Войти
Войти
Войти
Выберите язык

066At-Tahrim 66:9 يا ايها النبي جاهد الكفار والمنافقين واغلظ عليهم وماواهم جهنم وبيس المصير ٩

66:9
يَٰٓأَيُّهَا
ٱلنَّبِيُّ
جَٰهِدِ
ٱلۡكُفَّارَ
وَٱلۡمُنَٰفِقِينَ
وَٱغۡلُظۡ
عَلَيۡهِمۡۚ
وَمَأۡوَىٰهُمۡ
جَهَنَّمُۖ
وَبِئۡسَ
ٱلۡمَصِيرُ
٩
(9) އޭ نَبِي އާ އެވެ! ކާފަރުންނާއި مُنَافِق ންނާ އިދިކޮޅަށް جِهَاد ކުރައްވާށެވެ! އަދި އެބައިމީހުންގެ މައްޗަށް ހަރުކަށިވެ ވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގައަކީ ނަރަކައެވެ. އެއީ ގޮސްތިބޭން ނުބައިވެގެންވާ ތަނެކެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Всевышний повелел Своему пророку, да благословит его Аллах и приветствует, бороться с неверующими и лицемерами и быть суровым по отношению к ним. Борьбу с ними следует вести путем доведения до них истинного знания. А для этого надо призывать их к вере в Единого Аллаха посредством проповедей и добрых…
Всевышний повелел Своему пророку, да благословит его Аллах и приветствует, бороться с неверующими и лицемерами и быть суровым по отношению к ним. Борь…
Больше тафсиров

Читать в контексте

Глава 66, Страница 561, Джуз 28

9. (9) އޭ نَبِي އާ އެވެ! ކާފަރުންނާއި مُنَافِق ންނާ އިދިކޮޅަށް جِهَاد ކުރައްވާށެވެ! އަދި އެބައިމީހުންގެ މައްޗަށް ހަރުކަށިވެ ވަޑައިގަންނަވާށެވެ! އެމީހުންގެ ޖާގައަކީ ނަރަކައެވެ. އެއީ ގޮސްތިބޭން ނުބައިވެގެންވާ ތަނެކެވެ. 10. (10) اللَّهُ تَعَالَى ކާފަރުވީ މީހުންނަށް މިސާލެއް ޖެއްސެވިއެވެ. އެއީ نُوْح عَلَيْه السلام ގެ އަނބިކަނބަލުންނާއި لُوْط عَلَيْه السلام އަނބިކަނބަލުންގެ މިސާލެވެ. އެދެ އަންހެނުން ވީ ތިމަންރަސްކަލާނގެ صَالِح ދެ އަޅުންކަމުގައިވާ نُوْح عَلَيْهِ السَّلَام އާއި لُوْط عَلَيْهِ السَّلَام އާއި ދެބޭކަލުންގެ ބެއްލެވުމުގެ ދަށުގައެވެ. ދެންފަހެ އެދެއަންހެނުން އެދެބޭކަލުންނަށް خِيَانَة ތެރިވެއްޖެއެވެ. (نُوْح ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނަކީ މޮޔައެކޭ ކިޔައި އެކަލޭގެފާނަށް ކާފިރުވީއެވެ. لُوْط ގެފާނުގެ އަނބިކަނބަލުން މީސްތަކުންގެ ގާތުގައި އެކަލޭގެފާނުގެ މެހްމާހުން ވީތަނުގެ ވާހަކަ ބުނެދިން ކަމުގައި ވިއެވެ.) ދެންފަހެ اللَّهُ تَعَالَى ގެ حَضْرَة ން عَذَاب އާއި ކޯފާ އައި ހިނދުން އެދެ އަންހެނުންނަށް އެދެބޭކަލުންގެ ފަރާތުން އެއްވެސް ފައިދާ އެއް مَنْفَع އެއް ނުކުރިއެވެ. رَسُوْل ބޭކަލުންގެ އަނބިއަނބިކަނބަލުން ކަމުގައި ވީތީ ވަކިން ކުރި އެއްވެސް ކަމެއް ލިބުނު އެއްވެސް އެހީއެއް ނެތެވެ. ކާފަރުކަމާއި ނުކިޔަމަންތެރިކަމަކީ އެއްވެސް حَال އެއްގައި އެއަށް اللَّهُ ރުހިވޮޑިގެންވާ ކަންކަމެއްނޫނެވެ. އަދި އެދެ އަންހެނުންނަށްވެސް ނަރަކައަށް ވަންނަމީހުންނާއެކު ނަރަކައަށް ވަނުމަށް އެންގެވުނެވެ. 11. (11) އަދި إِيْمَان ވީ މީހުންގެ މިސާލެއްވެސް اللَّهُ ޖެއްސެވިއެވެ. އެއީ فِرْعَوْن ގެ އަނބިކަނބަލުން آسِيَة بِنْت مَزَاحِم ގެ މިސާލެވެ. އެކަމަނާއަކީ جَبَّارُ ނުބައި فِرْعَوْن ގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ صَالِح މާތް تَقْوَى ވެރި މުއުމިނެކެވެ. އެކަމަނާ އެކަމަނާގެ رَبّ އަށް ދެންނެވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އިބަރަސްކަލާނގެ حَضْرَة ގައި ސުވަރުގޭގައި މިއަޅާއަށް ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فِرْعَوْن ގެ ކިބައިންނާއި އޭނާ ކުރާ شِرْك ގެ ނުބައި عَمَل ތަކުން މިއަޅާ ރައްކާތެރިކުރައްވާނދޭވެ. އަދި އަނިޔާވެރިވި މީސްތަކުންގެ ކިބައިން މިއަޅާ މިންޖުކޮށްދެއްވައި ސަލާމަތްކޮށްދެއްވާނދޭވެ! 12. (12) އަދި عِمْرَان ގެ ދަރިކަނބަލުން مَرْيَم ގެފާނުގެ މިސާލުވެސް اللَّهُ މީސްތަކުންނަށް ޖެއްސެވިއެވެ. އެކަމަނާ އަކީ އެކަމަނާގެ ލަދުގުނަވަން فَاحِش ކަންތައްތަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެކެވެ. (އެކަމަނާ ހަޑިހުތުރު އެއްވެސް ކަމެއް ނުކުރައްވައެވެ.) ދެން އެކަމަނާގެ ގައިކޮޅަށް ތިމަންރަސްކަލާނގެ رُوْح ން ތިމަންރަސްކަލާނގެ ފުމެލެއްވީމެވެ. އަދި އެކަމަނާ ހައްދަވާ ބޮޑުކުރެއްވި رَبّ ގެ كَلِمَة ފުޅު ތެދުކުރެއްވިއެވެ. އެބަހީ އެކަލާނގެ شَرِيْعَة ތެދުކުރެއްވިއެވެ. އަދި އެކަލާނގެ ބާވައިލެއްވި ފޮތްތައްވެސް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާވީ ކިޔަމަންތެރިވީ މީސްތަކުންގެ ތެރެއިންނެވެ. • ދަންނައެވެ. މި ސޫރަތުގައި اللَّهُ މިސާލު ޖެއްސެވީ ހަތަރު އަންހެނެއްގެ ވާހަކައިންނެވެ. އެތަނުން އެއް ދެއަންހެނުންނަކީ سَلاَم ލެއްވި نُوْح ގެފާނުގެ އަނބިކަނބަލުންނެވެ. އަނެއް އަންހެނަކީ سَلاَم ލެއްވި لُوْط ގެފާނުގެ އަނބިކަނބަލުންނެވެ. ދެ އަންހެނުންވެސް ތިބީ ދެ رَسُوْل ންގެ ބެއްލެވުމުގެ ދަށުގައެވެ. ނަމަވެސް ނުކިޔަމަންތެރިވެ ކާފަރުވުމުގެ ސަބަބުން رَسُوْل ބޭކަލެއްގެ އަނބިކަނބަލަކަށްވީތީ އެއްވެސް ފައިދާ އެއް ނުކުރިއެވެ. އަނެއްކޮޅުން فِرْعَوْن ގެ އަނބިކަނބަލުން ކާފަރެއްގެ ދަށުގައި ހުރުމާއެކުވެސް إِيْمَان ވެ އަދި اللَّهُ އަށް ކިޔަމަންތެރިވުމުގެ ސަބަބުން ސުވަރުގެއިން ގަނޑުވަރެއް އެކަމަނާއަށް ތައްޔާރުކުރެވުނީއެވެ. މިހުރީ عِبْرَة ން ފުރިގެންވާ ކަންކަމެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать