Войти
Войти
Войти
Выберите язык

Ash-Shuraa 42:15 فلذالك فادع واستقم كما امرت ولا تتبع اهواءهم وقل امنت بما انزل الله من كتاب وامرت لاعدل بينكم الله ربنا وربكم لنا اعمالنا ولكم اعمالكم لا حجة بيننا وبينكم الله يجمع بيننا واليه المصير ١٥

Страница 484 · Джуз 25

فَلِذَٰلِكَ
فَٱدۡعُۖ
وَٱسۡتَقِمۡ
كَمَآ
أُمِرۡتَۖ
وَلَا
تَتَّبِعۡ
أَهۡوَآءَهُمۡۖ
وَقُلۡ
ءَامَنتُ
بِمَآ
أَنزَلَ
ٱللَّهُ
مِن
كِتَٰبٖۖ
وَأُمِرۡتُ
لِأَعۡدِلَ
بَيۡنَكُمُۖ
ٱللَّهُ
رَبُّنَا
وَرَبُّكُمۡۖ
لَنَآ
أَعۡمَٰلُنَا
وَلَكُمۡ
أَعۡمَٰلُكُمۡۖ
لَا
حُجَّةَ
بَيۡنَنَا
وَبَيۡنَكُمُۖ
ٱللَّهُ
يَجۡمَعُ
بَيۡنَنَاۖ
وَإِلَيۡهِ
ٱلۡمَصِيرُ
١٥
(15) އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ: ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ.
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

О Мухаммад! Проповедуй свою истинную религию, ведущую на прямой путь, к которому призывали все Священные Писания и Божьи посланники. А если кто-либо откажется уверовать, то сражайся с ним. Кроме того, сам иди прямым пути так, как это велено тебе, не допуская ни излишеств, ни упущений, а лишь исполня…
О Мухаммад! Проповедуй свою истинную религию, ведущую на прямой путь, к которому призывали все Священные Писания и Божьи посланники. А если кто-либо о…
Вид tafsirs

Читать related-content

10. (10) އަދި އެ ކަންކަމުގައި ދެބަސްވެ، إختلاف ވެ، ތިޔަބައިމީހުން އަރައިރުންވާ ކޮންމެ ކަމެއްގެ حكم، އެކަމުގެ حقّ ގޮތް، ﷲ ގެ حضرة ގައި ވެއެވެ. އެކަލާނގެ ފޮތުގައި ވެއެވެ. إسلام دين ގައި ވެއެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ އެވެ. އެއީ އަހުރެންގެ ربّ އެވެ. އަހުރެން ބަރޯސާކޮށް، އިތުބާރުކޮށް، وكيل ކޮށް ހަދަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވަނީވެސް ހަމައެކަނި އެފަރާތަށެވެ. 11. (11) އެކަލާނގެއީ ނެތުމުގެ ތެރެއިން އުޑުތަކާއި، ބިން ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފުސުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް އަނބީންތަކެއް ލެއްވިއެވެ. އަދި نعم ސޫފީގެ ތެރެއިންވެސް އަންހެން / ފިރިހެން ޖޯޑުޖޯޑު ވާގޮތަށް ލެއްވިއެވެ. އަދި އެ نظام ގެ މަތީން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަމުން ގެންދަވައެވެ. އަދި އެކަލާނގެއާ އެއްފަދަ، އެއް މިސާލުވެވޭ ހަމަ އެކެއްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ. 12. (12) އުޑުތަކާއި، ބިމުގެ خزانة ތައް، އަދި އެ ތަންތާނގެ ތަޅުދަނޑިތައް ނުވަތަ އެތަންތާނގެ އެންމެހައި ވެރިކަމެއް خاصّ ވެ މިލްކުވެގެން ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާ އެއްޗެއް، އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ. 13. (13) އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ. 14. (14) އެމީހުންގެ ގާތަށް (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުން ނުވަތަ يهودي ންނާއި، نصارى އިންނާއި، އަދި قريش ންގެގާތަށް) ބަޔާންވެގެންވާ علم އައުމަށްފަހުގައި މެނުވީ އެމީހުން ވަކިވަކިވީ ކަމުގައި ނުވެއެވެ. އެއީ އެމީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ން كلمة އެއް އިސްވެ ގޮސްފައި ނުވާނަމަ (އެބަހީ عذاب ދެއްވައި، عقوبة ދެއްވުން ވަކި މުއްދަތަކަށް ފަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ) ހަމަކަށަވަރުން އެމީހުންގެ މެދުގައި ދުނިޔޭގައިވެސް ނިޔާކުރައްވައި ނިންމަވައިފީހެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ފަހުން (އެބަހީ އިސްވެދިޔަ أمّة ތަކުގެ ފަހުން، ނުވަތަ نصارى އިންނާއި، يهودي ންގެ ފަހުން) ފޮތް ވާރުތަކުރި މީހުން އެ ވަނީ އެ قرآن އާމެދު ނުވަތަ محمّد ﷺ އާމެދު ކަށަވަރުންވެސް ޝައްކެއްގައެވެ. 15. (15) އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ: ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ. 16. (16) ﷲ ގެ دين އަށް އިޖާބަދެވުމަށްފަހު، އެބަހީ އެދީނަށް މީސްތަކުން ވަދެ ހަމަޖެހުމަށްފަހު ދެން ﷲ ގެ دين އާމެދު ދެކޮޅުހަދައި، حجّة قائم ކުރާ މީހުން ދަންނައެވެ. އެމީހުންގެ އެ حجّة ތަކާއި، دليل ތައް އެމީހުންގެ ربّ ގެ حضرة ގައި އެ ވަނީ باطل ވެ، ބޭކާރުވެގެންނެވެ. އަދި އެމީހުންގެ މައްޗަށް އެވަނީ ﷲ ގެ ކޯފާއެވެ. އެއީ އަދި ދުނިޔޭގައެވެ. އަދި آخرة ގައި އޭގެ އިތުރަށް އެމީހުންނަށް ގަދަވެގެންވާ عذاب ހުއްޓެވެ. 17. (17) ﷲ އެއީ رسول ންނަށް حقّ ގޮތުގައި ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި حقّ ގޮތުގައި ميزان ބާވައިލެއްވި ކަލާނގެއެވެ. (އެބަހީ عدل ވެރިކަން، ނުވަތަ عدل އިންސާފުކުރެވޭނޭ ގޮތް ބާވައިލެއްވިއެވެ.) އަދި قيامة ގާއިމުވުން ދާދި ގާތްވެގެން ވުން أمّيد ކުރެވެއެވެ. އެކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮން ކަމެއް ހެއްޔެވެ؟ 18. (18) އަދި قيامة ދުވަހަށް އީމާން ނުވާ މީހުން (މަލާމާތް ކުރުމާއި، އިންކާރުކުރުމުގެ ގޮތުން) އެ ދުވަސް އަވަސްވުމަށް އެދެއެވެ. އަދި އެދުވަހަށް إيمان ވީ މީހުން އެ ދުވަހާމެދު ބިރުވެތިވެ، ފެންކަޅިވެގެން ވެއެވެ. އަދި އެ ދުވަސް އެއީ ކަށަވަރުން، حقّ ދުވަހެއްކަން (އެދުވަހުގެ ކަންކަމަކީ حقّ ކަންތައް ކަން) އެމީހުން ރަނގަޅަށް ދަނެއެވެ. قبول ކުރެއެވެ. އަދި ދަންނައެވެ. ހަމަކަށަވަރުން އެ ދުވަހާމެދު އިންކާރުކޮށް جدل ކުރާ މީހުން އެ ވަނީ ކަނޑައެޅިގެން ވަރަށް ދުރަށް މަގުފުރެދި، ވާވަދެފައެވެ. 19. (19) ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать