Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

At-Talák 65:7 لينفق ذو سعة من سعته ومن قدر عليه رزقه فلينفق مما اتاه الله لا يكلف الله نفسا الا ما اتاها سيجعل الله بعد عسر يسرا ٧

Página 559 · Juz 28

لِيُنفِقۡ
ذُو
سَعَةٖ
مِّن
سَعَتِهِۦۖ
وَمَن
قُدِرَ
عَلَيۡهِ
رِزۡقُهُۥ
فَلۡيُنفِقۡ
مِمَّآ
ءَاتَىٰهُ
ٱللَّهُۚ
لَا
يُكَلِّفُ
ٱللَّهُ
نَفۡسًا
إِلَّا
مَآ
ءَاتَىٰهَاۚ
سَيَجۡعَلُ
ٱللَّهُ
بَعۡدَ
عُسۡرٖ
يُسۡرٗا
٧
(7) އަދި އެ ކިރުމައިންނަށް ތަނަވަސްކަންހުރި މީހުންގެ ތަނަވަސްކަމުން ހޭދަކުރާށެވެ. އަދި އެމީހަކަށް رِزْق ދަތިވެއްޖެ މީހާ، އަތްމަތި ދަތިމީހާ އޭނާއަށް اللَّهُ ދެއްވާފައިވާ މިންވަރަކުން ހޭދަކުރާށެވެ. خَرَدُ ކުރާށެވެ. އަދި އެއްވެސް نَفْس އަކަށް اللَّهُ އެ نَفْس އަކަށް ދެއްވި އެއްޗެއްގެ تَكْلِيْف ނޫނީ ނުޖައްސަވައެވެ. އަދި ނިކަންހުރެ އުނދަގުލަކަށްފަހު ފަސޭހައެއް اللَّهُ ލައްވާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Divorced Woman has the Right to Decent Accommodations, and what is Reasonable

Allah the Exalted orders His faithful servants that when one of them divorces his wife, he should provide housing for her until the end of her `Iddah period,

أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم

(Lodge them where you dwell

…

The Divorced Woman has the Right to Decent Accommodations, and what is Reasonable

