Aanmelden
Aanmelden
Aanmelden
Taal selecteren
026

Ash-Shu'ara 26:177 اذ قال لهم شعيب الا تتقون ١٧٧

26:177
إِذۡ
قَالَ
لَهُمۡ
شُعَيۡبٌ
أَلَا
تَتَّقُونَ
١٧٧
(177) އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟
Lees verder

Lees Tafsir

Ibn Kathir (Abridged)

Shu`ayb and His Preaching to the Dwellers of Al-Aykah

The companions of Al-Aykah were the people of Madyan, according to the most correct view. The Prophet of Allah Shu`ayb was one of them, but it does not say here, their brother Shu`ayb, because they called themselves by a name denoting their deific

…

Shu`ayb and His Preaching to the Dwellers of Al-Aykah

The companions of Al-Aykah were the people of Madyan, according to the most correct view. The Pro

…
Meer Tafsirs

Lees in context

Hoofdstuk 26, Pagina 374, Juz 19

176. (176) أَيْكَةُ ގެ އެކުވެރިން - އެރަށުގެ أهل ވެރިން - އެމީހުންގާތަށް ފޮނުއްވެވުނު رسول ބޭކަލުން ދޮގުކުރިއެވެ. • ދަންނައެވެ. أَيْكَةُ އަކީ أصل ގައި ބޮނޑިބޮނޑިވެފައިވާ ބޯގަސްތަކެވެ. އެއީ އެރަށުގެ ނަމެވެ. އެހެންވީމާ شُعَيْبُ عليه السّلام ފޮނުއްވާފައި މިވަނީ ދެރަށަކަށެވެ. އެއީ مَدْيَنُ އާއި أَيْكَة އެވެ. قُرُطبى ގެ تفسير ގައި އެވާހަކަ އެގޮތަށްވެއެވެ. والله أعلم. 177. (177) އެއީ شُعَيْبُ عليه السّلام ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު އެމީހުނަށް ވިދާޅުވިއެވެ. ކަލޭމެން تقوى ވެރި ނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ؟ 178. (178) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ އަމާނާތްތެރި رسول އަކީމެވެ. 179. (179) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! 180. (180) އަދި އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެމައްޗަށް) ކަލޭމެންގެ ކިބައިން އެއްވެސް أُجُور އަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަމެވެ. ތިމަންކަލޭގެފާނުންގެ أجور ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. 181. (181) ކަލޭމެން މިނުން ހަމަހަމަކުރާށެވެ! ފުރިހަމަކުރާށެވެ. އަދި އުނިކުރާ މީހުންގެތެރެއިން ކަލޭމެން ނުވާށެވެ! 182. (182) އަދި ސީދާވެގެންވާ ތިލަފަތުން (مِيْزَان ން) ކަލޭމެން ވަޒަންކުރާށެވެ! 183. (183) އަދި މީސްތަކުންނަށް އެމީހުންގެ ތަކެތި މަދުނުކުރާށެވެ! އުނި ނުކުރާށެވެ! އަދި ބިމުގައި ފަސާދަކުރާ حال ބަރުބާދުކޮށް ނުބައިކޮށް ފަސާދަކުރާ މީހުންކަމުގައި ނުވާށެވެ! 184. (184) އަދި ކަލޭމެންނާއި އަދި އިސްވެދިޔަ خَلْق ތަކުން ހެއްދެވި ކަލާނގެއަށް، (ﷲ އަށް) ބިރުވެތިވާށެވެ! 185. (185) އެމީހުން ދެންނެވިއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ سحر ޖެހިފައިވާ މީހުންގެތެރެއިންނެވެ. 186. (186) އަދި ހަމަ އަހުރެމެންފަދަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. އަދި އަހުރެމެންނަށް ހީވާގޮތުގައި ކަލޭގެފާނު ވަނީ ދޮގުވެރިންގެތެރެއިންނެވެ. 187. (187) ފަހެ ކަލޭގެފާނަކީ ތެދުވެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައިވަންޏާ އަހުރެމެންގެ މައްޗަށް އުޑުން އެތިއެތިގަނޑު ނިކަން ވަރައިބަލާށެވެ! 188. (188) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔަކުރަމުންދާ ކަންތައްތައް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގެންވެއެވެ. (އެކަލާނގެ އެކަންކަމަށް ޖަޒާދެއްވާހުއްޓެވެ.) 189. (189) ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ހިޔާގަނޑުގެ ދުވަހުގެ عذاب އެމީހުންނަށް ޖެހިއްޖެއެވެ. ހަމަކަށަވަރުން އެ عذاب ވީ ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަމުގައެވެ. • ދަންނައެވެ. ހިޔާގަނޑުގެ ދުވަހަކީ އެމީހުންނަށް عذاب އައި ދުވަހެވެ. އެކަންވީގޮތެއްކަމަށް އެތައް ބޭކަލެއްގެ އަރިހުން ރިވާކުރައްވައި تفسير الطبري އާއި އެހެނިހެން نفسير ތަކުގައިވެއެވެ. އެރަށުގެމީހުންގެ މައްޗަށް ﷲ تعالى ބޮޑުވިލާގަނޑެއް ފޮނުއްވިއެވެ. ދެން އެރަށުގެ މީސްތަކުން ފިނިކުރުމަށްޓަކައި އެވިލާގަނޑުގެ ހިޔަލަށް ޖަމާވީއެވެ. އެންމެން އެއްވެ جمع ވުމުން އެއްރިވާޔަތެއްގައިވާގޮތުން އެމީހުންގެމައްޗަށް އަލިފާނުގެ ވާރޭއެއް ވެއްސަވައި ހަލާކުކުރެއްވީއެވެ. އަދި އަނެއް ރިވާޔަތެއްގައިވާގޮތުން އެމީހުންނަށް ގަދައަޑުފަށަކާއި ބިންހެލުމެއް އައިސް މީސްތަކުން މަރުވީއެވެ. والله أعلم. = تفسير الطبري =. 190. (190) ހަމަކަށަވަރުން އެކަންކަމުގައި ކަނޑައެޅި بَيَان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރާ މީހުންކަމުގައި ނުވިއެވެ. 191. (191) އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen