ތިމަންރަސްކަލާނގެ އެމީހުން ދެނެވޮޑިގަންނަވަމެވެ. ނިކަންހުރެ ތިމަންރަސްކަލާނގެ އެމީހުންނަށް ދެފަހަރަށް عذاب ދެއްވާހުށީމެވެ. (ބުނެވެނީ އެއީ އެއްފަހަރު ދުނިޔޭގައި އަނެއްފަހަރު ކަށްވަޅުގައިކަމަށެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވުނެވެ. والله أعلم.) ދެން އަދި ބޮޑުވެގެންވާ عذاب އަށް - (ނަރަކައިގެ عذاب އަށް) އެމީހުން ފޮނުވޭހުއްޓެވެ. 102. (102) އަނެއްބަޔަކީ - އެބަހީ: ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ އަނެއްބަޔަކީ - އެމީހުން އެމީހުންގެ ފާފަތަކަށް إعتراف ވީމީހުންނެވެ. އެމީހުން صالح عمل އާއި އަދި ނުބައި عمل އެއްކޮށް މައްސުނި ކުރީއެވެ. (އެމީހުންގެ صالح عمل އެއްކަމުގައި ބެލެވެނީ އެމީހުން ކުށަށް إعتراف ވުމާއި توبة ވުމެވެ. އަދި ނުބައި عمل އެއްކަމުގައި ބެލެވެނީ رسول ﷲ ﷺ ގެ އަރިހުގައި ހަނގުރާމައަށް ނުގޮސް ތިބުމާއި ހަނގުރާމައިގައި ބައިވެރި ނުވުމެވެ.) ﷲ އެމީހުންނަށް توبة ލެއްވުން أمّيد ކުރެވެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 103. (103) (އޭ رسول ﷲ އެވެ!) އެމީހުންގެ މުދަލުން - އެބަހީ: ކުށަށް إعتراف ވީ މީހުންގެ މުދަލުން ކަލޭގެފާނު صدقة އެއް ނަންގަވާށެވެ! އެއީ އެމީހުން طاهر ކޮށް ސާފުކުރެއްވުމަށެވެ. އަދި ކަލޭގެފާނު އެމީހުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން دعاءފުޅު ކޮށްދެއްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުންގެ دعاء ފުޅު އެއީ އެމީހުންނަށްވާ ހަމަޖެހުމެކެވެ. (އެއީ ﷲ އެމީހުންނަށް عفو ކުރެއްވުމުގެ މައްޗަށް دليل ކުރާނެކަމެކެވެ.) އަދި ﷲ އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. 104. (104) ﷲ އެއީ އެކަލާނގެ އަޅުތަކުންގެ توبة قبول ކުރައްވާ އަދި صدقة ނަންގަވާ ކަލާނގެކަން އެމީހުންނަށް ނޭނގޭބާވައެވެ؟ އަދި ހަމަކަށަވަރުން ﷲ އެއީ ކަނޑައެޅިގެން توبة ލެއްވުން ގިނަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 105. (105) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ކަލޭމެން عمل ކުރާށެވެ! ނިކަންހުރެ ﷲ ކަލޭމެންގެ عمل ދެކެވޮޑިގަންނަވާނެއެވެ. އަދި އެކަލާނގެ رسول އާވެސް ދެކެވަޑައިގަންނަވާނެއެވެ. އަދި مؤمن ންވެސް ދެކޭނެއެވެ. އަދި غيب ގައިވާ ކަންތަކާއި ފައުޅުގައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ކަލާނގެ حضرة އަށް ކަލޭމެން ރައްދުކުރެވޭނެއެވެ. ދެންފަހެ ކަލޭމެންކުރާ ކަމުގައިވީ ކަންތައްތަކުގެ خبر އެކަލާނގެ ކަލޭމެނަށް އަންގަވާނެއެވެ. 106. (106) (تبوك ހަނގުރާމައަށް ނުގޮސްތިބި މީހުންކުރެ) އަނެއްބަޔަކު ދަންނައެވެ! ﷲ ގެ أمر ފުޅު އަންނާންދެން އެމީހުންގެ ކަންތައް ފަސްކުރެވިގެންވެއެވެ. އެހެންޏާ އެކަލާނގެ އެމީހުންނަށް عذاب ދެއްވުމެވެ. އެހެންޏާ އެކަލާނގެ އެމީހުންގެ މައްޗަށް توبة ލެއްވުމެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލާނގެއެވެ. 107. (107) އަދި (مؤمن ންނަށް) އުނދަގޫކޮށް ދަތިކުރުމަށާއި ކާފަރުވުމަށާއި مؤمن ންގެ ދެމެދު ވަކިކޮށް ބައިބައިކުރުމަށާއި އަދި މީގެކުރިން ﷲ އަށާއި އެކަލާނގެ رسول އާ އާއި ހަނގުރާމަ ކުރިމީހަކު އައުމުގެ إنتظار ގައި މިސްކިތެއް ބިނާކޮށް ހެދިމީހުންނަކީވެސް منافق ންކުރެ ބައެކެވެ. އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. އަހުރެމެން މިކަމުގައި ހަމަ ހެޔޮނޫނީ ނޭދެމެވެ. އަދި އެހެނެއްކަމަކު އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މި منافق ން މިބުނާ މިސްކިތެއް ހެދީ أَبُوعَامِرُ الرَّاهِب ކިޔާ މީހެއްގެ أمر އަށެވެ. އެއީ ﷲ އާއި رسول އާއި ދިމާ އިދިކޮޅު މީހެކެވެ. އޭނާ އެމީހުންނަށް ބުނީ ކަލޭމެން މިސްކިތް އަޅާ ތައްޔާރުކުރާށެވެ! އަހުރެން رُوم ކަރައިގެ قَيْصَرُ ކައިރިޔަށްގޮސް ސިފައިންނާއި ހަތިޔާރު ހިފައިގެން އައިސް محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން ނެރެލާނަމެވެ. އެމީހުން އޭނާގެ ބަސް އަހައި މިސްކިތެއް އެޅީއެވެ. އެމީހުން އެކަން ކުރިއިރު ބޭރުފުށަށް ދައްކަނީ فقير ން ތިބޭށާއި މުސާފިރުން ރޭކޮށްލާށާއި މީހުންނަށް އެހީވާން ހެދި ތަނެއްކަމުގައެވެ. (އެމިސްކިތް މަޝްހޫރުވެގެންވަނީ ضِرَارُ މިސްކިތުގެ ނަމުންނެވެ.) ނަމަވެސް އެމީހުން އެ إنتظار ކުރަނީ أبوعامر އައުމަށެވެ. ދެން މިސްކިތްއަޅާ ނިމުމުން - މިސްކިތް ހުޅުވުމަށް رسول ﷲ ﷺ އަށް އެމީހުން ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މިހާރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވަނީކަމަށެވެ. ހަނގުރާމައިން އައިސް ތިޔަކަމާއި އުޅުއްވާނެކަމަށެވެ. ދެންފަހެ ހަނގުރާމައިން ނިމިވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވުމުގެ ކުރިން ﷲ تعالى އެމިސްކިތުގެ ހުރިހާ خبر ތަކެއް އެކަލޭގެފާނަށް އަންގަވައި ދުވަހަކުވެސް އެތާ قائم ވެވަޑައިނުގެންނެވުމަށް وحي ކުރެއްވިއެވެ. ދެން رسول ﷲ ﷺ ބަޔަކު ފޮނުއްވައި އެމިސްކިތް ހަލާކު ކުރައްވާ ނިންމައިލީއެވެ. އެކަމަށް إشارة ކުރައްވާ ﷲ وحي ކުރެއްވި ބަސްފުޅުގެތަރުޖަމާ މިވަނީއެވެ. = زيدة التفسير =. 108. (108) (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމިސްކިތުގައި ދުވަހަކުވެސް قائم ވެވަޑައިނުގަންނަވާށެވެ! (އެތާ އަޅުކަން ނުކުރައްވާށެވެ!) އެންމެފުރަތަމަ ދުވަހުވެސް تقوى ގެމައްޗަށް ބިންގާ އެޅުނު މިސްކިތުގައި ކަލޭގެފާނު قائم ވެވަޑައިގެންނެވުން މާ حقّ ކަންބޮޑެވެ. طاهر ވެގަތުމަށް ލޯބިކުރާ މީހުން އެމިސްކިތުގައި ވެއެވެ. އަދި طاهر ވާމީހުންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. • ދަންނައެވެ. މިބަޔާންކުރާ މިސްކިތަކީ مدينة ގެ قُبَاء މިސްކިތްކަމާއި المَسْجِدُ النَّبَوِي ކަމާއި މިކަމުގައި مفسّر ންގެ ބަސް ތަފާތުވެގެންވެއެވެ. ގިނަބޭކަލުން ބުރަވެލައްވަނީ އެއީ مسجد النّبوى ކަމަށެވެ. والله أعلم بالصّواب. 109. (109) އަޅެފަހެ ހެޔޮވެގެންވަނީ ﷲ ގެ حضرة ންވާ تقوى ވެރިކަމާއި އެކަލާނގެ ރުހިވޮޑިގަތުމުގެ މައްޗަށް (އެބަހީ އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މައްޗަށް) އެމީހާގެ ބިނާގެ ބިންގާ އެޅިމީހާ ހެއްޔެވެ؟ ނުވަތަ އެމީހާގެ ބިނާގެ ބިންގާ ފެންދެމޭ ވާދީއެއްގެ އެއްފަރާތު ތުންފަތްމަތީގައި ބިންގާއެޅި މީހާހެއްޔެވެ؟ ދެން އެމީހާއާއިގެން އެބިނާ ނަރަކައިގެ އަލިފާނުގެތެރެއަށް ވެއްޓިގެން ދިޔައީއެވެ. އަދި އަނިޔާވެރިންނަށް ﷲ تعالى ތެދުމަގު ނުދައްކަވާހުއްޓެވެ. (މިއާޔަތުން މި بيان ކޮށްދެއްވަނީ، ﷲ ގެ ކިޔަމަނުގައި عمل ކުރިމީހާގެ عمل ގެ މިސާލާއި، އެކަލާނގެއަށް އުރެދުމާއި މަގުފުރެދުމުގެ ތެރޭގައި عمل ކުރިމީހާގެ عمل އާ ދެމީހުންގެ عمل ގެ މިސާލެވެ. مسجد النّبوى އަކީ ﷲ އަށް طاعة އާއި ކިޔަމަނުގެ މަތީގައި ބިންގާއެޅެވުނު މިސްކިތެކެވެ. منافق ން ހެދި ضِرَارُ މިސްކިތަކީ އުރެދުމާއި މަގުފުރެދުމުގެ މައްޗަށް ބިންގާ އެޅެވުނު މިސްކިތެކެވެ.) 110. (110) އެމީހުންގެ ހިތްތަކުގައި ޝައްކާއި وهم އުފެއްދި ބިނާ (އެމިސްކިތް) އެމީހުންގެ ހިތްތައް ކުދިކުދިވުމުން ފިލައިނުދެއެވެ. (ކުދިކުދިވުން މެނުވީ ނުވެއެވެ.) އަދި ﷲ އީ (އެ منافق ން އެތިބިގޮތް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި حكمة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir