Ash-Shuraa 42:13 ۞ شرع لكم من الدين ما وصى به نوحا والذي اوحينا اليك وما وصينا به ابراهيم وموسى وعيسى ان اقيموا الدين ولا تتفرقوا فيه كبر على المشركين ما تدعوهم اليه الله يجتبي اليه من يشاء ويهدي اليه من ينيب ١٣
۞ شَرَعَ
لَكُم
مِّنَ
ٱلدِّينِ
مَا
وَصَّىٰ
بِهِۦ
نُوحٗا
وَٱلَّذِيٓ
أَوۡحَيۡنَآ
إِلَيۡكَ
وَمَا
وَصَّيۡنَا
بِهِۦٓ
إِبۡرَٰهِيمَ
وَمُوسَىٰ
وَعِيسَىٰٓۖ
أَنۡ
أَقِيمُواْ
ٱلدِّينَ
وَلَا
تَتَفَرَّقُواْ
فِيهِۚ
كَبُرَ
عَلَى
ٱلۡمُشۡرِكِينَ
مَا
تَدۡعُوهُمۡ
إِلَيۡهِۚ
ٱللَّهُ
يَجۡتَبِيٓ
إِلَيۡهِ
مَن
يَشَآءُ
وَيَهۡدِيٓ
إِلَيۡهِ
مَن
يُنِيبُ
١٣
(13) އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ.
Read Tafsir
Ibn Kathir (Abridged)
The Religion of the Messengers is One
Allah says to this Ummah:
شَرَعَ لَكُم مِّنَ الِدِينِ مَا وَصَّى بِهِ نُوحاً وَالَّذِى أَوْحَيْنَآ إِلَيْكَ
(He (Allah) has ordained for you the same religion which He ordained for Nuh, and that which We have revealed to you,) Allah mentions the first Messenger who
…The Religion of the Messengers is One
Allah says to this Ummah:
شَرَعَ لَكُم مِّنَ الِدِينِ مَا وَصَّى بِهِ نُوحاً وَالَّذِى أَوْحَيْنَآ إِلَيْكَ
(He (Al
…