Allah the Exalted orders His faithful servants that when one of them

…
Ver Tafsires

Leer en contexto

1. (1) އޭ ނަބިއްޔާއެވެ. (މި އާޔަތުން ނަބިއްޔާއަށް مُخَاطَب ކުރައްވާފައި އޮތަސް ބަސްފުޅުން مُرَاد ކުރެވެނީ މުޅި أُمَّة އާއިއެކުގަ އެވެ. އާޔަތުގެ سِيَاقُ ން އެކަން ރަނގަޅަށް ހާމަވެއެވެ.) ދެން އެއަންގަވަނީ، ތިޔަބައިމީހުން އަންހެނުން ވަރިކުރަންޏާ އެކަނބަލުންގެ عِدَّة ގެ ކުރީކޮޅުގައި ވަރިކުރާށެވެ. (އެއީ حَيْض ން طَاهِر ވުމަށްފަހު އެކަނބަލުންނާ جِمَاعُ ނުވެ ވަރިކުރުމެވެ.) އަދި ކަލޭމެން عِدَّة ރަނގަޅަށް ހިސާބުކޮށް ބަރާބަރު ކުރާށެވެ. އަދި ކަލޭމެން اللَّهُ އަށް ބިރުވެތިވާށެވެ. އެއީ ކަލޭމެންގެ رَبّ އެވެ. (ދެންފަހެ ކަލޭމެން އެކަނބަލުން ވަރިކޮށްފިއްޔާ) އެކަނބަލުން (ފިރިމީހާގެ) ގެއިން ނުނެރޭށެވެ. އަދި އެކަނބަލުންވެސް ގެއިން ނުނިކުންނަ ހުއްޓެވެ. އެކަމަކު އެއީ އެކަނބަލުން بَيَان ވެގެންވާ فَاحِش ކަމެއް ގެނަސް ނުގަތިއްޔާއެވެ. (ފަހެ އެއީ ޒިނޭ ކުރުން ކަހަލަ، ނުވަތަ ދޫނުބައިކަމުން ގޭގައި އުޅޭ މީހުންނަށް އުދަގޫވުން ކަހަލަ ކަންކަމެވެ. ފަހެ އެފަދަ ކަމެއް ކޮށްފިއްޔާ ދެން އެކަނބަލުން ގެއިން ނެރުނަސް ކުށެއް ނެތެވެ.) އަދި އެއީ، (އެބަހީ: މިއެންގެވުންތަކަކީ) اللَّهُ ގެ حَدّ ތަކެވެ. އެކަލާނގެ އިންތަކެވެ. އަދި اللَّهُ ގެ حَدّ ތައް ފަހަނައަޅައިދާ މީހާ ހަމަކަށަވަރުން އެމީހާ، އެމީހާގެ نَفْس އަށް އަނިޔާވެރިވެއްޖެއެވެ. (ފަހެ އެކަނބަލުން عِدَّة ހަމަވަންދެން ފިރިމީހާގެ ގޭގައި އިނުމުން) ދެން اللَّهُ އުފައްދަވާ ކަމެއް ނިޔާކުރައްވާ ގޮތެއް ކަލޭމެނަކަށް ނޭގޭނެއެވެ. އެދުވަސްވަރު اللَّهُ ކަމެއް ނިޔާކުރައްވައިފާނެއެވެ. • ދަންނައެވެ. اللَّهُ ކަމެއް މެދުވެރި ކުރައްވާ ނިޔާކުރެއްވުމުގެ مُرَاد އެއްކަމުގައި މިތާގައި މިވަނީ، عِدَّة ގެ ދުވަސްވަރު ފިރިމީހާގެ ގޭގައި ވަރިކުރި އަންހެނާ އިނުމުން، ފިރިހެން މީހާ އަށް ގިނަ ވަގުތު އޭނާ ފެނި އަލުންވެސް އެދެމީހުން ދެމެދު اللَّهُ ގުޅުން އުފައްދަވައި ދެއްވައިފާނެއެވެ. ފިރިމީހާގެ ހިތަށް ލޯބިވެރިކަން ވަދެ އަލުން ދެމީހުން ގުޅޭނެގޮތް މެދުވެރި ވެދާނެއެވެ. އެގޮތް ހެޔޮވެގެންވެއެވެ. لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا މިބަސްފުޅުން މުރާދުކުރެވެނީ އެކަންތަކެވެ. وَاللَّهُ أَعْلَمُ. 2. (2) ފަހެ އެކަނބަލުންގެ عِدَّة ހަމަވާން ގާތްވެއްޖެއްޔާ ރަނގަޅު ގޮތުގައި އެކަނބަލުން ހިފަހައްޓާށެވެ. (އެބަހީ އެކަނބަލުންނަށް އުނދަގޫ ކުރުމަކާއި ނުލައި އެކަނބަލުންނާއެކު އަލުންވެސް ލޯބިވެތިކަމާ مَصْلَحَة އާއެކު އުޅުމަށް އެކަނބަލުން رُجُوْع ކުރާށެވެ. އަނތްބަކަށް ހަދާށެވެ.) ނުވަތަ ރަނގަޅު ގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެ ދެގޮތުންކުރެ ކޮންމެ ގޮތެއްގައިވެސް ކަލޭމެން عَدْل ވެރި ދެ ހެކިން ލައި ހެކިވެރި ކުރުވާށެވެ. އަދި ހެކިވެރިން إِخْلَاص ތެރިކަމާއެކު اللَّهُ އަށްޓަކައި ހެކިބަސް قَائِم ކުރާށެވެ. އަދި اللَّهُ އަށާއި آخِرَة ދުވަހަށް إِيْمَان ވާ މީހަކަށް އެކަލާނގެ نَصِيْحَة އާއި وَعْظ ދެއްވަނީ އެފަދައިންނެވެ. އަދި اللَّهُ އަށް تَقْوَى ވެރިވެއްޖެ މީހާއަށް އޭނާގެ އަށް ޖެހިފައިވާ އުނދަގުލާ ދަތިން ނުކުންނާނެ ކޮންމެވެސް މަގެއް اللَّهُ ލައްވާ ހުއްޓެވެ. 3. (3) އަދި އޭނާ އަށް ހީވެސް ނުވާ ގޮތްގޮތުން އޭނާއަށް رِزْق ދެއްވައެވެ. އަދި اللَّهُ އަށް وَكِيْل ކޮށް ބަރޯސާކޮށްފި މީހާ ދަންނައެވެ. އެކަލާނގެ އޭނާއަށް ފުދޭނެއެވެ. ނުވަތަ އެކަލާނގެ އޭނާއަށް ފުއްދަވައިދެއްވާނެއެވެ. އެހެނީ ހަމަކަށަވަރުން اللَّهُ އެކަލާނގެ أَمْر ފުޅުތައް ހިންގަވައެވެ. تَنْفِيْذ ކުރައްވައެވެ. (އެއަކަށް އެއްވެސް މީހަކަށް ހުއްޓުމެއް ނޭރުވޭނެއެވެ.) އަދި ހަމަކަށަވަރުން اللَّهُ ކޮންމެ އެއްޗަކަށްވެސް އަދި ކޮންމެ ކަމަކަށްވެސް މިންވަރެއް ލެއްވިއެވެ. އަދި ވަގުތެއްވެސް ލެއްވިއެވެ. (އުނދަގުލަކަށްވެސް އެކަން ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި އެ އުނދަގޫ ވާނެ ވަރެއްވެސް ލެއްވިއެވެ. ފަސޭހަޔަށްވެސް ނިމޭނެ ވަގުތެއް ލެއްވިއެވެ. އަދި ފަސޭހަ ވާނެ ވަރެއްވެސް މިންވަރު ކުރެއްވިއެވެ.) 4. (4) (އޭ مُؤْمِن ންނޭވެ!) ތިޔަބައިމީހުންގެ އަންހެނުންކުރެ މުސްކުޅިވުމުގެ ސަބަބުން حَيْض ވުމާއި މެދު މުޅިން ނާއުންމީދު ވެފައިވާ އަންހެނުންގެ عِدَّة އާއިމެދު ތިޔަބައިމީހުން ޝައްކުވެއްޖެއްޔާ ދަންނައެވެ. ފަހެ އެކަނބަލުންގެ عِدَّة އަކީ ތިން މަސްދުވަހެވެ. އަދި عُمُر ޅަވުމުގެ ސަބަބުން حَيْض ވާ عُمُر އަށް ނުފޯރާ ތިބޭ އަންހެންކުދީންގެ عِدَّة އަކީވެސް ތިންމަސްދުވަހެވެ. މާބަނޑު އަންހެނުންގެ عِدَّة އަކީ އޭނާގެ ވިހެއުމެވެ. ވިހެއުމުން عِدَّة ހަމަވީއެވެ. އަދި اللَّهُ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީ ތަކުން ދުރުވެ އެކަލާނގެ އަށް تَقْوَى ވެރިވެއްޖެ މީހާ ދަންނައެވެ. اللَّهُ އޭނާގެ ކަންތަކުގައި ފަހި ކަމާއި ފަސޭހަކަން ލައްވައެވެ. 5. (5) މިސޫރަތުގައި އިސްވެދިޔަ ވާހަކަ ތަކަކީ ﷲ ކަލޭމެންގެ މައްޗަށް ބާވައިލައްވާފައިވާ އެކަލާނގެ أَمْر ފުޅުތަކެވެ. އެ أَمْر ފުޅުތަކަށް ކިޔަމަންތެރިވެ تَقْوَى ވެރިވެއްޖެ މީހާގެ ކުށްފާފަތައް اللَّهُ އޭނާ އަށް ފުއްސަވައިދެއްވާނެއެވެ. އަދި آخِرَة ގައި އޭނާއަށް ބޮޑުވެގެންވާ ދަރުމަ އާއި ثَوَاب ދެއްވާ ހުއްޓެވެ. 6. (6) رُجْعِي ވަރިން ކަލޭމެން ވަރިކުރި އަންހެން މީހާއަށް އޭނާ އިންނާނެތަން ކަލޭމެން ދޭށެވެ! އެއީ ކަލޭމެންވެސް ދިރިއުޅޭ ފެންވަރަކުންނެވެ. ކަލޭމެންގެ ތަނަވަސްކަންހުރި މިންވަރަކުންނެވެ. (އޭނާއަށް نَفَقَة ވެސް، އެބަހީ ކައިބޮއި ހެދޭ މިންވަރުވެސް ދޭށެވެ.) އަދި އޭނާއަށް ދަތިކުރުމަށްޓަކައި ކަލޭމެން އޭނާއަށް އުނދަގޫ ނުކުރާށެވެ. (އެއީ عِدَّة ހަމަވާން ކައިރިވީމާ رُجُوْع ކޮށްފައި އަލުންވެސް ވަރިކުރުމެވެ. އެހެން ނުހަދާށެވެ. އޭރުން އަލުންވެސް އޭނާ عِدَّة ފަށައިގެން ހަމަކުރަންޖެހޭނެއެވެ.) އަދި ވަރިކުރެވުނު އަންހެން މީހާއަކީ މާބަނޑު މީހެއްނަމަ އޭނާ ވިހާންދެން އޭނާއަށް خَرَدُ ވެސް ކުރާށެވެ. ދެންފަހެ އޭނާ ވިހައިގެން ދަރިފުޅަށް ކިރުދޭނަމަ އެކަމުގެ أُجُوْر އޭނާއަށް ދޭށެވެ. އަދި ކަލޭމެން ދެމީހުން ދެމެދު ރަނގަޅު ގޮތުގައި مَشْوَرَة ކޮށް ހަމަޖައްސާށެވެ. އަދި ދެމީހުންގެ ދެމެދު خِلَاف ވެ އެއްބަސްނުވެވި ކޮންމެ ފަރާތަކަށްވެސް އުނދަގޫވެއްޖެއްޔާ އެ ދަރިފުޅަށް އެހެންމީހަކު ލައިގެން ކިރުދޭށެވެ. 7. (7) އަދި އެ ކިރުމައިންނަށް ތަނަވަސްކަންހުރި މީހުންގެ ތަނަވަސްކަމުން ހޭދަކުރާށެވެ. އަދި އެމީހަކަށް رِزْق ދަތިވެއްޖެ މީހާ، އަތްމަތި ދަތިމީހާ އޭނާއަށް اللَّهُ ދެއްވާފައިވާ މިންވަރަކުން ހޭދަކުރާށެވެ. خَرَدُ ކުރާށެވެ. އަދި އެއްވެސް نَفْس އަކަށް اللَّهُ އެ نَفْس އަކަށް ދެއްވި އެއްޗެއްގެ تَكْلِيْف ނޫނީ ނުޖައްސަވައެވެ. އަދި ނިކަންހުރެ އުނދަގުލަކަށްފަހު ފަސޭހައެއް اللَّهُ ލައްވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir