Log masuk
Log masuk
Log masuk
Pilih Bahasa

042Asy-Syura 42:9 ام اتخذوا من دونه اولياء فالله هو الولي وهو يحيي الموتى وهو على كل شيء قدير ٩

42:9
أَمِ
ٱتَّخَذُواْ
مِن
دُونِهِۦٓ
أَوۡلِيَآءَۖ
فَٱللَّهُ
هُوَ
ٱلۡوَلِيُّ
وَهُوَ
يُحۡيِ
ٱلۡمَوۡتَىٰ
وَهُوَ
عَلَىٰ
كُلِّ
شَيۡءٖ
قَدِيرٞ
٩
(9) އަދި ކިޔެއްހެއްޔެވެ؟ އެ ކާފަރުންގެ މީހުން ﷲ ފިޔަވައި ބުދުތަކެއް إله ން ކަމުގައި ބަލައި إختيار ކޮށް ހެދީއެވެ. حقيقة ގައި ވެރިޔަކީ / إله އަކީ ހަމަ ﷲ އެވެ. (ތަކެތި ދިރުއްވައި، ރިޒުގު ދެއްވައި، ފައިދާވާ ކަންތަކާއި، ގެއްލުންވާ ކަންތައްވެސް ޖައްސަވަނީ ހަމަ އެކަލާނގެއެވެ.) އަދި މަރުވެފައިވާ ތަކެތި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.
Teruskan Membaca

Baca Tafsir

Ibn Kathir (Abridged)

Allah is the Protector, Ruler and Creator

Here Allah denounces the idolators for taking other gods instead of Allah, and declares that He is the True God, and it is not right to worship anyone except Him Alone. He is the One Who is able to bring the dead back to life and He is Able to do all things.

…

Allah is the Protector, Ruler and Creator

Here Allah denounces the idolators for taking other gods instead of Allah, and declares that He is the True G

…
Lebih Banyak Tafsir

Baca dalam Konteks

Bab 42, Halaman 483, Juz 25

1. (1) މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ. 2. (2) މި އަކުރުތަކުގެ مراد އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ ﷲ އެވެ. 3. (3) އޭ رسول الله! ކަލޭގެފާނަށް ﷲ وحي ބާވައިލައްވަނީ ކަލޭގެފާނުންގެ ކުރީގެ نبي ބޭކަލުންނަށްވެސް وحي ބާވައިލެއްވި ފަދައިންނެވެ. (އެއީ توحيد އަށް ގޮވާލެއްވުމާއި، قيامة ދުވަސް އޮތްކަމަށާއި، نبوّة ސާބިތުކޮށްދެއްވުމަށެވެ...) އެ وحي ބާވައިލައްވަނީ عزّة ވަންތަ حكمة ވަންތަ ﷲ ގެ حضرة ންނެވެ. 4. (4) އުޑުތަކާއި، ބިމުގައި ވާހައި ތަކެތި خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ، މާތްވެގެންވާ، ހައިބަ ބޮޑުވެގެންވާ ކަލާނގެއެވެ. 5. (5) ﷲ ގެ ކީރިތިވަންތަ ކަމާއި، މާތްކަމުން އުޑުތައް ކުދިކުދިވެ ފަޅަފަޅައިގެންދިއުން ގާތްވެގެން ވެއެވެ. (ނުވަތަ ملائكة ބޭކަލުންގެ ގިނަކަމުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. ނުވަތަ ﷲ އަށް ދަރިކަލަކު ވާ ކަމުގައި مشرك ން ބުނާ ނުބައި ބަހުގެ ސަބަބުން އުޑު ފަޅައިގެންދިއުން ގާތްވެގެން ވެއެވެ. މި ތިންގޮތަށް މި އާޔަތް تأويل ކުރައްވައެވެ. والله أعلم.) އަދި ملائكة ބޭކަލުން އެ ބޭކަލުން ހައްދަވައި ބޮޑުކުރެއްވި ربّ އަށް حمد ކުރުމާއެކު، تسبيح ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަ ފުއްސެވުމަށް އެ ބޭކަލުން ﷲ ގެ حضرة ގައި ދަންނަވައެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 6. (6) އަދި އެކަލާނގެ ފިޔަވައި وليّ ން ތަކެއް (އަޅުކަން ކުރާނޭ ބުދުތަކެއް) ނުވަތަ އެނޫންވެސް އެއްޗެތިތަކެއް إختيار ކުރާ މީހުން ދަންނައެވެ. ﷲ އެމީހުން އެ ކުރާހައި عمل ތަކެއް ބައްލަވައި، ރައްކާތެރިކުރައްވާ ހުއްޓެވެ. (ދެން قيامة ދުވަހުން އެއަށް ފުރިހަމަ ޖަޒާ ދެއްވާ ހުއްޓެވެ.) އަދި އެމީހުންގެ ކަންތައް ބެއްލެވުމަށް حوال ކުރައްވާފައިވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. 7. (7) އަދި ކޮންމެ رسول ބޭކަލަކަށްވެސް އެ ބޭކަލެއްގެ قوم ގެ ބަހުން ތިމަން ރަސްކަލާނގެ وحي ބާވައިލެއްވި ފަދައިން ކަލޭގެފާނަށްވެސް ތިމަން ރަސްކަލާނގެ وحي ބާވައި މި ލެއްވީ ކަލޭގެފާނުންގެ قوم ގެ މީހުންގެ ބަހުންނެވެ. އެއީ عرب ބަހުން ވާ قرآن އެއްގެ ގޮތުންނެވެ. އެއީ مكّة ގެ މީހުންނަށާއި، ދެންވެސް އެރަށް ވަށައިގެން ވާހައި ބަޔަކަށް (އެންމެހައި މީސްތަކުންނަށް) عذاب އަތުވެދާނޭ ކަމުގެ ވާހަކައިން ކަލޭގެފާނު إنذار ކުރައްވައި، ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. އަދި އެ ދުވަހާމެދު އެއްވެސް ޝައްކެއް ނުވާ قيامة ދުވަހާމެދުވެސް ކަލޭގެފާނު إنذار ކުރެއްވުމަށް ޓަކައެވެ. ފަހެ އެ ދުވަހުން އެއްބަޔަކު ވާނީ (حساب ބެއްލެވުމަށްފަހު) ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާނީ ނަރަކައިގައެވެ. އަލިފާނުގައެވެ. (ތިންވަނަ ތަނެއް ނުވެއެވެ.) 8. (8) އަދި ﷲ އިރާދަކުރެއްވިނަމަ އެ އެންމެން އެއް أمّة އަކަށް (އެއް دين އަކަށް) ލައްވައިފީހެވެ. އަދި އެހެންނަމަވެސް އެކަލާނގެ އިރާދަކުރެއްވި އަޅަކު އެކަލާނގެ رحمة އަށް ވައްދަވައެވެ. (އެއީ أزل ގައި ދެނެވޮޑިގެންވާ ރަނގަޅު، މާތް މީހުންނެވެ.) އަދި އަނިޔާވެރީން، يعني مشرك ން ދަންނައެވެ. އެމީހުންނަށް އެ ދުވަހުން އެއްވެސް ސަހަރޯވެރިއެއް، އެހީތެރިއެއް، އަދި نصر ވެރިޔަކު ވިޔަސް ނުވެއެވެ. 9. (9) އަދި ކިޔެއްހެއްޔެވެ؟ އެ ކާފަރުންގެ މީހުން ﷲ ފިޔަވައި ބުދުތަކެއް إله ން ކަމުގައި ބަލައި إختيار ކޮށް ހެދީއެވެ. حقيقة ގައި ވެރިޔަކީ / إله އަކީ ހަމަ ﷲ އެވެ. (ތަކެތި ދިރުއްވައި، ރިޒުގު ދެއްވައި، ފައިދާވާ ކަންތަކާއި، ގެއްލުންވާ ކަންތައްވެސް ޖައްސަވަނީ ހަމަ އެކަލާނގެއެވެ.) އަދި މަރުވެފައިވާ ތަކެތި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Nota dan Refleksi

Anda tidak mempunyai sebarang nota atau renungan tentang ayat ini.

Notes placeholders

Kekal Terhubung dengan Al-Quran ❤️

Peringatan ringkas yang bermakna untuk menetapkan semula, merenung dan kekal terhubung dengan al-Quran.

Baca, Dengar, Cari, dan Renungkan Al-Quran

Quran.com ialah platform dipercayai yang digunakan oleh berjuta-juta orang di seluruh dunia untuk membaca, mencari, mendengar dan merenung Al-Quran dalam pelbagai bahasa. Ia menyediakan terjemahan, tafsir, bacaan, terjemahan perkataan demi perkataan, dan alat untuk kajian yang lebih mendalam, menjadikan al-Quran boleh diakses oleh semua orang.

Sebagai Sadaqah Jariyah, Quran.com berdedikasi untuk membantu orang ramai berhubung secara mendalam dengan al-Quran. Disokong oleh Quran.Foundation , sebuah organisasi bukan untung 501(c)(3), Quran.com terus berkembang sebagai sumber percuma dan berharga untuk semua, Alhamdulillah.

Navigasi
Halaman Utama
Radio Al-Quran
Qari
Tentang Kami
Pemaju (Developers)
Kemas kini produk
Maklum balas
Bantuan
Derma
Projek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projek tanpa untung yang dimiliki, diurus atau ditaja oleh Quran.Foundation
Pautan yang di gemari
Doa-doa daripada Al-Quran
Ayat Al-Quran Hari Ini
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Peta lamanPrivasiTerma dan Syarat
© 2026 Quran.com. Hak cipta terpelihara
Sumbangan