ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
026

Ash-Shu'ara 26:20 قال فعلتها اذا وانا من الضالين ٢٠

26:20
قَالَ
فَعَلۡتُهَآ
إِذٗا
وَأَنَا۠
مِنَ
ٱلضَّآلِّينَ
٢٠
(20) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.)
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

Between Musa and Fir`awn

Allah tells us what He commanded His servant, son of `Imran and Messenger Musa, peace be upon him, who spoke with Him, to do, when He called him from the right side of the mountain, and conversed with him, and chose him, sent him, and commanded him to go to Fir`awn and his pe

…

Between Musa and Fir`awn

Allah tells us what He commanded His servant, son of `Imran and Messenger Musa, peace be upon him, who spoke with Him, to do,

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 26, หน้าหนังสือ 368, จุซ 19

10. (10) އަދި (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ موسى عليه السّلام އަށް ނިދާއިއްވެވިހިނދު ހަނދުމަފުޅުކުރައްވާށެވެ! އެއީ އަނިޔާވެރި قوم އަށް (رسول ކަމާއިގެން) ވަޑައިގެންނެވުމަށެވެ. 11. (11) އެއީ فرعون ގެ قوم އެވެ. އެމީހުން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟ 12. (12) އެކަލޭގެފާނު يعني: موسى عليه السّلام - ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! އެމީހުން މިއަޅާ ދޮގުކޮށްފާނެތީ މިއަޅާ ބިރުގަންނަމެވެ. 13. (13) (އެމީހުން މިއަޅާ ދޮގުކޮށްފިއްޔާ) މިއަޅާގެ ހިތްދަތިވާނެއެވެ. (އަދި ހިތްދަތިވެއްޖެއްޔާ) މިއަޅާގެ ދޫ ނުހިނގާނެއެވެ. ފަހެ އެހެންވެ މިއަޅާގެ أخ هارون މިއަޅާއާއިއެކު رسول ކަމާއިގެން ފޮނުއްވައިދެއްވާދޭނވެ! 14. (14) އަދި އެމީހުންގެ نسبة ގައި މިއަޅާގެމައްޗަށްވާ ފާފައެއްވެއެވެ. (އެއީ މިއަޅާ އެމީހުންގެ މީހަކު މަރާފައިވުމެވެ.) 15. (15) އެކަލާނގެ وحي ކުރެއްވިއެވެ. އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. (فرعون قوم ގެމީހުންނަކަށް ކަލޭގެފާނު ނުމެރޭނެއެވެ.) އަދި ތިމަންރަސްކަލާނގެ دليل ތަކާއި حجّة ތަކާއިގެން ތިޔަދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ވަނީ ތިޔަބޭކަލުންނާއިއެކު އައްސަވާވޮޑިގެންވާ ކަލަކުކަމުގައެވެ. 16. (16) ފަހެ ތިޔައިގެ ދެކަލުން فرعون ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ عالم ތަކުގެ ވެރި ربّ ފޮނުއްވި رسول ންނީމުއެވެ. ވިދާޅުވާށެވެ! 17. (17) އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ! 18. (18) އޭނާ يعني: فرعون ވިދާޅުވިއެވެ. (އޭ موسى އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ حال ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ تربيّة ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ عمر ން ދުވަސްތަކެއްވާންދެން އެތައް އަހަރެއްވާންދެން އަހުރެމެންގެތެރޭގައި ކަލޭ ހުރީމުނޫންހެއްޔެވެ؟ 19. (19) ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟) އަދި ކަލޭވަނީ (نعمة އަށް) ކާފަރުވާމީހުންގެތެރެއިންނެވެ. 20. (20) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ. (ނޭނގޭމީހުންގެތެރެއިންނެވެ. މަގުފުރެދިގެންވާމީހުންގެ ތެރެއިންނެވެ. މީހުން މެރުމަކީ حرام ކަމެއްކަންވެސް ނޭނގެއެވެ.) 21. (21) ދެން އަހުރެން މަނިކުފާނުމެންގެ ފަރާތުން ބިރުވެތިވުމުން ފިލައިގެން ދިޔައީއެވެ. ދެން އެޔަށްފަހު އަހުރެންގެ ربّ އަހުރެންނަށް نبي ކަން އަދި علم އާއި ހެޔޮވިސްނުން ދެއްވައިފިއެވެ. އަދި އަހުރެން رسول ބޭކަލުންގެތެރެއިން ލައްވައިފިއެވެ. 22. (22) އަދި މަނިކުފާނު އަހުރެންގެމައްޗަށް ތިޔަކުރިކަމަށް ވިދާޅުވާ خدمة އެއީ بَنُو اسرائيل އަޅުވެތިކުރުމަށް މަނިކުފާނު ކުރެއްވިކަމެއްތޯއެވެ؟ 23. (23) فرعون ވިދާޅުވިއެވެ. عَالَم ތަކުގެ ވެރި ربّ (ނުވަތަ رَبّ العالمين) އަކީ ކާކުހެއްޔެވެ؟ 24. (24) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާބޮޑުކުރައްވާ އަދި ބަލަހައްޓަވާ އެތަކެތީގެ ވެރި ربّ އެވެ. ކަލާނގެއެވެ. ކަލޭމެންނަކީ يقين ކުރާ ބަޔަކު ކަމުގައި ވަންޏާއެވެ. (އެބަހީ: يقين ކުރާބަޔަކުކަމުގައި ވަންޏާ އެގޮތް އެނގޭނެއެވެ.) 25. (25) فرعون އޭނާގެ ވަށައިގެންވާ މީހުންނަށް ބުންޏެވެ. ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނާހަމުހެއްޔެވެ؟ (މިހެން އޭނާ އެބުނަނީ عجائب ވާފަދަގޮތަކަށް މަލާމާތު ރާގަކަށެވެ.) 26. (26) އެކަލޭގެފާނު އެބަހީ: موسى عليه السّلام - ވިދާޅުވިއެވެ. އެއީ ކަލޭމެންނާއި އަދި ކަލޭމެންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ. 27. (27) އޭނާ އެބަހީ: فرعون ބުންޏެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެންގެގާތަށް ފޮނުއްވިގެން ތިޔަވާ رسول އަކީ ހަމަކަށަވަރުންވެސް މޮޔައެކެވެ. مَجْنُون އެކެވެ. 28. (28) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އެކަލާނގެއީ مشرق އާއި مَغْرب އާއި އަދި އެދެމެދުގައިވާހާތަކެތީގެވެސް ربّ އެވެ. ކަލޭމެންނަކީ އެއްޗެއްވިސްނޭ ބަޔަކު ނަމަ ރަނގަޅަށް އެނގޭނެއެވެ. 29. (29) އޭނާ ބުންޏެވެ. އެބަހީ: فرعون ބުންޏެވެ. (އޭ موسى އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް -އެހެން އެއްވެސް މީހެއް إله އަކުކަމުގައި إختيار ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ. 30. (30) އެކަލޭގެފާނު އެބަހީ: موسى عليه السّلام ވިދާޅުވިއެވެ. (އަހުރެން މިބުނާ އެއްޗެއްގެ ތެދުކަން) ބަޔާންކޮށްދޭނޭ އެއްޗަކާއިގެން އަހުރެން ކަލޭގެގާތަށް އައިނަމަވެސް ހެޔޮހެއްޔެވެ؟ އެބަހީ: ހައްޔަރުކުރާނަން ހެއްޔެވެ؟ 31. (31) އޭނާ يعني: فرعون ބުންޏެވެ. ފަހެ ތިޔައެއްޗެއް ގެނަސްބަލާށެވެ! ކަލެޔަކީ ތެދުވެރިންގެތެރެއިންވާ މީހަކުކަމުގައި ވަންޏާއެވެ. 32. (32) ފަހެ އެކަލޭގެފާނު يعني: موسى عليه السّلام އެކަލޭގެފާނުންގެ އަސާކޮޅު އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި بيان ވެގެންވާ ހަރުފައަކަށް ވެއްޖެއެވެ. 33. (33) އަދި އެކަލޭގެފާނުންގެ އަތްޕުޅު (ޖީބުތެރެއިން) ނެރުއްވައިފިއެވެ. އެހައިރުން އޭތި ބަލާމީހުންނަށް ހުދުއެއްޗަކަށްވެއްޖެއެވެ.

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย