Войти
Войти
Войти
Выберите язык
037

As-Saffat 37:84 اذ جاء ربه بقلب سليم ٨٤

37:84
إِذۡ
جَآءَ
رَبَّهُۥ
بِقَلۡبٖ
سَلِيمٍ
٨٤
(84) އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.)
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Его сердце было очищено от многобожия, сомнений и порочных желаний, которые мешают воспринимать истину и поступать правильно. Только тот, чье сердце непорочно, сумеет спастись от всего скверного и неприятного и обрести все благое и желанное.
Его сердце было очищено от многобожия, сомнений и порочных желаний, которые мешают воспринимать истину и поступать правильно. Только тот, чье сердце н…
Больше тафсиров

Читать в контексте

Глава 37, Страница 449, Джуз 23

83. (83) އަދި ހަމަކަށަވަރުން إبراهيم عليه السلام ވަނީ އެކަލޭގެފާނުގެ- އެބަހީ نوح عليه السلام ގެ جماعة ގެ ތެރެއިންނެވެ. 84. (84) އެއީ އެކަލޭގެފާނުގެ އެބަހީ إبراهيم عليه السلام އެކަލޭގެފާނުންގެ رب ގެ حضرة އަށް إخلاص ތެރިވެގެންވާ- އަދި شرك ން ސަލާމަތްވެގެންވާ ސާފު ހިތްޕުޅަކާއިގެން ވަޑައިގެންނެވި ހިނދުންނެވެ. (އެބަހީ އެކަލޭގެފާނު ﷲ އަށް إخلاص ތެރިވެވަޑައިގެން إيمان ވެވެޑައިގެންނެވިއެވެ.) 85. (85) ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ ބައްޕައަށާއި އަދި قوم އަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އަޅުކަން ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟ 86. (86) ﷲ ފިޔަވައި މުޅިން ދޮގު إله ންތަކަކަށް އަޅުކަން ކުރަނީ ހެއްޔެވެ؟ (إله އެއްކަމުގައި ނުވާ ފަރާތްތަކަށް إله ންކަމުގައި ހަދައި އަޅުކަން ކުރުމީ އެންމެ ބޮޑު ދޮގެވެ.) 87. (87) "ފަހެ عالم ތައް ހައްދަވާ ބޮޑުކުރައްވާ رب އާއި މެދު ކަލޭމެން ހީކުރަނީ ކީކޭހެއްޔެވެ؟ (އެހެން ފަރާތްތަކަކަށް އަޅުކަން ކޮށްފައި ދެން އެކަލާނގެއާއި ބައްދަލުވީމާ ދެންވާނޭކަމަށް ލަފާ ކުރަނީ ކިހިނެއްހެއްޔެވެ؟) " 88. (88) ދެންފަހެ އެކަލޭގެފާނު ތަރިތަކަށް ބެއްލެވިއެވެ. 89. (89) އަދި ވިދާޅުވިއެވެ. އަހުރެން ބައްޔެވެ. • ދަންނައެވެ. އެރަށުގެ މީހުންނަކީ ތަރިތަކަށްވެސް އަޅުކަން ކުރާބައެކެވެ. نجومى علم އަށް މާބޮޑަށް އިތުބާރުކުރާ ބައެކެވެ. إبراهيم عليه السلام ތަރިތަކަށް ބައްލަވާފައި ތިމަންނާ ބައްޔޭ ވިދާޅުވީމާ އެމީހުން އެކަން قبول ކުރިއެވެ. އެމީހުންނާއިއެކު عيد ކުޅިވަރަށް ނުނުކުތުމުގެ عذر އެއްކަމުގައި އެމީހުން قبول ކުރިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެދުނީ އެމީހުންނާއިއެކު عيد ގެ ކުޅިވަރަށް ނުކުތުމަށެވެ. އެހިނދު އެކަލޭގެފާނު ތަރިތަކަށް ބައްލަވާފައި ބައްޔޭ ވިދާޅުވީމާ އެމީހުންނަށް ހީވީ އެކަލޭގެފާނަށް نجومى ގޮތުން ފެނިވަޑައިގެންނެވި އެއްޗެއްކަމަށެވެ. އެހެންވެ އެކަލޭގެފާނުންގެ އެ عذر އެމީހުން قبول ކުރީއެވެ. 90. (90) ދެން އެކަލޭގެފާނު ދޫކޮށްލާފައި އެމީހުން ދިޔައީއެވެ. 91. (91) (ދެން އެކަލޭގެފާނު އެކަނިވުމުން) އެމީހުންގެ ބުދުތަކާވީ ފަރާތަށް އެނބުރިވަޑައިގެންފިއެވެ. (އަދި އެތަކެއްޗާ مخاطب ކުރައްވައި ވިދާޅުވިއެވެ.) "ކަލޭމެން ނުކާނޭ ހެއްޔެވެ؟ (އޭރު އެމީހުން ބުދަށް އެޅިކާނާވެސް އެތާ ހުއްޓެވެ.) " 92. (92) އަދި ވިދާޅުވިއެވެ. "ކަލޭމެން ވާހަކަ ނުދައްކައި ބަހެއްނުބުނެ ތިޔަތިބީކީއްވެފައި ހެއްޔެވެ؟ ކަލޭމެންނަށްވީ ކީއްހެއްޔެވެ؟" (އެއީ ހިލަތަކެއްކަމާއި އެތަކެތި ވާހަކަ ނުދައްކާނެކަންވެސް އެގިވަޑައިގަންނަވައެވެ.) 93. (93) އަދި އެތަކެއްޗާއި ދިމާއަށް ލެބިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ތަޅާންފަށައިފިއެވެ. ތަޅާ ކުދިކުދި ކުރައްވައިފިއެވެ. 94. (94) ދެން އެމީހުން (އެބަހީ: އެއަށް އަޅުކަން ކުރާމީހުން، އެތަނަށް ވަންއިރު އެތަކެއްޗަށްވެފައި ހުރިގޮތް ދެކެފައި އެއީ إبراهيم ގެ ކަމެއްކަން އެނގިގެން) އެކަލޭގެފާނާއި ދިމާއަށް އަވަސްވެގެންފިއެވެ. 95. (95) އެކަލޭގެފާނު އެމީހުންނާއި ދިމާއަށް ވިދާޅުވިއެވެ. "ކަލޭމެން އަތުން ކޮށައިގެން ހަދާ ބުދުތަކަށް ކަލޭމެން އަޅުކަން ކުރަނީހެއްޔެވެ؟ (ތިޔައީ ކިހާ ދެއުޅިއެއްނުވާ ކަމެއްހެއްޔެވެ.) " 96. (96) ކަލޭމެންނާއި އަދި ކަލޭމެން ކުރާކަންތައްތައްވެސް ހެއްދެވީ ﷲ އެވެ. (އެބަހީ ކަލޭމެންނާއި ކަލޭމެން އަތުން ތިޔަ ހަދާ ބުދުތައްވެސް ހެއްދެވީ ހަމަ ﷲ އެވެ.) 97. (97) ދެން އެމީހުން (އެއްބަޔަކު އަނެއްބަކަށް) ބުންޏެވެ. "ކަލޭމެން އޭނާ ލާނެ ބިނާއެއްހަދާށެވެ. (ތަނެއްހަދައި އެތަނަށް ދަރު އަޅައި އެތަން ރޯކޮށް އެތަނަށް) އޭނާ އެއްލައިލާށެވެ." 98. (98) ފަހެ އެމީހުން އެކަލޭގެފާނާއިމެދު ނުބައި ގޮތްތަކެއް ރޭވީއެވެ. ދެން ފަހެ ތިމަންރަސްކަލާނގެ އެމީހުން ލެއްވީ ނިކަމެތި ދަށްބަޔަކުކަމުގައެވެ. ފަހެ އެމީހުން އެކަލޭގެފާނު އަލިފާންގަޑައްލައި ހެދިއެވެ. އެކަމަކު އޭގެ ތެރެއިން ﷲ އެކަލޭގެފާނު ސަލާމަތް ކުރެއްވީއެވެ. އެވާހަކަ ބައެއް ސޫރަތް ސޫރަތުގައި ދިގުކޮށް ހުންނާނެއެވެ. މިތާމިވަނީ ހަމައެކަނި އިޝާރާތެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать